ހުސްގޮނޑީގެ ޖަޒްބާތު

ކިޔުންތެރިއެއްގެ މިނިވަން ހިޔާލު:

ހުސްގޮނޑީގެ ޖަޒްބާތު
  • ހީރަސްނިއުސް ގެ އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތަށް ކިޔުންތެރިން ފޮނުވާ ލިޔުންތައް ޝާއިއު ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
  • ހީރަސްނިއުސް ގައި ޝާއިއު ކުރަން ލިޔުންތައް ފޮނުވާނީ editor@heerasnews.com ނުވަތަ ވަޓަސަޕް 7500808 އަށެވެ. 
  • ހީރަސްނިއުސް އަށް ލިޔުން ފޮނުއްވާ ފަރާތްތަކުގެ ވަނަވަރު ހާމަކުރެވޭނީ އެފަރާތަކުން އެދޭ މިންވަރަކަށެވެ. 
  • ހިރަސްނިއުސް ގެ ލިޔުންތަކުގެ ހުރިހާ މަސްދަރެއް ހިމާޔަތްކޮށް ރައްކާތެރި ވެގެންވެއެވެ. 

ނަތީޖާ ނެރުމަށް ދެއްކީ ހުސްގޮނޑިއެކެވެ. ހުސްގޮނޑީގެ އަގު މިނެލެވުނީ ވިސްނުންކޮށި ބަޔައެއްގެ މެދުގައި ޖަޒުބާތުގައި ޖައްސާށެވެ. ރަށްވަށާ ފޮޓޯގަނޑެއް ދައްކަމުން، އިތުރު ހަމްދަރުދީގެ ރޫހެއް އުފެއްދީ ޖަލުހުކުމް ނިންމާދޭނެކަމުގެ ހުވަފެން ދައްކާއިގެންނެވެ. އެއީ އޭރުގެ ހާލަތެވެ. ދޮގެއްގެ ފަހަތަށް މޮޅެއްގެ ބޭނުމުގައެވެ.

ވެރިކަމުގެ ބާރު ލިބުން ނޫން ގޮތަކަށް އެއްވެސް ކަމެއްގެ ހައްލެއް ނެތްކަމަށް ރައްޔިތުންނަށް ވިސްނާދެމުން ގެންދިޔައެވެ. ޖަލްސާތަކުންނާއި މަގުމަތީ ޕޯސްޓަރުތަކުންނާއި ނޫސްތާކާއި ސޯޝަލްމީޑިއާގައި ރަތްރޮނގު ހުރަސް ކުރަމުންނެވެ. 

ބޭރުގެ ސިފައިން ތިބިކަން ހާމަކޮށްދީ ބިރުގަންނަވާލީ އަމަށަކުން ނޫނެވެ. ބަޔަކުނެރެ އެމީހުންގެ ދިރިއުޅުން މަގުމަތި ކޮށްލައިގެން އުޅުނު މަންޒަރުވެސް ދުށީމެވެ. ބޭނުމަކީ ޖަލުބަންދު ހަރާމް ހުކުމެއްކަމަށް ވިސްނާދިނުމެވެ.

ނަތިޖާ ބަދަލުވީ މަޑިސީލަ ޓެގް އަޅުވައިގެން ކުޅުނު ޑްރާމާގެ ހިއްޗަށެވެ. މޮޅުވީ ގޮނޑިލިބުން ކުދިންކޮޅެވެ. ބޮޑިބަތް ކެއްކުމަށް ލޯ ފިއްސައިގެން ބޯ ދުންގަޑުގެ ތެރޭގައި އުޅުން ކުދިންކޮޅަށް ލިބުނީ ތެލިފޫކެހުމެވެ. އައިނައި ތަނެއް ނޭނގޭ ބަޔަކު ބޮޑުންނަށްވެ ބޮނޑިބަތުން ބަނޑު ފުރާލައިގެން ބޯ ދުންގަޑެއްގެ ތެރަށް ގެއްލުނީއެވެ. ހުސްވީ ދުފާތަބެކެވެ. ގަޑި އޮޅުނީ ބޯޅަކުޅެންދާ ކުދިންނަށެވެ.