ޒަޔަނިސްޓުންގެ ސޭފް މާލެ އެއްބަސްވުމުގައި ސޮއިކުރާނެ

ރައްޔިތުން ރުހުނަސް ނުރުހުނަސް އަލައްބާރު ސިޓީ ހަދާނެ

ޒަޔަނިސްޓުންގެ ސޭފް މާލެ އެއްބަސްވުމުގައި ސޮއިކުރާނެ

މިހާރު ރާއްޖެއަށް ކުރިމަތިވެގެން މިއުޅެނީ ސަދޫމް އެއްބަސްވުން ނުވަތަ ސަމޯއާ އެއްބަސް ވުމުގައި ސޮއިކުރުން ހަލާލުވުން ފަދަ ކަމެކެވެ. ސަމޯއާ އެއްބަސް ވުމުގެ މައިގަނޑު އަސާސަކީ ޔޫރަޕިއަން ވެލިއުސް ޕްރޮމޯޓް ކުރުމެވެ.

ސަމާއޯ އެއްބަސްވުމުގައި އެމީހަކު ބޭނުން ދީނަކަށް އުޅުމާއި، އެމީހަކު ބޭނުން ޖިންސަކާއި އެއްޗަކާއިއެކު ޖިންސީ ގުޅުންތައް ހިންގުން ހައްގަކަށް ވެއެވެ. ޅަ ދަރީންނަށް ޝަހުވަތްތެރި ކަމާއި އެދުންވެރިކަމުގެ މައުލޫމާތުދީ ހޭލުން ތެރިކުރުވުން އަސާސީ ކަންކަމުގެ ތެރޭގައި ހިމެނެއެވެ. 

އެގޮތަށް ރަސްމާލެ މަޝްރޫއަކީ ޔަހޫދީންގެ ސޭފްހެވަން ގާއިމު ކުރުމެވެ.  ކޮންމެ ގޮތަކަށް ކަންކަން އެނބުރިއަސް އަލައްބާރުގެ އީގަލް ހިލްސް އަދި އީމާރާއި، ހެންލީ އެންޑް ޕާރޓްނަރސް އަކީ ޔަހޫދީންނަށް ދުނިޔޭގެ ގައުމުތަކުގައި އާބާދު ކުރުވުމުގެ މަސައްކަތްތައް ކުރަމުންދާ ބައެކެވެ.  އެހެންވީމަ އަލައްބާރާއި ހެންލީ އެންޑް ޕާޓްނަރސް ހިމެނޭ މަޝްރޫއެއްގެ ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. އެކަން ސަލަފީ ދީނީ އިލްމުވެރިންނަށް އަދި ސަރުކާރަށްވެސް އެގެއެވެ.

ފުރަތަމަ އަދި މިއީ ރަސްމާލޭގެ ފުރަތަމަ ފޭސްއެވެ. ދެން އޮތް ދެ ފޭހުން އެއް ފޭސް އަކީ ޖެޓް ޖެއްސޭނެ ރަންވޭއެވެ. އެކަމަށްވެސް ސަރުކާރުގެ އެކި ފަންތި ތަކުން ވަނީ އެއްބަސް ވެފައި ކަމަށް ނަން ހާމަކުރަން ބޭނުން ނުވާ ސަރުކާރު ތެރޭގެ އިސް މީހަކާއި ހަވާލާދީ ބުނެޢެވެ.. 

މަޝްރޫއުގެ އަސްލު މައުލޫމާތު އެގޭނީ 4 މީހަކަށް ކަމަށްވެއެވެ. ކަމުގެ އެންމެ ބޮޑު މީހަކީ ރައީސް އޮފީހުގައި އުޅޭ ޝާހިދު ކިޔާ މީހެއް ކަމަށްވެއެވެ. ދެން ތިބެނީ ޗީފް އޮފް ސްޓާފް ފަޔާޒާއި މިނިސްޓަރ މުއްތަލިބާއި މުއިއްޒު ކަމަށް.ވެއެވެ.  އޭޖީ އަށްވެސް ލިބެނީ ގާނުނީ ހަމައަޅަން އޭނާއަށް ބޭނުންވާނެ މައުލޫމާތު އެކަނިކަމަށްވެއެވެ.

ބުނެވޭ ގޮތުން ކިތަންމެ ވަރަކަށް ރައްޔިތުން ނިކުތަސް އަލައްބާރުގެ ޔަހޫދީންގެ މާލޭގެ އެއްބަސްވުމުގައި ސޮއި ކުރާނެއެވެ. އަލައްބާރު ބޭނުންވާ ހުރިހާ ޓާރމްސް އެންޑް ކަންޑިޝަނާއި އެއްގޮތަށް ޔަހޫދީންގެ މާލެ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.