މުއިއްޒުގެ ނަމޫނާ ޝަހުސިއްޔަތު އުރުދުގާނާއި ބަގާވާތް

ސިޔާސީ ވާދަވެރިން ނައްތާލަން އުރުދުގާން ރާވައިގެން ހިންގި ބޮޑުވެގެންވާ އަނިޔާއެއް

މުއިއްޒުގެ ނަމޫނާ ޝަހުސިއްޔަތު އުރުދުގާނާއި ބަގާވާތް

ބަގާވާތް ކުރުމުގެ ނަމުގައި ޑިމޮކްރެޓިކް ހަމަތަކާއި އިންސާނީ ކަރާމާތާ ދެކޮޅަށް 2016 ވަނަ އަހަރު ތުރުކީގައި އުރުދުގާން ސަރުކާރުން ހިންގާފައިވަނީ އާދައިގެ ކަމެއް ނޫނެވެ. 300 އަށް ވުރެ ގިނަ މީހުން މަރުވެގެން ދިޔަ ހަދިސާ އަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ތުރުކީގެ ރައީސް އުރުދުގާން ރާވައިގެން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެކެވެ.

އިސްލާމް ދީނާއި ގައުމިއްޔަތުގެ ނަން ބޭނުންކޮށްގެން އުރުދުގާންގެ ވާދަވެރިން ފުހެލުމަށް ހިންގި އަނިޔާވެރި ޖަރީމާއެކެވެ. އުރުދުގާނުގެ އަނިޔާވެރި ކަމުގެ ސަބަބުން ހަމައެކަނި 300 މީހުން މަރުވީއެއް ނޫނެވެ. 2100 އަށްވުރެ ގިނަ މީހުން ބޮޑެތި ޒަހަމް ތަކުން ޒަހަމުވެ އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެގެން ދިޔައެވެ. 

ތުރުކީގެ ރައްޔިތުންގެ މަޖީހަށާއި ކޯޓްތަކަށާއި ދައުލަތުގެ އެތައް މުއައްސަސާއަކަށާއި އަމިއްލަ އެތައް އިމާރާތަކަށް ބޮންއެޅިއެވެ. ރިޔާސީ ގަޑުވަރަށްވެސް ބޮން އެޅުވިއެވެ. 

ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 (ސާޅިސްހާސް) އަށްވުރެ ގިނަ މީހުން ހިފާ ހައްޔަރު ކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 10000 (ދިހަހާސް) އަށްވުރެ ގިނަ ސިފައިން ހައްޔަރު ކޮށްލިއެވެ. އަނެއްކޮޅުން 2745 ފަނޑިޔާރުން ވެސް ހައްޔަރު ކުރިއެވެ. ގޮށްމުށުގެ ބާރުދެއް ކުމުގައި ފަނޑިޔާރެއް ސިފައިންގެ މީހެއް އުރުދުގާން ޕާލަމެންޓް މެންބަރެއް ނުބަލައެވެ. 

ހުދުމުހުތާރު ވެރިކަމެއް ކުރުމަށްޓަކާ އުރުދުގާނު ކޮށްފައި ނުކުރާ އެއްކަމެއް ނެތެވެ. ބަގާވާތާ ގުޅުވައިގެން ތައުލީމީ ދައިރާއިން 15000 (ފަނަރަހާސް) މުއައްޒަފުން ސަސްޕެންޑް ކުރިއެވެ. ސިޔާސީ ގޮތުން އުރުދުގަނާއި އިދިކޮޅު ލީޑަރަށް ވަފާތެރި ބައެއް ކަމަށް ބުނެ 21000 (އެކާވީސް ހާސް) ޓީޗަރުންގެ ކިޔަވާ ދިނުމުގެ ހުއްދަ ބާތިލު ކުރިއެވެ. 

