ދުވަސް ކޮފީއަކުން ފެށުމުން ވާނީ ކިހިނެއް!

ކަޅު ކޮފީ ތަށިން ވަގުތުން މޫޑު ރަނގަޅު ކުރެވިދާނެތަ!

ދުވަސް ކޮފީއަކުން ފެށުމުން ވާނީ ކިހިނެއް!

ކޮފީއަކީ އާންމުކޮށް ބޭނުންކުރާ އެއް ބުއިން ކަމުގައި ވަނީ އޭގެ މަގުބޫލުކަން އިންތިހާއަށް ބޮޑުކަމުންނެވެ. ކެފެއިންގެ ސަބަބުން ވަރުބަލިކަން ކުޑަވެ، ކަންބޮޑުވުން ކުޑަވުމުގެ އިތުރުން މޫޑާއި ވިސްނުމާއި އަދި ހަރަކާތްތެރިކަން އިތުރު ކުރެއެވެ. ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދެއެވެ. ހިތުގެ ބައްޔާއި އަލްޒައިމާއިން ދިފާއުވުމަށް މަގުފަހިކުރެއެވެ. މަސްތަކާއި ސަރުބީ އަދި ފުރަމޭގައި ހުންނަ ސެލްތައް ދިފާއު ކުރުމަށް އިންސިއުލިން ބޭނުން ކުރަންޖެހޭ ބާވަތުގެ ހަކުރުބަލިން ދިފާއުވުމަށް ވެސް އެހީތެރިކަން ލިބެއެވެ. 

ހެނދުނު ފުރަތަމަ ބުއިމަކަށް ކޮފީ ބުއިމަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ހެނދުނު ފުރަތަމަ ކަމަކަށް ކަޅު ކޮފީ ބުއިމުން ލިބޭ އެތައް ފައިދާތަކެއް ހިއްސާ ކޮށްލާނަމެވެ. 

