ހީރަސް ރެސިޕީ: ކަށިކެޔޮ މިލްކްޝޭކް

ހީރަސް ރެސިޕީ: ކަށިކެޔޮ މިލްކްޝޭކް

ހީރަސް ރެސިޕީ މިއަދަށް ހާއްސަކޮށްލާނީ ކަށިކެޔޮ މިލްކްޝޭކްއަށެވެ. ކަށިކެޔޮ މިލްކްޝޭކަކީ ހޫނުގަދަ ދުވަހެއްގެ ރޯދަ ވީއްލުމަށް އެއްވަނައިގެ ބުއިމެކެވެ. ރެސިޕީއިން ތައްޔާރު ކުރެވޭނީ 2 ތަށްޓެވެ. 

ބޭނުންވާ ތަކެތި:

2 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކަށިކެޔޮ

½ 1 ޖޯޑު ފިނިކޮށްފައިހުރި ފެން

½ 1 ޖޯޑު ވެނީލާ އައިސްކްރީމް

1/3 ޖޯޑު ދިޔާ ކިރު

2 ސައިސަމުސާ ހަކުރު

ހަދާނެގޮތް:

  • ކަށިކޭލާއި ފެން މިކްސަރަށް އެޅުމަށްފަހު މިކްސަރު ޖައްސައިގެން އެތަކެތިން އޮމާން ޕޭސްޓް ގަނޑެއް ހަދާށެވެ.
  • ޖަގެއް ނޫނީ އެކަހަލަ އެހެން އެއްޗެއްގެ ތެރެއަށް އެ ޕޭސްޓް ގަނޑު ފުރާނާލާށެވެ.
  • ރަނގަޅަށް ފުރާނާ ނިމުމުން ފުރޭނީގައި ހަރުލާފައިހުރި ބާކީ ބައި އުކާލާށެވެ.
  • ދިޔާ ކިރާއި، އައިސްކްރީމާއި، ހަކުރާއި، ފުރޭނި ކަށިކެޔޮ ފަނިކޮޅު މިކްސަރަށް އަޅާފައި މިކްސަރު ޖައްސައިގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ.
  • ތަށިތަށްޓަށް އަޅާށެވެ. ބޭނުމިއްޔާ އިތުރު އައިސްކްރީމް ސްކޫޕެއް ކޮންމެ ތަށްޓަކަށް ވައްޓާލެވިދާނެއެވެ.