ރައީސަށް ތާއީދުކޮށް ބައިބަޔަށް އެމްޑީޕީއަށް މީހުން ވަނުން

ހއ. ދިއްދޫން ވެސް ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅިއްޖެ!

ރައީސަށް ތާއީދުކޮށް ބައިބަޔަށް އެމްޑީޕީއަށް މީހުން ވަނުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކޮށް ރާއްޖޭގެ ކަންކޮޅުތަކުން އެމްޑީޕީއަށް މީހުން ވަންނަން ފަށައިފިއެވެ. ރައީސް ނަޝީދުގެ ލީޑަރޝިޕް ގަބޫލު ނުކުރާތީ އެމްޑީޕީއަށް ނުވަދެތިބި އެތައް ސަތޭކަ ބަޔަކު އެމްޑީޕީއަށް ވަނުމަށް ސޮއިކުރަމުން އެބަދެއެވެ. އެގޮތުން ޒުވަނުންނާއި ހަރުމީހުންނާއި މުސްކުޅިން އެމްޑީޕީއަށް ސޮއި އެބަކުރެއެވެ.

ހއ. ދިއްދޫން ވެސް ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅިއްޖެއެވެ. ދިއްދޫން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ދިއްދޫގައި ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީއާ އަލަށް ގުޅުނު ޒުވާނުންގެ ފޯމްތަކާއި ހަވާލުވެވަޑައިގަތީ ހާރިޖީ ވާޒިރު އަބްދުﷲ ޝާހިދެވެ.

ފޯމްތަކާ ހަވާލުވެ ވަޑައިގެންނެވުމުގެ ގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ ދިއްދޫން ރައީސް ސާލިހަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅުމަށް ސޮއިކުރި ފޯމްތަކާއި ހަވާލުވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަަށެވެ. އެންމެން ގުޅިގެން ކުރާ މަސައްކަތުން ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ދިއްދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ޒުވާނުންގެ ފޯމްތައް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ރައީސް އޮފީހުގެ މިިނިސްޓަރު އަހުމަދު ސަމީރު ވެސް ބައިިވެރިވެ ވަޑައިގެންނެވިއެވެ.