ޑރ.ޝަހީމަށް: ކާށީދޫކަނޑުން ތެޔޮހޮޅިތައް އަވަހަށް ނެރެދެއްވާ!

ޑރ.ޝަހީމަށް: ކާށީދޫކަނޑުން ތެޔޮހޮޅިތައް އަވަހަށް ނެރެދެއްވާ!

ޑރ. ޝަހީމެވެ. ތެދުފުޅެކެ. ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ ކުރީ ސަފުގައެވެ. ތިޔަށްވުރެ ކުރީސަފަކަށް ބަޔަކަށް ނޭރޭނެއެވެ. މުއިއްޒު ސަރުކާރުގެ އެންމެ ކުރީ ސަފުގައި ތިޔަ ހުންނެވި އެއްބޭފުޅަކީ ޑރ. ޝަހީމެވެ.

ޝަހީމުމެން ކުރީ ސަފުގައި ތިއްބަވައިގެން ވާކަމެއް މިހާރު ވާނެއެވެ، އަރަބިން ކައިގެން ތިބިއްޔާ ދިވެހން ތިބޭނީ ކައިގެނެވެ. އަރަބި ކަރައިން ކަނދުރު އޮށެއްގެ މިންވަރުވެސް މި ބޮޑު ރޯދަ މަސް ހުސްވާއިރު އަރަބިން ދިއްކޮށްނުލިޔަސް ވަރިހަމަތާއެވެ.

އިރާދަ ކުރައްވައިގެން ރާއްޖެ ބަޑަށްޖެހެން އެދޭ އެކަކުވެސް ނެތެވެ. ބަނަޑަށް ނުޖެހުނެއް ކަމަކު މިހާރު މިހުރެ އަންނަނީ ތެލަށް ޖެހެމުންނެވެ. ތެލުގެ އަގި ރޮކެޓް ދުވެލީގައި އަރަނީ މައްޗަށެވެ.

ހޮރުމޫޒް ކަނޑުއޮޅި ހުރަސްކުރުން ބޮޑު ބިރަކަށްވެ ތެޔޮބޯޓުތަކަށް މިހާރު ދަތުރު ކުރެވޭ ވަރެއް ނޫނެވެ. އެހެންކަމުން މިދާ ގޮތަށް ދަންޏާ ތެލަށްޖެހި އެއްގަމާއި ކަނޑާއި ވައިގައި ދަތުރުފަތުރު ނުކުރެވޭ ހިސާބަށް ހިނގައިދާނެއެވެ.

ތެޔޮ ނެތިގެން އިންޖީނުތައް ނުހިންގި ކަރަންޓް ނުލިބިގެން އުޅެން ވެސް ޖެހިދާނެއެވެ. ކަރަންޓާ ނުލާ ފެންފޮދު ވެސް ނުބޮވޭ މި ޒަމާނުގައި ތެލާ ނުލާ އުޅެވޭކަށް އޮތީއެއް ނޫނެވެ.

އެކަމަކު ޑރ. ޝަހީމުމެން އިސްސަފުގައި ތިބިއްޔާ ދިވެހިން ހާސްވާކަށް ނުޖެހޭނެއެވެ. އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ވިޔަސް ޑރ. ޝަހީމުމެން ގެނެސްދޭނެއެވެ. ޑރ. ޝަހީމް އޭރު ވިދާޅުވި ގޮތަށް އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ވިޔަސް ނެރެދިނުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. ތެޔޮ އަގުބޮޑުނުކޮށް ކާށީދޫ ކަނޑުން އަރަބި ތެޔޮހިޅިތައް އަވަހަށް ނެރެދެއްވާށެވެ.