އަންނާރު ނުކަނީ ކީއްވެ

އަންނާރަކީ އެންމެ ގަދީމީ މޭވާ

އަންނާރު ނުކަނީ ކީއްވެ

އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ ގަދީމީ މޭވާ ކަމުގައި ބުނެވެނީ އަންނާރެވެ. އަންނާރު އަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާއްމުކޮށް އަންނާރު ކައި ނޫޅެންވީ ކީއްވެ ހެއްޔެވެ. އަންނާރަކީ އާއްމުކޮށް ނުކައިތިބެންވާ ވަރުގެ މޭވާއެއް ނޫނެވެ. އަނގަޔަށް މީރު ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އަނާރުގެ ސިއްހީ ފައިދާތަކަށް ބަލާލަމާ ހެއްޔެވެ. 

  • އަންނާރަކީ ސްޓްރޯކް ޖެހުމާއި ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލޭ ހޮޅިތަކާއި ގުޅުން ހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މޭވާއެކެވެ. އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދޭ ކަމެކެވެ. އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށްދީ ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް ރަގަޅު ސަރުބީގެ މިންވަރު އިތުރު ކުރުވައެވެ.
  • އަންނާރުގައި ހުންނަ ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް"އަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ހަށިގަނޑު ކެންސަރުން ރައްކާތެރިކޮށްދެއެވެ.  
  • މައިމީހާ އަންނާރު ޖޫސް ބޭނުން ކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.
  • ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސްޓޮލިކް ޕްރެޝަރ 5 އިންސައްތަ ދަށްވާ ކަމެކެވެ.
  • އަންނާރު ބޭނުންކުރުމުން ހަކުރު ބަލި، ހުޅުތައް ދުޅަވުން، އަދި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
  • އަންނާރުގައި އެކުލެވޭ ހާއްސަ ސިފަތަކެއްގެ ސަބަބުން، ލޭހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މި މޭވާ ބޭނުންކޮށްގެން ލުއެއް ހޯދެއެވެ.
  • އަންނާރު ޖޫސް ބޭނުން ކުރުމަކީ އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް ގަނޑެއްގެ ސިފައިގައި އެއްވެ ބޮޑުވުން މަނާކޮށްދޭ ކަމެކެވެ. އެއާއި އެކު އެފަދަ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ ދެއެވެ.
  • އާއްމުކޮށް އަންނާރު ބޭނުންކުރުމުން ފުއްޕާމޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައި ޓިއުމަރު ހިންދާލައެވެ. 
  • ޕްރޮސްޓޭޓް ކެންސަރުގެ ސެލްތައް އުފެދި ބޮޑުވުން އަންނާރު ބޭނުންކުރުމުން ހުއްޓެއެވެ.
  • އަންނާރުގައި ވަރަށް ގިނައިން އަޔަން ހުރެއެވެ. އެހެންކަމުން ލޭމަދުވުމުމާއއި ވަރުބަލިވުމާއި ބޯއެނބުރުމާއި ވަރުދެރަވުން ކުޑަކޮށްދޭ އެއްޗަކަށް އަންނާރުވެއެވެ.
  • އަންނާރު ޖޫހަކީ މަޑުކަށި ހަލާކުވުން ހުއްޓުވާ އެއްޗެކެވެ. 
  • އަންނާރަކީ ތަފާތު ވިޓަމިނުން މުއްސަދިވެފައިވާ މޭވާ އެކެވެ. އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.
  • އާންމުކޮށް އަންނާރު ބޭނުން ކުރުމަކީ ދަތުގައި މެރައާއި ކޮބަޑި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
  • ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ.
  • ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފަހައްޓައެވެ.
  • ކަރުތެރެ ހަލާކުވުމުން ދުރުކޮށް ދެއެވެ.
  • އެލްޒެއިމާ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށް ދެއެވެ.
  • ދިފާއީ ބާރު ވަރުގަދަކޮށްދެއެވެ.
  • ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިދެއެވެ.
  • އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.
  • އަޑުކުރަކިވެ، ނުވަތަ އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދެއެވެ.
  • އަންނާރު މާމުޔާއި އެކު ބޭނުންކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ.
  • ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށް، ކާހިތްވުން އިތުރުކޮށްދެއެވެ.
  • ލޮލުގެ ފެނުން ސާފުކުރުމުގައި ވެސް އަންނާރު ބޭނުން ކުރުން އެހީއަކަށް ވެއެވެ.
  • ބަނޑުގައި ރިހުން ކުރިމަތިވުމުން ކުޑަލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކާއި އެކު އަންނާރު ބޭނުންކުރުމުން ރިހުން ފިލައިދެއެވެ.
  • ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ.
  • ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.