މުއިއްޒު ރައްޔިތުން ހާލުގައި ޖައްސާތަން ނުފެންނަކީ ކަނުވީމަ!

މުއިއްޒު ރައްޔިތުން ހާލުގައި ޖައްސާތަން ނުފެންނަކީ ކަނުވީމަ!

މުއިއްޒު ސަރުކާރުގެ މަތިއޮމާން ކުރަން މިލިޔަން ފައިސާ ހަރަދު ކުރާއިރުވެސް ބަރަހަނާ ވުމަކަށް ހުއްޓުމެއް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލި މަގުބޫލުކަން ކެނޑެނީ ފަތުއަޑު ކިޔާފައެވެ. ވާނީ ވެސް އެހެންތާއެވެ. މީން ޒަމާނެއްގައި ދުވަހަކުވެސް ދަތިނުވާ ވަރަށް އާއްމު ރައްޔިތުންނަށް ދަތިވެ މުއިއްޒު ސަރުކާރާހެދި ރައްޔިތުން ދަނީ ހާލުގައި ޖެހެމުންނެވެ. ހަމަހަމަކަން ގެއްލި ތަފާތުކުރުން އޮތީ އިންތިހާގައެވެ. މޮޅު މީހާއަށް މޮޅުގޮތެވެ. މުއިއްޒު ހިތިބޭސް ރައްޔިތުންނަށް ދެމުން އަމިއްލައަށް ހިއްޕަވަނީ ސަރުބަތެވެ. 

މުއިއްޒު ޑިސްކައުންޓް ދޭވަރަކަށް ކަރަންޓް ބިލާއި ފެންބިލު ދަނީ ބޮޑުވެ އަތްގުޅި ނުކަމުންނެވެ. ބޭނުންކުރާ ނިސްބަތާއި ތަކެއްޗަށް އެއްވެސް ބަދަލެއް ނަޔަސް އެއްބިލު އަނެއް ބިލާ އުޑާ ބިމާހާ ތަފާތެވެ. ހޫނު ގަދަވެގެން މައްޗަށްދާ ބިލް ފިނިބޮޑުވެގެން ތިރިއަކަށް ނުދެއެވެ. 

ބޭންކުތަކަށް ރިސޯޓްތަކުން ޑޮލަރު މާރު ކުރުވި ކުރުވިހެން މައްޗަށް ނުދާނެ ކަމަށް ބުނި ޑޮލަރުގެ އަގު އަރަނީ މައްޗަށެވެ. ކަޅު ބާޒާރުން ވެސް ބޮޑުއަގުގައި ގަންނަން ޑޮލަރެއް ނުލިބެއެވެ. ބޭރުން މުދާ ގަނެގެން ވިޔަފާރި ކުރާ ވިޔަފާރިތައް ދަނީ ބަނގުރޫޓް ވަމުންނެވެ. 

އާއްމު ރައްޔިތުމީހާ ގަޔަށްލާން އަންނައުނެއް ގެވެހި ކަންވާރެއް އޮންލައިނު ވަކި ހައެއްކަ ޝޮޕަކުން އަގުހެޔޮކޮށް ގަނެލީމާ ބީއެމްއެލްގެ ޑޮލަރު ފުނި ހިކި ދަރުގަޑެއްހެން އަނދާ ހުލިވާތީ ޓީމޯ ކަހަލަ ވަކި ސައިޓް ތަކަކުން އާއްމުން ވިޔަފާރި ކުރަންޖެހެނީ ކުރާ ވިޔަފާރިއަށް ހޭދަކުރާ މިންވަރުގެ %30 ބީއެމްއެލްއަށް ދީގެންނެވެ. ފޯރާ މީހުންނާއި ސަރުކާރުގެ ވެރިން ޓެކްސް ނުދައްކާ ސިންގަޕޫރާއި މެލޭޝީޔާއާއި ބެންކޮކުން އަމިއްލަ ބޭނުމަށް ކިތަންމެ ވަރަކަށް މުދާ ގަތަކަސް ރާއްޖޭގެ ބޭންކުން ޑޮލަރު މަދެއްނުވެއެވެ.

އާސަންދަ ރިފޯމް ކުރިކުރީނުން އިންޑިއާ ލަންކާއަށް ދާން އާސަންދައިން ޓިކެޓް ވެސް ލިބެނީ ބަލިމީހާ އެކަންޏަށެވެ. މުއިއްޒުގެ އިންސާފުގައި ރާއްޖޭން ބަލި މީހަކު ބޭސްކުރަން ބޭރަށް ދާންވާނީ އެކަންޏެވެ. އެހީތެރިއަކު ބޭނުންވާނީ ހިރެނުލެވޭ މީހަކަށެވެ. ރައީސްއާއި ވަޒީރުންނާއި މަޖިލިސް މެންބަރުން އާސިޔާންގެ ހުރިހާ ގައުމަކުން ބޭނުން ވަރަކަށް ފަރުވާގެ ނަމުގައި ދައުލަތުގެ ފައިސާ ހަރަދު ކޮށްލުމަކުން ބޭރު ފައިސާގެ ކޭސްފްލޯ މަދެއްނުވެއެވެ. އެމީހުން ހަރަދުކުރިވަރަކަށް އެމްއެމްއޭގައި ޑޮލަރ ކޯދުލާ އަރާނީތާއެވެ. 

މުއިއްޒުގެ އަދާލަތުގައި އެއް ބަޔަކަށް ބޮޑު އަގުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދައެވެ. އަނެއް ބަޔަކަށް ވަކި އަހަރެއްގެ ފަހުން އުފަން ވީތީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނަލެވެ. އޮރިޖިނަލް ސިނގިރޭޓާއި ސިނގިރެޓް އުފައްދަން ބޭނުން ކުރާ ދުންފަތާއި ސިނގިރެޓް އަަނބުރަން ބޭނުން ކުރާ ކަރުދާހާއި ފިލްޓަރ ހުއްދައެވެ. ދުންފަތް ފިލްކުރަން ހަދާފައި ހުންނަ ސިނގިރެޓް ހޮޅި އެތެރެކުރުމާ ވިއްކުން މަނަލެވެ. ކިހާ ފައްކާ ހެއްޔެވެ.