ބޭނާތައް ނެގިޔަސް މާލޭ މީހުންގެ ހިތްތަކުން އާޒިމް ފުހެނުލެވޭނެ!

ތުން ބަދެފައިވާ ދޫންޏަކަށް މާލޭ މޭޔަރކަމެެއް ނުކުރެވޭނެ

ބޭނާތައް ނެގިޔަސް މާލޭ މީހުންގެ ހިތްތަކުން އާޒިމް ފުހެނުލެވޭނެ!

ބާރު އޮތީތީ ކެންޕޭނު ޕޯސްޓަރުތަކާއި ބެނާތައް ނެގިދާނެއެވެ. ތުން ބެއްދި ދޫނިތަކުން މުޅި ސިޓީ ފުރާލެވިދާނެއެވެ. ދައުލަތުގެ މުދަލާއި ފައިސާއާއި މީހުން ބޭނުންކޮށްގެން ގުންފައިޖެހިދާނެއެވެ. އެހެނެއް ކަމަކު މީހުންގެ ހިތްތަކުން އާދަމް އާޒިމު ފުހެއެއް ނުލެވޭނެއެވެ.

އާދަމް އާޒިމް ތާއީދު ހޯއްދަވަނީ އިހުލާސްތެރި ހިދުމަތުންނެވެ. ކާމިޔާބު މަސައްކަތުންނެވެ. ބަހައްޓަވާ ގާތްކަމާއި އުފައްދަވާ އިތުބާރުންނެވެ. 

އާދަމް އާޒިމަކީ މާލެ ސިޓީ ރައްޔިތުން ކުރި ޓެސްޓުން ފާސްވެފައިވާ މޭޔަރެވެ. މާލޭ ރައްޔިތުންނާއި އެންމެ ގާތުން އެންމެ އިތުބާރާއެކު އެންމެ ކާމިޔާބު ނަތީޖާއެއް އެންމެ ކުރުމުއްދަތެއްގައި ހޯދާދީފައިވާ މޭޔަރެވެ. އާދަމް އާޒިމުގެ މޭޔަރު ކަމުގެ ދެއަހަރަކީ މާލެއަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައި ދެއަހަރެވެ.

ސިޔާސީ ފިކުރު އުޑާބިމާހާއި ތަފާތު ކައުންސިލަރުންތަކަކާއި އެކު ފިއްތުންތަކާއި ދަތިކުރުންތަކާއި އެކުވެސް އާދަމް އާޒިމު ވަނީ ކާމިޔާބު ހޯއްދަވާފަައެވެ. ވަޒީފާގެ ވާޖިބު އަދާކުރުމުގައި ރެއާއި ދުވާލު ހުއްޓި ހުންނެވުމެއްނެތި ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވިހާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އެކަންކަން ވަޒަން ކުރެވޭނެއެވެ. 

ސިޔާސީ ގޮތުން ފިކުރު އެއްގޮތް މެޖޯރިޓީ ތާއީދު އޮތް ކައުންސިލަކާއެކު މޭޔަރު ކަމުގެ 5 އަހަރުގެ ދައުރެއް އާދަން އާޒިމަށް ދިނުމަށް މާލެސިޓި ރައްޔިތުން ތިބީ އިންތިހާ ދަރަޖައަށް ބޭނުންވެފައެވެ. ރައްޔިތުން އެދޭފަދަ ފަހިފެހި އަމާން ހިތްގައިމު މާލެއެއް ހޯދާދެވޭނީ އާދަމް އާޒިމާއި އޭނާގެ ޓީމަށެވެ. 

ރައީސް ސޯލިހު ވިދާޅުވާހެން އެމްޑީޕީ މާލެސިޓީ ޓީމްގެ ކެޔޮޅަކީ ، ކައްޕިއަކީ ތަޖުރިބާހުރި ކުޅަދާނަ ބޭފުޅެކެވެ. އާދަމް އާޒިމަކީ ރައީސް ސޯލިހާއި މުޅި އެމްޑީޕީ އިންތިހާއަށް އިތުބާރުކުރައްވާ ބޭފުޅެކެވެ. ތުންބަދެފައިވާ ދޫންޏަކަށް މާލޭ މޭޔަރކަމެއް ނުކުރެވޭނެއެވެ.