  1. ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދޭ: ކޮފީ އަކީ ދުޅަހެޔޮ ބަރުދަނެއް ބެހެއްޓުމަށް އެހީތެރިވެދޭ ކެލޮރީ އެއް ނެތް ބުއިމެކެވެ. އެއީ ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ އެއްޗެއް ކަމުން މެޓަބޮލިޒަމް އަވަސްވެ، ހަކަތަ އިތުރުކޮށްދީ، ކާހިތްވުން ކުޑަވެދެއެވެ.
  2. މޫޑު ރަނގަޅު ކޮށްދޭ: ކަޅު ކޮފީއަކީ ނިއުރޯލޮޖިކަލް ސިސްޓަމް ސްޓިމިއުލޭޓްކޮށް، "އުފާވެރި ކެމިކަލްތައް" ދޫކުރުން އިތުރުކޮށްދޭ އެއްޗަކަށް ވާއިރު، މިއީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސް ކުރެވޭ ކަމެކެވެ.
  3. ހަކުރުބަލީގެ ނުރައްކާ ކުޑަ: ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު ކޮފީ ބުއިމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. ހަށިގަނޑުގައި އިތުރު އިންސިއުލިން އުފައްދައެވެ. ލޭގައި ގުލްކޯޒްގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
  4. އެންޓިޑިޕްރެޝަނެއްގެ ގޮތުގައި މަސައްކަތްކުރޭ: ކޮފީގެ ސަބަބުން އެންޓިޑިޕްރެޝަން އަސަރު ކުރަނީ ސިކުނޑީގައި ސެރޮޓޮނިން އާއި ޑޮޕަމިންގެ މިންވަރު މަތިކޮށްދޭތީއެވެ. ހިތާމައާއި އެކަނިވެރިކަމުން އުފެދޭ ޑިޕްރެޝަންގެ އިހުސާސްތައް ކުޑަކޮށްދެއެވެ.
  5. ހަނދާން ގަދަކޮށްދޭ: ކަޅު ކޮފީ ބުއިމަކީ ހަނދާން ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ވިސްނުމުގެ ގާބިލުކަން އުމުރާއެކު ދަށްވެ، އަލްޒައިމާ އާއި ޑިމެންޝިއާ އާއި ޕާކިންސަން ފަދަ ހަނދާނާ ގުޅުންހުރި ބަލިތައް އިތުރުވުން ކުޑަކުރުމަށް ކޮފީ މުހިންމެވެ.
  6. ފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ: ފުރަމޭ އަކީ ހަށިގަނޑުގެ ސިއްހަތު ނެގެހެއްޓުމަށް މުހިއްމު ގުނަވަނެކެވެ. ކަޅު ކޮފީގެ އެހީގައި ފުރަމޭގެ ނުރައްކާތެރި އެންޒައިމްތަކުގެ ލޭގައި ހުންނަ މިންވަރު ދަށްވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބުއިމަކީ ހެޕަޓައިޓިސްޢައި ލިވަރ ސިރޯސިސް އާއި ފެޓީ ލިވަރ ޑިޒީޒް އަދި ލިވަރ ކެންސަރު ފަދަ ބަލިތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  7. އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވުން: ކަޅު ކޮފީން މެންގަނީޒް، މެގްނީޒިއަމް، ޕޮޓޭސިއަމް، ވިޓަމިން ބީ2، ބީ3، އަދި ބީ5 ފަދަ ވަރުގަދަ އެންޓިއޮކްސިޑެންޓްސް ލިބެއެވެ.
  8. ބަނޑު ސާފުކުރޭ: ކޮފީއަކީ ކުޑަކަމުދިޔުމުގެ އެހީތެރިއެކެވެ. ކޮފީބޮންޏާ ގިނައިން ކުޑަކަމުދެވެއެވެ. ގިނަގިނައިން ކުޑަކަމުދިއުމުން ބަނޑު ސާފުކޮށް ބެހެއްޓުމުގެ އިތުރުން ވިހަ މާއްދާތަކާއި ބެކްޓީރިއާތަކުން ހަށިގަނޑުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.
  9. ސްޓްރެސް ކުޑަކުރޭ: ކޮފީ އަކީ ހާސްކަން ފިލުވައިދީ، ލުއި ފަސޭހަ ކޮށްދިނުމަށް އެހީތެރިވެދޭ އަޖައިބު ކުރުވަނިވި ބުއިމެކެވެ. ކަޅު ކޮފީ ތަށިން ވަގުތުން މޫޑު ރަނގަޅު ކުރެވިދާނެއެވެ. އެއީ ނިއުރޯލޮޖިކަލް ސިސްޓަމް ސްޓިމިއުލޭޓް ކޮށްގެން ސެރޮޓޮނިން އަދި ޑޮޕަމިން ފަދަ ނިއުރޯޓްރާންސްމިޓަރސްގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީއެވެ.
  10. ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރޭ: ކޮފީއަކީ ފުރަމޭ، ބޮޑު ގޮހޮރު، އަދި އުރަމަތީގެ ކެންސަރު ފަދަ ބައެއް ކެންސަރުތައް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެއްކަމަށް ދިރާސާތަކުން ދައްކައެވެ. ކޮފީގައި އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީސް ވެސް އެކުލެވިގެންވެއެވެ.

ކަޅު ކޮފީގެ ސަބަބުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް އެހެން އެއްޗެތި ފަދައިން މާގިނައިން ބޭނުން ކުރުމުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ ކޮފީ ބުއިންވެސް މެދުމިނުގައި ހިފަހައްޓަން ޖެހެއެވެ. ކޮފީ މާގިނައިން ބޮވޭނަމަ މިނަރަލް އެބްޒޯޕްޝަން ރޭޓް ދަށްވުމާއި، އެސިޑިޓީ އިތުރުވުމާއި، ސްޓްރެސް އާއި ހާސްކަން އިތުރުވުމާއި، ގަވާއިދުން ނިދުމުގެ ހަމަތައް ގެއްލެއެވެ. ކަޅު ކޮފީއަކީ މެދުމިނުގައި ބުއިމުން ކެލޮރީ، ފެޓް، އަދި ކޮލެސްޓްރޯލް އެއްކިބާ ވެފައިވާ މޮޅު ބުއިމެކެވެ.