އަބުރުގެ ގާނޫނު އުވާލަން ބިލެއް ހުށަހެޅުނުކަމީ ފަހުރެއް: ޝާހިދު

އަބުރުގެ ގާނޫނު އުވާލަން ބިލެއް ހުށަހެޅުނުކަމީ ފަހުރެއް: ޝާހިދު

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ނޫސްވެރިންނަށް އަމާޒުކޮށްގެން ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ތަޢާރަފުކުރެވުނު ޒަމާނާ ނުގުޅޭ އަބުރުގެ ގާނޫނު އުވާލުމަށް ބިލެއް ހުށަހެޅުމަކީ، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އޮނަރަބަލް ޝާހިދު އެންމެ ފަޚުރުވެރިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕިގެ ރައީސްކަން މިހާރު ކުރައްވަމުން ގެންދަވާ އޮނަރަބަލް ޝާހިދު ގސބޫލުކުރައްވާ ގޮތުގައި، ސަރުކާރުގެ އިސް ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ނޫސްވެރިކަމަށް ލިބެންޖެހެއެވެ.

މަޖިލީހުގައި ހޭދަކުރެއްވި ފަސް ދައުރުގެ ކެރިއަރު އެ މުހިންމު އިޞްލާޙާއެކު ނިންމާލެއްވުނުކަމީ ޝަހިދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމެކެވެ.

އަނެއްކޮޅުން ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، އެކަން ދިފާޢުކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ހަމަކަށަވަރުންވެސް ނޫސްވެރިންެ އެ ފުރުޞަތުގެ ފުރިހަމަ ބޭނުން ހިފިކަމަށް ވެސް އދ. މަޖިލީހުގެ އާއްމު މަޖިލިހުގެ ރައީސްކަން ކުރެއްވި އޮނަރަބަލް ޝާހިދު ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.