ކުރީގެ ވިސްނުންފުޅާ ރައީސް މުއިއްޒު ދިމާ އިދިކޮޅު: އާޒިމް
ކައުންސިލުތަކަށް އޮތްކަމަކީ ކުނިކެހުމާއ ސަހަރާ ބެލެހެއްޓުމާ ވިހާމަރުވާ ބެލުން
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު އޮތް ގޮތުނާއި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލާއެކު އެ ދެ ގާނޫނު ހިންގަން ފެށުމުން ލާމަރުކަޒީ ނިޒާމުގެ ވާގި ނައްތާލައިފައިވާކަން ދޭހަވާފަދަ ވާހަކަ ފުޅެއް މާލެސީޓީ މޭޔަރު ދައްކަވައިފިއެވެ. މާލޭ މޭޔަރު ވިދާޅުވި ގޮތުގައި އެ ދެގާނު ހިނގަން ފެށުމުން ކައުންސިލްތަކުގެ އަމިއްލަ އިހުތިޔާރުގައި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެއެވެ. ކައުންސިލްތަކުގެ ދަށުގައި ހުރި ހުރިހާ ބިންތައް ކަހަލަ ގޮތަކަށް ނެގިގެންދާނެއެވެ.
މޭޔަރު އާދަމް އާޒިމް ސިފަކުރެއްވި ގޮތުގައި ކައުންސިލްތަކަށް ދެން ކުރެވެން އޮންނާނީ ވަރަށް މަދު އާދައިގެ ކަންތައްތަކެކެވެ. ރަށުތެރެ ސާފުކުރުމާއި ގަބުރުސްތާނު ބެލެހެއްޓުމާއި ވިހާ މަރުވާ ބެލެހެއްޓުން ނޫން ކަމެއް ނުކުރެވޭ ވަރަށް ކައުންސިލްތަކުގެ ވާގި ނައްތާލާފައިވާ ކަމަށް އާދަމް އާޒިން ސިފަކޮށްދެއްވިއެވެ.
މާލޭ މޭޔާރު ވިދާޅުވީ ގާނޫނަށް މި ބަދަލުތައް އަތުވެއްޖެކަމަށެވެ. މިކަމާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުންތަކެއް ވިސްނާ ހިޔާލުތަކެއް ގެންގުޅެން ޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ. ދުނިޔޭގައި ލާމަރުކަޒީ ނިޒާމު ތައާރަފްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ތަރައްގީވަމުން އައި ގައުއުމުތަކުގައި، މައި ސަރުކާރުގެ ދަށުގައި ހުރިހާ ބަރެއް އޮވެގެން ހިނގަމުން ދިއުމުން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން، ރައްޔިތުން އެދޭ ހަލުއިމިނުގައި ތަރައްގީ ވަމުން ނުދިއުމެވެ. ލާމަރުކަޒީ ނިޒާމަށް ބަދަލުކުރަން ގައުމުތަކުގެ ރައްޔިތުން ބާރު އަޅަން ފެށީ އެހެންވެއެވެ. މާލޭ މޭޔަރ ލާމަރުކަޒީ ނިޒާމުގެ ބޭނުންތެރިކަން ބޮޑުވާ ސަބަބު ކިޔުއްވާ ދެއްވިއެވެ.
މޭޔަރ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާ ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށެވެ. އެހެން ކަމުން މަދު އިގުތިސާދީ ވަސީލަތްތައް ބޭނުން ކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫއުތައް ހިންގަން ފެށުނު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ބާރުވެރި ލާމަރުކަޒީ ނިޒާމެއް އޮތުމުގެ ފައިދާވެސް މާލޭ މޭޔަރު ވަނީ ވިދާޅުވެ ދެއްވާފައެވެ. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ހިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރިމުގެ ފުރުސަތު ކައިރިން އެ ނިޒާމުން ލިބުނު ކަމަށާއި ކޮރޮޕްޝަންނަށް ހުޅުވޭ ދޮރުތައް އެހެންވެ މަދުކުރެވު ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީ މާލޭ ދާއިރާގެ ރައީސްކަން ކުރައްވާ އާދަމް އާޒިމް ވިދާޅުވި ގޮތުގައި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުތައް އޮތީ ސިޓީ ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލް ތަކަށް އަމިއްލަ އިހްތިޔާރުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރަން ދަތިވާގޮތަށެވެ. ގާނޫނުތައް އޮތް ގޮތުން ދެން ކައުންސިލުތަކުން ކުރަން އޮތްކަމަކަށްވާނީ، ކުނިކެހުމާއި ސަހަރާ ބެލެހެއްޓުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން ފަދަ ވަރަށް އާދައިގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭ މޭޔަރ ވިދާޅުވާ ގޮތުގައި ރައްޔިތުންނަށް ބޭނުންވާ މުހިއްމު އިންފްރާންސްޓްރަކްޗާރ ކައުންސިލުތަކުން ވެސް ގާއިމް ކޮށްދެއްވެން ޖެހޭނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ކަންވެސް އާޒިމް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ރައީސް ކަމުގައި ހުންނަވާ ގާނޫނަށް މިހާރު އެ ގެންނެވި ބަދަލުން ކުރިން ގެންގުޅުއްވި ވިސްނުންފުޅާ ރައީސް ދިމާ އިދިކޮޅުވެ ވަޑައިގެންފައިވާކަން ފާހަގަ ކުރެއްވޭ ކަމަށް އާޒިމް ވިދާޅުވިއެވެ.