ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ޓަނަލް: ތޭމްސް ޓަނަލް

އަނގަތަޅައި ގަންނައިރު ތިމާ ނޫން މީހުން އުޅޭކަން ވެސް މުއިއްޒަށް ނޭނގޭ

ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ޓަނަލް: ތޭމްސް ޓަނަލް

ދުނިޔޭގައި އަންޑަރވޯޓަރ ޓަނަލް އަޅާތާ ކޮން ޒަމާނެއް ހެއްޔެވެ. މާލޭން ފުށިދިއްގަރުފަޅަށް ޑރ. މުއިއްޒު އަޅަން ހިޔާލީ ފޮލާކައްކާ އަންޑަރވޯޓަރ ޓަނަލް ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލަށް ވާގޮތެއް ވިސްނާ ވިސްނާވެސް ނޭގުނެވެ. މުއިއްޒު އަޅަން މިއުޅެނީ ކޮން ދުނިޔެއެއްގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލެއް ހެއްޔެވެ. އަނގައެއް އޮތީމާ އަނގަތަޅައި ގަންނައިރު ތިމާ ނޫން މީހުންވެސް އެބައުޅޭކަން ނޭނގޭ ވަރަށް ޑރ. މުއިއްޒު މޮޔަވީ ހެއްޔެވެ.

ދުނިޔޭގައި އަންޑަރ ވޯޓަރ ޓަނަލެއް އެންމެ ފުރަތަމަ ބިނާކުރީ 19 ވަނަ ގަރުނުގެ ފަހު ކޮޅުގައެވެ. 1825 އާއި 1843 އާ ދެމެދުގައެވެ. ދުނިޔޭގައި ބިނާކުރި ފުރަތަމަ އަންޑަރވޯޓަރ ޓަނަލަކީ ތޭމްސް ޓަނަލެވެ. ތޭމްސް ޓަނަލް ބިނާ ކުރެވުނީ ލަންޑަނުގެ އިރުމަތިފަރާތުގެ ނިމޭހިސާބުގައި އޮންނަ ރޮތަރހައިތު އާއި ވަޕިންގް އާއި ދޭތެރޭގައި އޮންނަ ތޭމްސް ކޯރުގައެވެ. 

ތޭމްސް ޓަނަލް

ތޭމްސް ޓަނަލުގެ ފަހުން ދުނިޔޭގެ އެތަން މިތާ 200އަށް ވުރެ ގިނަ އަންޑަރވޯޓަރ ޓަނަލްތައް ބިނާކޮށްފައިވެއެވެ. ދުނިޔޭގައި އޮތް އެންމެ ދިގު އަންޑަރ ވޯޓަރ ޓަނަލަކީ ޖަޕާނުގެ ސެއިކަން ޓަނަލެވެ. އެ ޓަނަލް އޮންނަނީ ޖަޕާނުގެ ހޮންޝޫ އިންފެށިގެން ހޮކައިޑޯގެ އެންމެ އުތުރު ރަށަށެވެ. ސެއިކަން ޓެނަލްގައި 53.85 ކިލޯ މީޓަރ ހުރެއެވެ. އެއީ 33.46 މޭލެވެ. ސެއިކަން ޓަނަލަކީ ދުނިޔޭގައި ދެވަނައަށް އެންމެ އަޑިގައި ބިނާކުރެވިފައިވާ ޓަނަލެވެ. 1988 ވަނައަހަރު ހުޅުވި ސެއިކަން ޓަނަލްގެ އަގަކީ 7 ބިލިޔަން އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއން ނަމަ އެއީ 107.94 ބިލިއަން ދިވެހި ރުފިޔާއެވެ.

ޖަޕާނުގެ ސެއިކަން ޓަނަލް

ދުނިޔޭގައި އޮތް އެންމެކުރު އަންޑަރވޯޓަރ ޓަނަލަކީ 2002 ވަނަ އަހަރު ނެދަރލޭންޑްގައި ހުޅުވި ވެލުމީރު އެކޯޑަކްޓް ޓަނަލެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ ދިގުމިނަކީ އެންމެ 78 ފޫޓެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލް ގާއިމުކޮށްފައި ވަނީ ވެލުމީރު ކޯރު ހުރަސްކުރާ ބުރިޖުގެ އެއްފަރާތުން އަނެއް ފަރާތަށް ކޯރުން ދަތުރުކުރާ ލޯންޗް ފަހަރު ދުއްވޭގޮތަށް ފެނުއަޑިން ބުރިޖުގެ ދެބައި ގުޅުވާ ލުމަށެވެ. ވެލުމީރު އެކޯޑަކްޓް ޓަނަލްގެ އަގަކީ 45 މިލިއަން ޕައުންޑެވެ. 882.45 މިލިއަން ދިވެހި ރުފިޔާއެވެ.

