2025 ނިމި ތިންމަސް! ގެދޮރުވެރިކަން ކަށަވަރު ކޮށްދިނީ ކާކަށް!
2025 ވަނަ އަހަރުގެ މޭމަސް ނިމިނިމި އޮއްވާ ރައްޔިތުންނަށް ވަރަށް ބޮޑު ޔަގީންކަމެއް ރައީސް މުއިއްޒު ދެއްވިއެވެ. ރައީސް ދެއްވި ޔަގީން ކަމަކީ އުމުރުން 18 އަހަރު ފުރިފައިވާ ގެދޮރު ނެތް އެންމެންނަށް 2025 ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ.
2025 ވަނައަހަރު ނިމި 2026 ގެ ފުރަތަމަ 3 މަސް ވެސް ނިމެންދަނީއެވެ. ގެދޮރުނެތް 18 އަހަރު ފުރިފައިވާ އެކަކަށްވެސް މުއިއްޒު ސަރުކާރުން ކަށަވަރުކޮށް ދެވުނު ގެދޮރުވެރިކަމެއް އަދި ނެތެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރު ނިމޭއިރުވެސް އެއްޔަކީ ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.
ރައީސް މުއިއްޒަށް އެ އުޅުއްވެނީ ކުރީގެ ރައީސް ސޯލިހު ސަރުކާރުން 4000 ހާސް އާއިލާއަކަށް ކަށަވަރު ކޮށްދީފައިވާ ފްލެޓްކޮޅު ހަވާލު ނުކުރެއްވިގެންނެވެ. މާލޭ ރަށްވެހިންނަށް އޭރު ދެއްވި 9004 ގޯތި ހަވާލު ނުކުރެއްވިގެންނެވެ.
ރާއްޖޭގައި 18 އަހަރު ފުރެފައި ތިބި ގެދޮރުނެތް އެންމެނަށް އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދީ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ކޮންފަދަ ޖާދޫއަކުން އެކަން ކުރައްވަން ބާވައެވެ، ހަމަގައިމުވެސް ސްކީމެއް އިއުލާނުކޮށްފައި ގޯއްޗާއި ފުލެޓަށް އެދުމަށް އިއުލާނު ކުރިއަކަސް އެއްޔަކީ ގެދޮރުވެރިކަން ކަށަވަރުކޮށް ދެވުމެއް ނޫނެވެ.
ސްކީމެއް އިއުލާނުކޮށްގެން ގެދޮރު ދޭން އުޅުމަށްވުރެ 18 އަހަރު ފުރިފައި ތިބި ގެދޮރު ނެތް އެންމެން ދިވެހިރާއްޖޭގެ ރައްޔިތުކަމުން ވަކިކޮށްލިނަމަ އެހެން ކަމެއްނުކޮށް އެ މުއްދަތަށް އެކަން ނިމުނީހެވެ. 18 އަހަރު ފުރިފައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ގައިމު ވެސް އޭރުން އޮތީހީ ގެދޮރުވެރިކަން ކަށަވަރު ވެފައެވެ. 18 އަހަރު ފުރިފައި ގެދޮރުނެތް އެންމެނަށް 2025 ނިމުމުގެ ކުރީން ޖާދޫގެ ބޭހަކުން ވިޔަސް ސަހަރާއިން ބިންކޮޅެއް ކަށަވަރު ކޮށްދިން ނަވެސް މުއިއްޒުގެ ވައުދު ފުއްދުނީސްތާއެވެ.
އަންތަރީސް ވާވަރަށް ފުލުފުލުގައި ދޮގު ނުހެއްޖަސް މުއިއްޒަށް ވެރިކަން ކުރެއްވޭނެއެވެ. ދޮގުމައްޗަށް ދޮގުހަދަމުން ދަނީ ކޮންކަމެއް ނުވެގެން ހެއްޔެވެ. ނުފުއްދޭ ވައުދުވެ ހަދަނީ ހުސް ދޮގުކަން ތުއްތުކުދިންނަށް ވެސް އެނގޭ ވަރުވީމާ ކައްޒާބޭ ވެސް މީހުން ކިޔާނެއެވެ.




