ދިގުކަޅު ކައްޒާބުގެ މުގުރިީގެ ބުހުތާނު ހިނިގަނޑު!

މުގުރީންނެއް ކަމަކު އުނގުރިއެއް ނެތް!

ދިގުކަޅު ކައްޒާބުގެ މުގުރިީގެ ބުހުތާނު ހިނިގަނޑު!

މުގުރީންނެއް ކަމަކު އުނގުރިއެއް ނެތްކަން އެނގިގެން ހިގައްޖެއެވެ. ސިނގު ރުޅީގައި އުނގު އޮތް ފޮށާ ބޭލި އަގުވެއްޓިއްޖެއެވެ. ނަގުލެއް ދަޅެއް ނެތަކަސް ބަޅެއްގެ ދޫ ފަދަ ދިގު ދުލެއް ތައްމިނަށް ބޭރުވެއްޖެއެވެ. އަގުހުރި ދިދަޖެހި ޕޯޑިއަމުގައި ބަނގު ބޮއެގެން ހުރެވެސް މީހަކު ނުތަޅާވަރު ނަކަހެއް ކިލެގެ ބޭކަލަކު ތަޅާލައިފިއެވެ. ދިގުކަޅު ކައްޒާބުގެ މުގުރިކިލެގެ ދޮގު ބުހުތާނުން ދުލުކުރީ ގޮށްގޮށް ނުޖެހުނެއް ކަމަކު ދޮގުވެރި ކަމުގެ ސިއްކަ ޖެހިއްޖެއެވެ. 

މަގުރިބު ޝޭހަކު ގެނެސްދިން ހަދިޔާގައި ހިފައިގެން ތިބެ މަގުދައްކަން މިވަރެއް ނެތިގެން އުޅޭ ބަޔަކު ފޭތާންބަރު ކަލޭގެފާނުގެ މަގުވެސް ތިބީންނަށް އޮޅުވަތްޕެވެ. ވަގުހަން ލައިގެންތިބެ މަގު ދައްކަމުން ވަގު ބުޅާތަކެއްހެން ކޯޅިގަތީމާ ޅަގޮލައިންވެސް ޕަކަޕަކަލާ ހެނީއެވެ. 

ދިގުލީ ހަސަދައިން ފަގުޑީގެ ދެކަންގަނޑު އެލުވައިގެން ނަގުދަށް އަޅުވެތި ވީމާ ވަނީ އެހެންނެވެ. ހަނގުރާމާގައި މަގުބަރާ އަރާ އަގުބޮޑު ހަށިތަކެއް ނުފެންނާނެއެވެ. ވަގުތީ މުދަލާއި ބާރުގެ އުނގުގައި ވެޑުވި ތިބެގެން ދެއަތަށް ލެނގުން ނޫން ކަމެއް ނުކުރެވޭނެއެވެ. 

މުގުރާ ރާޅާއެޅުމަށް ނަގުލަންދާށީން އެރިޔަނުދޭން ދިގު މުއްތަދެއް ނަނގާ ކަމަކަށްވެސް ނުވާނެއެވެ. މަގުސަދު ރަނގަޅަސް މަގުމައްޗަށް ނިކުތީތީ ހުރަގޭން ނޫނީ ޖާގަ ނުލިބޭނެއެވެ. ވަގުފުން ބޮއެގެން ވަގުފުން ކައިގެން މީހުންގެ އަނބިން ވަގުތުން ވަރިކުރުމަށް އަންގާހާ ގީދަޅުވާނެއެވެ. ހަގު ކުޑަ ދެކުދިންގެ އެކަނިވެރި މަޔަކަށް އުމުރާ ދީގެން މައްކާ ބިމުގައި ގަނޑުފިއްލާ ކުޅެން ބިރުނުގަންނަ ބަގުވާނުން ރަސް އައްޓެއް އިސްތައްޓެއް ނުބަލާ ދަތްދިލުވާ ހީފާނެއެވެ. ވަގު ނޫނަސް އަބަދަށް ބޯގަޅި ފާހެއް އޮތަތީ ނަރަކައިގެ ބިރަށްވެސް ނުސިހޭނެއެވެ.