ތޮއްޑޫގައި ސްޓެލްކޯގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް

ތޮއްޑޫގައި ސްޓެލްކޯގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް

ފުޅާދާއިރާއެއްގައި ބޮޑު ބަދަލުތަކަކާއެކު އާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއްގެ މަސައްކަތްތަށް ބާރު ދުވެލީގައި އއ.ތޮއްޑޫގައި ސްޓެލްކޯއިން ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.ސްޓްރެޓެޖިކް ހަތަރު ތަނެއްގައި ސަބްސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓްގެ އަމާޒަކީ ތޮއްޑޫގައި އެތައް އަހަރެއް ވަންދެން ކުރިމަތިވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް  ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

ގުދުރަތީ ރީތިކަމާއި ކުރިއަރަމުން އަންނަ ދަޑުވެރިކަމަށް މަޝްހޫރު، ހަރުދަނާ މުޖުތަމައުއެއް  ދިރިއުޅެމުންގެދާ ތޮއްޑޫއަކީ ޒަމާނުއްސުރެ ކަރަންޓުގެ ސަޕްލައި އާއި ވޯލްޓޭޖް ޑްރޮޕްވުމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ބަޔަކު ދިރިއުޅެމުންދާތަނެކެވެ. މި ގޮންޖެހުންތަކުގެ ސަބަބުން ރަށުގެ ކުރިއެރުމަށް ހުރަސްއެޅި، ވިޔަފާރިތަކަށާއި ރަށްވެހިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ނަމަވެސް ސްޓެލްކޯގެ ދުރުރާސްތާ ޕްލޭންތަކުގެ ދަށުން، އާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ފެށުމުން ޒަމާނުއްސުރެ ދިމާވެފައިވާ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމައް ސްޓެލްކޯ ހާމަކުރެއެވެ.

ރަށުގެ އެކި ކަންކޮޅުތަކުން ހޮވާލެވިފައިވާ ހަތަރު ތަނެއްގައި ސަބްސްޓޭޝަން ހަރުކުރުމަކީ މި މަޝްރޫޢުގެ ވަރަށް މުހިންމު ކަމެކެވެ. މި ސަބްސްޓޭޝަންތައް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، ތޮއްޑޫގައި ކަރަންޓު ދައުރުވާ މިންވަރު ހަރުދަނާގޮތެއްގައި މެނޭޖްކޮށް ރެގިއުލޭޓް ކުރާނެއެވެ.