ހެޔޮވެރިކަން: ފެނަކައިން މުއައްޒަފުން ތަމްރީނު ކުރަން ފެށުން

ތަމްރީނުތައް ކުރިއަށް ދާނީ ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން

ހެޔޮވެރިކަން: ފެނަކައިން މުއައްޒަފުން ތަމްރީނު ކުރަން ފެށުން

މިފްކޯގެ 14 އައިސް ޕްލާންޓެއް ހިންގާ ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. އައިސް ޕްލާންޓްތައް ހިންގާ ބެލެހެއްޓުމަށް ބެނުންވާ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށައިފިއެވެ. ތަމްރީނުތައް ކުރިއަށް ދާނީ ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.

މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓަކީ:

  • ހއ. އިހަވަންދޫ
  • ނ. ޅޮހި
  • ރ. އަލިފުށި
  • ބ. ތުޅާދޫ
  • ފ. ނިލަންދޫ
  • ތ. ހިރިލަންދޫ
  • ގއ. ދާންދޫ
  • ގއ. ދެއްވަދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮލަމާފުށި
  • ގދ. ފިޔޯރީ
  • ގދ. ފަރެސްމާތޮޑާ
  • އައްޑޫސިޓީ ހިތަދޫ އައިސް ޕްލާންޓެވެ.

އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީންކުރުމަށްޓަކާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ފެނަކަ ގުޅިގެން ހިންގަނީ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. ކޯހުގައި 32 މުވައްޒަފުން ބައިވެރިވެއެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމެވެ.
ކޮންމެ އައިސް ޕްލާންޓަކަށް މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވޭ މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.