ތުނބުޅި ބެހެއްޓިޔަނުދޭން ޔުނިވާސަލާއި ޗަންޕާ ވޯޓު އެޅުވީ މުއިއްޒަށް

މުއައްޒަފުން ތުނބުޅި ބެހެއްޓުމަށް ބައެއް ރިސޯޓުތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދާ

ތުނބުޅި ބެހެއްޓިޔަނުދޭން ޔުނިވާސަލާއި ޗަންޕާ ވޯޓު އެޅުވީ މުއިއްޒަށް

ތުނބުޅި ބެހެއްޓުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުއައްޒަފުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. ރިސޯޓު ތަކުގައި ހިދުމަތް ކުރާ މުއައްޒަފުން ތުނބުޅި ބެހެއްޓުމަކީ ބައެއް ރިސޯޓުތަކުގެ ވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ހޯދުމަށް ބޭނުން ވެގެން ރިސޯޓު ތަކުގައި ވަޒީފާ އަދާކުރާ މުއައްޒަފުންގެ އެދުމުގެ މަތީން ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ރިސޯޓު މުއައްޒަފުންނަށް ހޯދާ ދިނުމަށް "ޓީމް" އާއި ގުޅިގެން ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.

ގަވައިދެއްގެ ދަށުން ރިސޯޓް މުއައްޒަފުންނަށް ތުނބުޅި ބެހެއްޓުން ހުއްދަ ކުރުމަށް ސަރުކާރާއި ޓީމުން ކުރި މަސައްކަތް ޔުނިވަސަލްއާއި ޗަންޕާ ރިސޯޓްސް ފަދަ ބޮޑެތި ބައެއް ކުންފުނިތަކުން ދެކޮޅު ހަދާ އެއްބާރުލުން ނުދީ ވަނީ ހުރަސް އަޅާފައެވެ. ރިސޯތް މުއައްޒަފުން ތުނބުޅި ބެހެއްޓުމާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ ޔުނިވާރސަލް އާއި ޗަންޕާ ރިސޯތްތަކުގެ މެނޭޖުމަންޓުން ކަމަށް ވެއެވެ. 

ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ރިސޯޓުތަކުގެ މުއައްޒަފުންނަށް ލިބި ދިނުމަށް ޔުނިވަރސަލްއާއި ޗަންޕަރ ބްރަދަރސް ފަދަ ކުންފުނިތަކުން ހުރަސް އަޅަމުން ދަނިކޮށް ގަވައިދެއް ހަދާ ތަންފީޒުކުރުމުގެ ކުރިންވެސް ތުނބުޅި ބެހެއްޓުމުގެ ފުރުސަތު ރިސޯޓް މުއައްޒަފުންނަށް ދިނުމަށް ސަރުކާރުން ވަނީ ރިސޯޓުތަކުގެ މެނޭޖްމަންޓްގައި އެދިފައެވެ. މުއައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ފުރުސަތުދޭން ސަރުކާރުން އެދުނު އެދުމަކީ ބައެއް ރިސޯޓު އޯނަރުންނާއި މެނެޖުމަންޓްތަކަށް ގަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. ހާއްސަކޮށް ޔުނިވަރސަލްއާއި ޗަންޕާ ބްރަދާސްއަށް އެކަން ހަޖަމެއް ނުކުރެވުނެވެ. 

ރިސޯޓު މުއައްޒަފުން ތުނބުޅި ބެހެއްޓުން ހުއްދަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާތީ ރައީސް ސޯލިހާ ދެކޮޅަށް ވޯޓު ދިނުމަށް މުއައްޒަފުންނަށް މަޖުބޫރު ކުރުވިއެވެ. ޔުނިވާސަލް ރިސޯޓްތަކާއި ޗަންޕާ ރިސޯޓުތަކުން ވަޒިފާގެ ބިރުދައްކާ ޑރ. މުއިއްޒަށް މުއައްޒަފުން ލައްވާ މަޖުބޫރުން ވޯޓު އަޅުވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ހީރަސް ނޫހަށް ވަނީ މައުލުމާތުދީފައެވެ. 

ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރިސޯޓްތަކުގައި ތުނބުޅި ބަހައްޓައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުދޭނެކަމުގެ ކަށަވަރުކަން ޗަންޕާ ބްރަދާރސް އާއި ޔުނިވާސަލުން ހޯދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.