ދޮގުވެރި ވަގު ލުޓޭރުންގެ އަބުރެއް ޝަރަފެއް ނުއޮންނާނެ!

އަބުރާ ޝަރަފަކީ މަކާރިމުލްއަހުލާގުގެ ވެރިންގެ ހައްގެކެވެ. ވެރިކަމަށް އަންނަ ހެއްދެވިހާ ދޮގުހަދާ ފަސާދަ އުފައްދާ ފިތުނައިން ކަޅިވެގެން ވެރިކަން ހޯދާ ވެރިއެއްގެ އޮންނާނީ ކޮން ޝަރަފެއް އިއްޒަތެއް އަބުރެއް ހެއްޔެވެ. ނުރަ ކޫރުދެމި ކަޅުދިގު ހުސްގޮނޑި ކައްޒާބު ލުޓޭރަކަށް ހަޒާނާ އަތުޖެހުމުން ލޫޓުވާލުން ނޫންކަމެއް ނޯންނާނެއޭ ބުނާ އިރަށް އަބުރުފުޅު ނެގެ ޖެހެން ފަށާނެތާއެވެ.
ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ތިބެ އަޅުވެތިކޮށްފައިވާ ކަމަށް އަނގަފުރާ މުއިއްޒު ވާހަކަ ދެއްކީ ސާޖިދާއާއި އެކު ނިދަން އަރާ ސާޖިދާ ކައިރިއަކު ނޫނެވެ. ދިވެހި ރައްޔިތުންގެ ކުރި މަތީގައި ބައިނަލްއަގުވާމީ މީޑިޢާތަކުގައެވެ. އާހިރުގައި ކަން ނިމުނީ ކިހިނެއް ހެއްޔެވެ.
ކަނޑުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ކަނޑުތަކުގެ އިން ވަކިކުރާ ޓްރައިބިއުނަލުން ހިންގާ ނިންމި ޝަރީއަތަކާ ގުޅުވައިގެންވެސް ކަނޑު ވިއްކާލީ ކަމަށް ބުނެ ދޮގު ހެދިއެވެ. ވެރިކަމަށް އައިސް އަނބުރާ ހޯދާނެ ކަމަށް ބުންޏެވެ. ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުން ނިންމާ ކަންކަން ފުށުން ޖަހާލާނެ ކަމަށްބުނެ ހެދި ބޮޑު ދޮގު މީހުން ހަނދާނެއް ނުނެތެއެވެ.
ރަސްމާލެއާއި ރަސްމާލެ ޓަނަލާއި ތިނަދޫ އެއަރޕޯޓާއި މޮނޯ ރޭލާއި އައްޑޫ މީދޫ ބްރިޖާއި މިހިރަ މިހިރަ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. އިހަށް ދުވަހު ފޭކް ޕްރިންސް ގެނެސްގެން އަޅާ ފައިނޭންސަލް ސެންޓަރގެ ވާހަކަވެސް ހެޔޮވާނީ ނުދެއްކިއްޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވީހާ ވައުދުތައް އެހުރީ ރެކޯޑް ކުރެވިފައެވެ. ރަށަކަށް އަރައިފިއްޔާ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ވަރަށް ދޮގު ވައުދުތައް ވަނީއެވެ. ރާއްޓެހިން ލައްވާ ދައުލަތުގެ ތަންތަން އިރާލާ ކައްވާލި މީހކަށް ފިޔަވަޅުނާޅާ ހުރިއްޔަކީ ބާރަށު މައިކް އެކަންޏެއް ނޫނެވެ. ރަމީޒެއް ފަޒުލެއް މުއާޒެއް ވަޖީހެއް ކިޔާނެކަމެއް ނެތެއް ނޫން ހެއްޔެވެ.
އަޒުލަށް ބިރުން ރިޝްވަތު ދީގެން 13 މެންބަރުން ނުގަންނަ ކަމަކަށް ވެސް ނުވާނެއެވެ. ޖެހުނުތާކުން ޖެހުނު މީހަކު މުއިއްޒަށް ބައި އަޅައިގެން ދައުލަތްކައި ހުސްކުރަނީއެވެ. މެންބަރުންގެ ސައިޒުން މެންބަރުންނަށް ގިއްގެޅެންދެން ކާންދެމުން މަޖިލީހުގައި އެއޮތީ ގެރި ކޮއްޓަކަށް ހަދާފައެވެ. ފަނޑިޔާރުގެ ހުރީ ކިހިލީގައެވެ. އެއާއިއެކު މިނިވަން މުއްސަސާތައް ވާގިނައްތާލާ ބޭރުގެ ދަތުރުތަކަށާއި އަމިއްލަ އުފަލަށް ދެމަފިރީން ވެގެން ދައުލަތް ދަވާލަނީއެވެ. ނުވިތާކަށް ސާޖިދާ ނުހައްގު ނޯޕޭ ލީވެއްގައި ބަހައްޓައިގެން އިނާޔަތްވެސް ދެނީއެވެ.
ނުބައި ނުލަފާ ހުރިހާ ކަމެއް އެކެއްގެ ކިބައިން ފެންނާނެ ހަމަ އެކަނި ވެރިއަކަށް ދުނިޔޭގައި ހުރި ވެރިއަކީ މުއިއްޒެވެ. އެކަމަކުވެސް މާބޮޑު އަބުރެއް އޮވެގެން މިނިވަން މީޑިއާ ތަޅުއަޅުވަން ބޭނުންވެގެން ރައްޔިތުންގެ ރުހުން ހޯދަން ދައްކާހާ ވާހަކައިން ބަރަހަނާ ވަނީ އަމިއްލައަށެވެ. އަނގަފުރާފައި ދައްކާ އެއްވެސް ވާހަކައެއް ތިމާގެ ގައިން ނުނައްޓައެވެ. މިވަރުގެ ދޮގުވެރި ވަގު ލުޓޭރުންގެ އަބުރެއް ޝަރަފެއް ނުއޮންނާނެއެވެ.