މުހުތާޒަށް މިހާރު އަނިޔާ އޯކޭ
އަނިޔާވެރި ބޮޑެތި އުގޫބާތް ޔާމީނު ދިން ހަދާނެއް ނެތް
އިންސާނުންނަކީ ހާދަ ޒާތެއްގެ ބައެކެވެ. ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ދައްކާފައި އޮތަސް ވަރިހަމަ ތާއެވެ. ޔާމީނާ އޭނާގެ އަނިޔާވެރި ޓީމަށްވުރެ ރަނގަޅު ބަޔަކު ބައެއް މީހުނަށް މިހާރަކު ނެތެވެ. ގައިގާ އެޅި ވޭނެއް އެދުވަހު އަނބިދަރިންނާއި އާއިލާ ރުއިރުއިމެއް މިހާރަކު ހަނދާނެއް ނެތެވެ.
ގާނޫނާ ހިލާފަށް ރައީސް ޔާމީނުގެ ވެރިކަން ވައްޓާލުމަށް ކޯޓު އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރަން އުޅުނުކަމަށް ވެއެވެ. ފުލުހުންނަށް ކޯޓު އަމުރެއް ކުރަން އުޅުނު ކަމަށްވީ ރައީސް ޔާމީނު ހައްޔަރު ކުރުމަށެވެ.
ގާނޫނާ ހިލާފަށް ރައީސް ޔާމީނު ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރޭން އިސްވެ އުޅުނު ކަމަށް ވަނީ އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލެވެ. ރައީސް ޔާމީނު ހައްޔަރު ކުރުމުގެ އަމުރު ނެރުވަން އުޅުނު ކަމަށްވަނީ އދ. މާމިގިލީ ކޯޓުންނެވެ..
ރައީސް ޔާމީނު ހައްޔަރު ކުރަން އުޅުމުގެ ތުހުމަތުގައި މާމިގިލި ކޯޓުގެ އޭރުގެ މެޖިސްޓރޭޓް ހައްޔަރުކޮށް އަނިޔާވެރިގޮތެއްގައި ބޮޑެތި އުގޫބާތް ދެއްކިއެވެ. މަގާމުން ވަކިކޮށް ޖަލުގެ ތޭރިތަކު ފަހަތައް ވައްޓާލިއެވެ. އޭނާގެ އަނބި ދަރިންނާ އާއިލާ ބިކަކޮށް ލޮލުން ކަރުނަ އޮހޮރުވާލިއެވެ.
ހަމަ އެއާއިއެކު ރައީސް ޔާމީނު ހައްޔަރު ކުރަން އުޅުމުގެ ތުހުމަތުގައި އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ހައްޔަރުކޮށް އަނިޔާވެރި ގޮތެއްގައި އޭނައަށް ވެސް ބޮޑެތި އުގޫބާތް ދެއްކިއެވެ. މަގާމުން ވަކިކޮށް ޖަލުގެ ތޭރިތަކު ފަހަތައް އޭނާވެސް ވައްޓާލިއެވެ. އޭނާގެ އަނބި ދަރިންނާ އާއިލާ ބިކަކޮށް ލޮލުން ކަރުނަ އޮހޮރުވާލިއެވެ. ހައްގުން ކަމަކާ ނުލައެވެ.
ޔާމީނުގެ ވޭންދެނިވި އަނިޔާގައި މުޖުތާޒުމެން ޖަލުގައި ދުވަސްތައް ގުނަމުން ދިޔައިރު ޑރ. މުއިއްޒުމެން ތިބީ ޔާމީނު ދެމުންގެންދިޔަ އިހާނެތި އަނިޔާ ތަކަށް ހިތްވަރުދީ ސާބަސްދީ އަތް ޖަހާށެވެ.
ބޭއިނާސާފުން ވޭންދެނިވި އަނިޔާތައް ދެމުން ދަނިކޮށް މުހުތާޒު މެނަށް އިންސާފު ހޯދާދީ މިނިވަންކަން ހޯދާދިނީ ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ. މުޅި އުމުރުގައި ޝުކުރުވެރިވުން ހައްގެވެ.
އެހެނެއް ކަމަކު މުހުތާޒު މުހުސިން މިއަދަކު އެކަން ހަނދާނެއް ނެތެވެ. އަނިޔާވެރިންނަށް މިއަދު އެހުރީ ބައިއަތު ހިފައިގެންނެވެ. އަނިޔާވެރި ކަމަކީ މައްސަލައަކަށް ނުވިއެވެ. މިއަދު ޔާމީނާ ޔާމީނުގެ ހިޔަނިވެސް މުހުތާޒަށް އޯކޭއެވެ. އަނބިދަރިން އެޅިކަރުނައިގެ އަގެއް ނެތެވެ.