ހީރަސް ރެސިޕީ: ފަޅޮލު ދޮންހުނި ރިހަ

ހީރަސް ރެސިޕީ: ފަޅޮލު ދޮންހުނި ރިހަ

ފަޅޮލުގެ ދޮންހުނި ރިހައަކީ ވެސް އަގަޔަށް މީރު ހަޖަމް ރަގަޅުކޮށްދޭ ޒާތުގެ ރިހައެކެވެ. ހީރަސް ރެސިޕީގައި މިއަދު މިގެނެސް ދެނީ ފަޅޮލު ދޮންހުނި ރިހައެވެ. އަޅެ އަޖުމަ ބަލައިލާށެވެ. 

ބޭނުންވާ ތަކެތި
1 ކިލޯ ރިއްސެޔޮލީ ފަޅޯ ރިހަޔަށް ކޮށާ ވަރަށް ކޮށާފައި
2 ކާށީގެ ހުނި
2 މޭޒުމަތީ ސަމުސާ ދިރި
1 ގިތެޔޮމިރުސް ކޮށާފައިި
4 ލޮނުމިދު
5 ރޯ މިރުސް ދޮން ރީނދޫ ތޮޅި މިރުސް
3 ހިކަނދިފަތް
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
3 ފިޔާ ކޮށާފައި
3 ޖޯޑު ކާށިބޯކިރު
4 ޖޯޑު ފެންކިރު
1 ފިޔާ ކޮށާފައި ހުރި ( މީރުކުރަން)
1 ިކަނދިފަތް ( މީރުކުރަން)
1 ލޮނުމެދު ގާނާފައި ( މީރުކުރަން)
1 ސައި ސަމުސާ ބައި މުގުރި ފޮނިތޮށިކާފޫރުތޮޅި
10 ރާނބާފަތްކޮޅު ބައި އިންޗިއަށް ބުރި ކޮށްފައި ހުރި( މީރުކުރަން )
2 ލުނބޯ ގެހުތް
1 ޗިކަން ކިއުބް
ކުލަހިފާ ވަރަށް ރީނދޫ
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް
  • ހުނި، ފިޔާ، ރީނދޫ، ދިރި، ގިތެޔޮ، މިރުސް، ލޮނުމެދު، އަސޭމިރުސް، ލޮނު އެއްކޮށް މޮޑެފައި ގްރައިންޑަރުން ހިމުންކޮށް ފުނޑާލާށެވެ.
  • ތެއްޔަކަށް ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ މީރުކުރަން ހުރިބައި އަޅާލާފައި ފަޅޯކޮޅާ އެއްކޮށް ލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
  • ހަނާވާން ފެށުމުން މުގުރި ފޮނިތޮށި ކާފޫރު ތޮޅި އެއްކޮށްލާށެވެ.
  • ފެންކިރު ވެސް އެއްކޮށްލާށެވެ.
  • މަތިޖަހާފައި މަޑުގިނީގައި ބަހައްޓައިގެން ދޭތެރޭ ދޭތެރެއިން ދޭފަތުން ހަލަމުންދާށެވެ.
  • ދެބައިކުޅަ އެއްބަޔަށް ރޯފިލުމުން ހަވާދުގިރާފައި އެއްކޮށްލާށެވެ .
  • ޗިކަން ކިއުބް ފުނޑުވާފައި އެއްކޮށްލާށެވެ.
  • ރަނގަޅަށް ރޯފިލުމުން ބޯކިރު އެއްކޮށްފައި އަދި ލުނބޯހުތް އެއްކޮށްފައި ކެކިގަތުމުން އުނދުން މަތިން ބާލާށެވެ.
މިނޫން ގޮތްގޮތަށް ވެސް މި ރިހަ ތައްޔާރުކުރެއެވެ