ދެވަނަ އުތުރު ކޮރެޔާއަށް ރާއްޖެ ބަދަލު ކޮށްލަނީ!

ދެވަނަ އުތުރު ކޮރެޔާއަށް ރާއްޖެ ބަދަލު ކޮށްލަނީ!

ދިވެހި ރާއްޖޭގެ ގައުމީ ހިދުމަތުގެ ނަމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ސިފައިންގެއަށް ކުޑަކުދިން ވައްދަން ނިންމީއެވެ. ރައީސް މުއިއްޒު މިއުޅުއްވަނީ ދެވަނަ ނައުތު ކޮރެޔާއަށް ރާއްޖެ ހަދާށެވެ. 

18 އަހަރު ނުފުރޭ ކުދިން ސިފައިންނަށްދޭ މިލިޓަރީ ޓްރޭނިންގ ދީގެން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކުދިންގެ ބޯދޮއްވައިގެން މިއުޅެނީ ކޮންބަޔަކާ ހަނގުރާމަ ކުރަން ހެއްޔެވެ. ގައުމީ ލޯތްބާއި ރަގަޅު ތަރުބިއްޔަތަކީ އަސްކަރީ ތަމްރީނުން ނޫނީ ނުލިބޭ އެއްޗަކީ ހެއްޔެވެ.

ގައުމިއްޔަތަކީ ހަނގުރާމަވެރިކަން ހެއްޔެވެ. 18 އަހަރު ނުފުރޭ ކުއްޖެއްގެ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކުން ބައިނަލް އަގުވާމީ ގާނޫނުތައް މުގުރަން މުއިއްޒަށް ބާރެއް ލިބެނީ ކިހިނެއް ހެއްޔެވެ.

18 ނުފުރޭ ކުދިން ލައްވާ އުޖޫރައަށް މަސައްކަތް ކުރުވުމަކީ ރާއްޖޭގެ ގާނޫނުތަކުންވެސް މަނާ ކަމެކެވެ. އުޖޫރައަށް މަސައްކަތް ކުރުވަނީ ނޫންކަމަށް ހަދަން އެލަވަންސް ދީގެން ތަމްރީނު ދިނުމުގެ ނަމުގައި ގާނޫނީ ނިޒާމަށްވެސް އޮޅުވާލަނީއެވެ. ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެންހުރެ ގާނޫނުވައްވެސް ރެޕްކުރަނީއެވެ. 

ބޮޑެތިވަމުން އަންނަ ހުރިހާ ޒުވާނުންގެ ބޯދޮއްވުމަށް އަސްކަރަށް ވައްދައިގެން ދެވަނަ އުތުރު ކޮރެޔާއަށް ރާއްޖެ ހަދަން ދޫކޮށްލެވޭކަށް ނެތެވެ.