ސްޓެލްކޯއަށް އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ލިބިއްޖެ

ބޯ ހޯލް ތޮރުފުމުގެ ގާބިލްކަން ވެސް ސްޓެލްކޯގައި އެބަހުރި

ސްޓެލްކޯއަށް އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ލިބިއްޖެ

ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފެއްދި ކުންފުނި ސްޓެލްކޯ ކުރިއަރައިގޮސް މިހާރު ވަނީ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައެވެ. ފެނާ ނަރުދަމާގެ ހިދުމަތަކީ ސްޓެލްކޯ އަށް އާ ދެ ހިދުމަތެވެ.

ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެއެވެ. ފެނާ ނަރުދަމަގެ ހިދުމަތް އެންމެ ޒަމާނީ ފެންވަރުގައި ދެވޭވަރުގެ ގާބިލު މުވައްޒަފުންތަކެއް ސްޓެލްކޯގައި އުފެއްދިފައި އެބަތިއްބެވެ.

އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންވެއެވެ. ބޯ ހޯލް ތޮރުފުމުގެ ގާބިލްކަން ވެސް ސްޓެލްކޯގައި އެބަހުއްޓެވެ. އެ ޔަގީންކަން ރައްޔިތުންނަށް ދެއްވަނީ ސްޓެލްކޯގެ ކުޅަދާނަ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

ޝަރީފް އެޔަގީންކަން ދެއްވީ ސްޓެލްކޯއަށް 26 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.