މުއިއްޒު ގާނޫނުއަސާސީގެ އޮނިގަޑު ރޫޅާލައިފި: ފައްޔާޒު

މުއިއްޒު ގާނޫނުއަސާސީގެ އޮނިގަޑު ރޫޅާލައިފި: ފައްޔާޒު

އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވަނީ ގާނޫނުއަސާސީއަށް 17 އަހަރު ފުރޭއިރު، އެ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ރޫޅާލައިފިކަމަށެވެ. ފައްޔާޒު ވިދާޅުވާހެން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ގާނޫނުއަސާސީ ލާޒިމު ކުރާކަމެކެވެ.

ގާނުނުއަސާސީ ލާޒިމުކުރާ ކަމެއް ނުކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ފައްޔާޒު ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ބާރު ކަނޑުވާލުމެވެ. 

ފައްޔާޒު ވިދާޅުވަނީ ފަނޑިޔާރު ގޭގެ ބާރުވެސް ކަނޑުވާލައިފި ކަމަށެވެ.އަނެއް ކޮޅުން ދައުލަތުގެ މާލިއްޔަތު ހިންގުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ސަރުކާރުން ހިލާފުވެއްޖެ ކަމަށް ފައްޔާޒު ވިދާޅުވެއެވެ.

ގާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ރައީސް މުއިއްޒު ހައްދަވައިފިކަމަށް ފައްޔާޒު ވިދާޅުވެއެވެ.  ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު. ވާދަވެރިނަށް ކާމިޔާބު ކޮށްދިނުމަށް ފައްޔާޒު އެދިވަޑައި ގަންނަވައެވެ.