ވެލުމީރު އެކޯޑަކްޓް ޓަނަލް

ދުނިޔޭގެ އެކި ގައުމުތަކުގައި 200 ވަރަކަށް އަންޑަރވޯޓަރ ޓަނަލް އޮތްއިރު ޓްރިލިއަނުން ގައުމީ ރިޒާވް ނުގުނާ އެއްވެސް ގައުމެއްގައި އަންޑަރވޯޓަރ ޓަނަލެއް ބިނާކޮށްފައެއް ނެތެވެ. ޖަޕާނާއި އިނގިރޭސި ވިލާތާއި ނޯވޭއާއި ނެދަރލޭންޑް ފަދަ ގައުމު ތަކުގައި ކުރާހާ ކަމެއް އާބާދީގައި ބައި މިލިޔަން ނޫޅޭ ދިވެހި ރާއްޖޭން ކުރަން އުޅުމަކީ ވެރިމީހާ ބޮލަށް ފިތިފައި ހުރިވަރު ރަމްޒު ކޮށްދޭ ކަމެކެވެ. 

ދުނިޔޭގައި އަންޑަވޯޓަރ ޓަނަލްތައް އަޅާފައި ހުރީ ސަމާސާ ގައުމު ތަކަކު ނޫނެވެ. 2023 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައިވެސް އަންޑަރވޯޓަރ ޓަނަލެއް ހުޅުވާފައި އެބަ އޮތެވެ. އިންޑިއާގައި އޮތް އެއްޗަކަށް އެއްޗެއް ރާއްޖޭގައިވެސް އޮންނަންވާނެއެވެ. އިނޑިއާގައި އޮތް އަންޑަރ ވޯޓަރ ޓެނަލްގެ ދިގުމިނަކީ 10.8 ކިލޯ މީޓަރެވެ. އެޓެނަލް ބިނާ ކުރުމަށްވެސް 120 ކްރޯޑް އިންޑިއާ ރުޕީސް ހަރަދުވިއެވެ. 

މުންބާއީ ޓަނަލް

ދުނިޔޭގައި އަޅާފައިވާ ގިނަ ޓަނަލްތައް އަޅާފައިވަނީ ކޯރުތަކުގައެވެ. ކަނޑު ހުރަސްކޮށް އަޅާފައިވަނީ ނިސްބަތުން މަދު ޓަނަލެކެވެ. ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ މަޝްހޫރު ޓަލަކީ ޔޫރަޕް ބައްރާއި އިނގިރޭސި ވިލާތް ގުޅާލާ ޗެނަލް ޓަނަލްއެވެ. ކަނޑު އަޑިން ޗެނަލް ޓަނަލް އަޅާފައިވަނީ އިންގްލިޝް ޗެނަލް ހުރަސް ކޮށެވެ. ޗެނަލް ޓަނަލްގެ ދިގުމިނުގައި 50.46 ކިލޯ މީޓަރ ހުރެއެވެ. 1988ގައި ފެށި މަސައްކތް ނިންމުނީ 1994ގައެވެ. ޗެނަލް ޓަނަލަށް 21.8 ބިލިޔަން ޕައުންޑާ އެއްވަރު އަދަދެއް ހަރަދުވެފައިވެއެވެ. ދިވެހި ރުފިޔާގެ ނިސްބަތުން އެއީ 421.4 ބިލިއަން ރުފިޔާއެވެ.

ޗެނަލް ޓަނަލް

ދުނިޔޭގެ އެންމެ ދިގު ޓަނަލް އޮތީ ޖަޕާނުގައެވެ. ޓެކްނޮލޮޖީއާއި ހުނަރާއި މަސައްކަތުގެ ގޮތުން އެންމެ ކުރިއަރާފައިވާ ޖަޕާނުގައި 53.85 ކިލޯ މީޓަރުގެ ޓަނަލެއް ބިނާކުރަން 7 ބިލިޔަން އެމެރިކާ ޑޮލަރު 1988 ވަނަ އަހަރު ހޭދަކުރިއެވެ. އިގިރޭސި ވިލާތާއި މުޅި ޔޫރަޕްހެން ގުޅިގެން ބިނާކުރި ޗެނަލް ޓަނަލަށް 421 ބިލިއަނަށް ވުރެ ބޮޑު ހޭދައެއް ހިގާފައިވާއިރު ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެޜޭ މާ ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން 100 ބިލިއަން ރުފިޔާއަށް ވުރެ އެންމެ ސެންޓެއްވެސް އަގު ހެވެއް ނުވާނެއެވެ. ޓެކްނޮލޮޖީއެއް ފަންނީ ހުނަރެއް ވަސީލަތެއް މޭންޕަވަރއެއް ނެތް ރާއްޖެ ކަހަލަ ގައުމަކަށް ފުން ކަނޑުގައި 14 ކިލޯ މީޓަރުގެ ޓަނަލެއް އަޅަން މި ޒަމާނުގައި 7 ބިލިޔަން ޑޮލަރ ހަރަދުނުކޮށް ސަލާމަތް ވިއްޔާ މުޅި ހުވަދޫ ކަނޑުގައި ބޯފޮޅި އަޅާނަމެވެ.