ރިސޯޓްތަކުގައި މަސްކައްކަން ގޮވި މީހުންނަށް ވެރިކަން ނުކުރެވޭނެ: ރައީސް

ކޮވިޑަށް ފަހު އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަން ވަނީ ސާބިތުކޮށް ދެއްވާފާ

ރިސޯޓްތަކުގައި މަސްކައްކަން ގޮވި މީހުންނަށް ވެރިކަން ނުކުރެވޭނެ: ރައީސް

ރިސޯޓްތަކުގެ ބަދިގެ ތަކުގައި މަސްކައްކަން ގޮވާލި މީހުންނަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. އެނެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހޯރަފުށީގައެވެ.

ކޮވިޑަށްފަހު ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި ރިސޯޓުތަކުގެ ބަދިގެތަކުގައި މަސްކައްކަން ވާދަވެރިން ގޮވާލަމުން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ޓޫރިސްޓުން ނާންނާނެކަމަށް ބުނެ ރިސޯޓުތަކުގައި ދަނޑުވެރިކަން ކުރުމަށް ގޮވާލި މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހިކުމަތްތެރި ރައީސް ސޯލިހު ވާދަވެރިންނަށް ގޮންޖައްސަވާ އެހެން ވިދާޅުވީ ރާއްޖެއަކީ ކޮވިޑް މެނޭޖްކުރުމުގައި އެންމެ ކާމިޔާބު އެއް ގައުމުގެ ގޮތުގައި ހެއްދެވުމަށް ފަހުގައެވެ. ރައީސް ހޯރަފުށީގައި އެހެން ވިދާޅުވީ 2020، 2021، 2022ގައި ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލަކީ ރާއްޖެކަމުގައި ހެއްދެވުމަށް ފަހުގައެވެ. ކޮވިޑްގެ ފަހު ފަތުރުވެރިންގެ ކުރިމަތީގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ހައްދަވައި އެކަން ސާބިތުކޮށް ދެއްވާފައެވެ.