ބަގާވާތް ކުރިކަމުގެ ތުހުމަތުގައި 40000 އަށްވުރެ ގިނަމީހުން ހިފާ ހައްޔަރުކުރި އިރު ބަގަވާތާ ގުޅުން ހުރި ކަމަށް ބުނެ 77000 (ހަތްދިހަހަތްހާސް) މީހުން ބަންދު ކޮށްފައިވެއެވެ. އަނެއްކޮޅުން 160000 (އެއްލައްކަ ފަސްދޮޅަސް ހާސް ) މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެތައް ހާސް ބަޔަކަށް ބޭރު ގައުމުތަކުން ހިމާޔަތް ހޯދަން ޖެހުނެވެ. ވެރިކަމާ އާރާ ބާރަށްޓަކާ އަމިއްލަ ރައްޔިތުންނަށް ރަހުމެއް ކުލުނެއް އުރުދުގާނުގެ ނެތެވެ.  

ހުދުމުހުތާރުކަމާއި ޖައްބަރުކަން ދެއްކުމުގައި އުރުދުގާން އދ މަޖިލީހަކަށް އީޔޫއަކަށް ޑިމޮކްރަސީއަކަށް އިސްލާމީ އަހުވަންތަކާއި އިންސާނީ ކަރާމާތަކަށް ނުބަލައެވެ. ހެޔޮބަހެއް ބުނާ ކޮންމެ ބަޔަކީ އުރުދުގާނާ ސިޔާސީ ގޮތުން ދެކޮޅު ވާދަވެރި ފަތުހުއްލާ ގްލެންއަށް ވާގިދޭ ބަޔެއްކަމަށް ބުނެ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ މީހަކަށް އުރުދުގާން ނުވިއެވެ. 

އުރުދުގާންގެ ހުދުމުހުތާރުމަން ނަގަހައްޓާ ދެމެހެއްޓުމަށްޓަކާ ހެދިގެން އުޅެނީ މާވަރުގަދަ އިސްލާމީ ލީޑަރަކަށެވެ. ދުނިޔޭގައި ތިބު އެހެން އިސްލާމީ ވެރިންނަށް ބަދުބަސް ބުނުމާއި ދީނުގެ ނަމުގައި ގަދަ ބަސް ބުނުން ނޫން ކަމެއް އުރުދުގާން ނުކުރެއެވެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާއްމާ ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ކަންކަން ނުކުރާތީ އެގައުމުތައް ކުއްވެރިކުރުން ފިޔާވާ އުރުދުގާން ފަލަސްތީނަށްޓަކާ ކުރާ އެއްވެސް ކަމެއް ނެތެވެ. ފަލަސްތީނުގެ މައްސަލާގައި އެހެން އިސްލާމީ ވެރިންނެކޭ އުރުދުގާނެކޭ އެއްވެސް ތަފާތެއް ނެތެވެ. 

އުރުދުގާނަކީ އިސްލާމީ މާވަރުގަދަ ލީޑަރެއް ކަމަށް ބަލައިގަނެގެން އުޅެން ހެޔޮވާވަރުގެ މީހެއް ނޫނެވެ. އިންސާނީ ކަރާމާތާއި އިސްލާމީ އަހުވަންތަކަމާއި ޑިމޮކްރަސީއަކީ އުރުދުގާނުގެ ކުރިމަތީގައި އަގެއްހުރި ކަންކަމެއް ނޫނެވެ. އުރުދުގާނުގެ އަމާޒަކީ ތުރުކީގެ ވެރިކަމުގައި ދުނިޔެ އުމުރު ހުރުމެވެ. ރައްޔިތުންގެ މައްޗަށް ގޮށްމުށުގެ ބަރު ހިންގުމެވެ. ވާދަވެރި ސިޔާސީ ވެރިންނާއި ވާދަވެރި ފިކުރު ނައްތާލުމެވެ. އުރުދުގާނު ދާމަގުން ދާން މަސައްކަތް ކުރާ ކޮންމެ ވެރިއަކު ވެގެންދާނީ ގޮށްމުށުން ވެރިކަންކުރާ ޑިކްޓޭޓަރަކަށެވެ. ޑރ. މުއިއްޒު އަމާޒު ހިފާފައި އެހުރީ އުރުދުގާނާ އެއް މަގުން ދާށެވެ. ޑިކްޓޭޓަރަކަށްވެ އުމުރު ހުސްވަންދެން ވެރިކަމުގައި ހުންނާށެވެ.