އެޖެއްސީ ކޮންމެގަބުރެއް ވަކިކޮށް ކުރިން އޮތްތާވަޅުލާ މަހާނަހަދަން!

އެޖެއްސީ ކޮންމެގަބުރެއް ވަކިކޮށް ކުރިން އޮތްތާވަޅުލާ މަހާނަހަދަން!

އަޑިއްސުރެ ކޮނެ ފުރާނައިގެން އިހުތިރާމާއެކު މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށްފަހު ގަބުރުސްތާނު އޮތް ބިން އިޖުތިމާއީ ބޭނުމުގައި ބޭނުންކުރުން 2017 އިން ފެށިގެން އިހަށް ދުވަހާ ޖެހެންދެން ހުއްދަކަމަށް ފަތުވާ މަޖިލީހުން އޮތީ ފަތުވާ ދީފައެވެ. އޭގެ ދަށުން ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި މައްޗަންގޮޅީ ސަހަރާގައި ފިލްމު ދައްކާ ތާސްކުޅެ ރާޒުވާ ކުޅެން މައިޒާން ހެދުމަކީ އެވަރުގެ ދީނީކަމެއް ނެތްވަރުގެ ދީނީ ކަމެކެވެ.

މާލޭ ސަހަރާތަކުގައި ޒާތްޒާތުގެ ސަބް ސްޓޭޝަންތަކާއި ޕަންޕް ސްޓޭޝަން ހަދާ ޕާކިންގ ޒޯނު ހެދުމަކީވެސް އޭރުއްސުރެ ހަލާލު ހުއްދަ ކަންކަމެވެ. އެފަތުވާގެ ދަށުން ހެންވޭރު ސަހަރާއާއި މައްޗަށްގޮޅީ ސަހަރާއާއި މާފަންނު ސަހަރާއިން ބައެއް ނަގައިގެން ޕާކިންޒޯނު ހަދާފައިވެއެވެ. މައްޗަށްގޮޅީ ސަހަރާގައި މައިޒާނެއް ހަދާ ބޭނުންކުރިއެވެ. 

މުއިއްޒުގެ މޭޔަރކަމުގައި މާފަންނު ސަހަރާ އެއްކޮށް ހުސްކޮށް ޕާކިންގ ބިލްޑިންގއަޅާ ޒާތްޒާތުގެ ސަބްސްޓޭޝަން އެޅުމަކީވެސް ހަމައެންމެ ރަނގަޅުކަމެއް ކަމަށް ފަތުވާ މަޖިލީހުން ފަތުވާ ވަނީ ދީފައެވެ. އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިޖުތިމާއީ ބޭނުމަށް ހުސްކޮށް ބޭނުންކުރުން އޭރު ދީނީ ގޮތުން ނިކަން ހުއްދައެވެ. އޭގެ ދަށުން މުޅި މާފަންނު ސަހަރާއިން ހުރިއްޔާ ހުރި މިނިކައްޓެއް ނަގާ ސާފުކުރަންދެން ތިބެފާ ކުއްލިޔަކަށް ފަތުވާއަކުން އެކަން ހަރާންކުރާ ފަތުވާ މަޖިލީހުގެ މުނާފިގުކަމާއެވެ. 

މޭޔަރ އާދަމް އާޒިމު އިސްވެހުންނަވާ މާފަންނު ސަަހަރާ ހުސްކޮށް އެތާ ޕާކިން ޒޯނާއެކު މައިޒާނެއް ބިނާކުރުން ނުދިންނަވާ ވަރުގެ ފާފައަކަށް ފަތުވާ މަޖިލީހަށް މިހާރު ވެއްޖެއެވެ. ބަހަނާއަކީ ކުޅިވަރު ކުޅޭ ކޯޓުތަކެއް އެ މައިޒާނުގައި ހެދުމެވެ. ސިޔާސީ ފިކުރަށް ބަދަލުވާ ދީނީ ފަތުވާއަކީ އިސްލާމްދީނާ މީހުން ދުރުކުރުވާ ދެފުށްކެހެރި ފަތުވާއެވެ. އިންދިރާސް ވެފައިވާ ގަބުރުސްތާނުތައް ހުސްކޮށް އެތަންތަނަކީ ދިރުންހުރި ތަންތަނަށް ހެދުން ހުއްޓުވަން ފަތުވާ މަޖިލީހުން މިހާރު ނެރެފައި އެވަނީ ވަށައިގެން ހުރި ކަންކަމަށް ބެލުމެއްނެތި ނެރެފައިވާ ސިޔާސީ ފަތުވާއެވެ.

ކުރިންވެސް ރިޔާސަތުގައި މުހައްމަދު ރަޝީދު އިބްރާހީމް އިނދެގެން ފަތުވާ މަޖިލީހުގެ އިއްތިފާގުން ނެރުނު ފަތުވާ ނެރުނު ފަހުން ގަބުރުސްތާނާބެހޭ އައު ހުކުމެއް އިސްލާމް ދީނުގައި އުފަނެއް ނުވެއެވެ. އެހެނެއްކަމަކު އިންދިރާސް ވެފައިވާ ގަބުރުސްތާނުތައް ހުސްކޮށްގެން އެ ބިމުގައި ހަށިހެޔޮކަމަށް ބޭނުން ކުރެވޭ ކޯޓްތަކާއި ކަސްރަތުކުރަން ތަންތަން ހާއްސަ ކުރުން ދީނުގައި ހުއްދަނުވާ ކަމަށް ބުނަން މިހާރުވެސް ފަތުވާ މަޖިލީހުގެ ރިޔާސަތުގައި އެއިނީ ގަސްކަރަ ޝޭހެވެ. 

މިހާރު މިވީގޮތުން މާލެ ސީޓީ ކައުންސިލަށް އެޖެހުނީ ވަކިވަކިން ހުރިހާ ގަބުރެއްގެ ކަށިވަކިކޮށް އެގަބުރެއް އޮތްތާކު އެގަބުރެއް ބާއްވާ މަހާނަ ހަދާ ގައު ޖަހާށެވެ. ދީނީ ތާކިހާއަޅައިގެން ތިބެ ދީނުގެ ނަމުގައި ހުއްޖަތް ދައްކާ ހިތުހުރި ގޮތަކަށް ފަތުވާނެރޭނީ ހާދަ ޖާހިލު ވީމައެވެ.