ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ނުކޮށްދޭ: ރައީސް

ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓް

ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ނުކޮށްދޭ: ރައީސް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހޯރަފުށީގެ ތަރައްގީއަށް އަލިއަޅުއްވާ ލައްވައިފިއެވެ. ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން ރައީސް ފާހަގަކުރެއްވިއެވެ. ހޯރަފުށީ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ހިނގަމުން ދާއިރު ކުރިއަށް އޮތް ދައުރުގައި މުޅިން ނިންމަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.