މުއިއްޒާ ދެކޮޅަށް އިހުތިޖާޖަށް ނިކުންނަންޖެހޭ!
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދިމާކޮށް މަޖިލިސް ދޮށަށް އެއްވާންޖެހެއެވެ. އަޑު އުފުލަން ޖެހެއެވެ. އިހުތިޖާޖު ކުރަންޖެހެއެވެ. ސަބަބުތައް ބައިވަރެވެ.
ބީރު ކަނު ސަރުކާރަށް ރޭކާލާނީ ރައްޔިތުން ނިކުމެ ކަންބޮޑުވުން ފާޅުކޮށްގެނެވެ. ރައްޔިތުން މުއިއްޒާ މަތިކުރި ޒިންމާތައް އުފުލާ ހައްގުގޮތުގައި ވާޖިބު އަދާ ނުކުރާތީ ހަނދާންކޮށްދޭން އެންމެ ރަގަޅު އެއްވަގުތަކީ މަޖިލިސް ހުޅުވާ ވަގުތެވެ.
2024 ވަނަ އަހަރަށް މަޖިލިސް ހުޅުވަން ދެއްކިހާ ވާހަކަ ދިޔައީ ތޮޅިއަށެވެ. ބޯމަތިންނެވެ. ރާއްޖޭގައި އެހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓް 49.3 ބިލިޔަން ރުފިޔާ ލިބިގެންވެސް ބަޖެޓް އޮތް ގޮތުން ރައްޔިތުންނަށް ކަމެއް ކޮށްދެވުނު ކަމަކަށް ނުވިއެވެ. ހިނގަމުން ދިޔަ ރައްޔިތުންނާ ގުޅުން ހުރި އެއްކަމެއް ނުވިއެވެ.
ބަޖެޓްނެތި ދައުލަތުން ލޯލާރިއެއްވެސް ހަރަދުނުކޮށް 8 މަހުން ހިއްކަން ބުނި ރަސްމާލެއިން ތަންފުކެއްވެސް ނުހިއްކުނެވެ. އެއަރ އެންބިއުލަންސް ވެގެންދިޔައީ ހުދުކާފޫރަށެވެ.
އާސަންދަ ރިފޯމް ކުރިކުރީނުން އެތައް ފިހާރައަކަށް ހިނގައިގެންވެސް ބޭސް ސިޓީއަކަށް ބޭސް ހަމައެއް ނުވެއެވެ. އެންސްޕާއިން އެހީ ލިބުނީ ހާލުދެރަ ޓީވީ ސްޓޭޝަނަކަށެވެ.
ބައިހަދާފައި ވެރިން ދުނިޔޭގައި އުދުހެން ބަޖެޓް އޮތެވެ. ވަޒީރުންނަށް 20 ކާރު ގަންނަން ފަންސަވީހަކަށް މިލިޔަން ހޭދަކުރާށާއި އިންޑިއާއަށް ޖެއްސުމަށް ޑްރޯންގަންނަން ލާރިހުއްޓެވެ. މުޅި ދުނިޔޭގައި އެންބަސި ބަހައްޓައިގެން ވެރިންގެ ވަންހަ ދިލަކޮޅަށް މީހުން ލައިގެން ހަރަދުކުރަން ބޭރުފައިސާ ހުއްޓެވެ. ތިންހާހަށްވުރެ ގިނަ ދިޔާސީ ވެރިންނަށް މުސާރަ ދޭނެ ފައިސާހުއްޓެވެ. ރިޔާސި ތިއްތި ދައްކަން ބިލިޔަނުން ހޭދަކުރަން ރުފިޔާ ހުއްޓެވެ.
ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިފުމަތްތައް ނިންމާނެ ފައިސާއެވެ. ރައްޔިތުންނަށްދޭ ހިދުމަތަށް ސަބްސިޑީ ދޭނެ ފައިސާއެވެ. ރައްޔިތުންނަށް ދީފައިވާ ގޯތިތަކުން ނުހިކިއޮތް 600 ހޯތި ހިއްކާނެ ފައިސާ ހުރި ކަމަކަށް ނުވިއެވެ. މާލެ ސަރަހައްދުން ދީފައިވާ ގޯތިތަކާއި ފްލެޓްތައް ނުދިނީ ކޮންފައިސާއެއް ނެތިގެން ހެއްޔެވެ.
ހެލްތު ޕްރިވެންޝަންއަށް ކޮންމެ އަތޮޅެއްގައި ހަދަންބުނި ދަމަނަވެށި ދުށް މީހަކު ނޫޅެއެވެ. އަޅަންފަށާފައިވާ ސްކޫލްތަކާއި މަލްޓިޕާޕަސް ހޯލުތަކާއި ކޯޓްތަކާއި ދަނޑުތަކާއި ގިރާސަރަހައްދު ހިމާޔަތް ކުރުންތަކާއި ފަޅުހެދުން ޥީހިސާބެއް ނޭނގެއެވެ.
ތަރީހީ ބޮޑު ބަޖެޓް ކައިހުސްކޮށް ބަޑުދިއްކޮށްލި އިރު 31 ބިލިޔަން ރުފިޔާ ހަރަދުކުރި ގޮތްވެސް ބުނެނުދެވުނެވެ. މެރިކަމެއް މިވަރަށް ޖައްބާރުވެ ހަރާންކޯރުވިމާ ޖެހެނީ އިހުތިޖާޖަށް ނިކުންނާށެވެ.