ޝާހުރުކް ހާން ޖެއިލަރ 2 އިން ފެނިދާނެ

ޝާހުރުކް ހާން ޖެއިލަރ 2 އިން  ފެނިދާނެ

ރަޖްނީކާންތު ލީޑް ރޯލުން ފެންނަ "ޖެއިލަރ 2" ގައި ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން ކެމިއޯ ރޯލަކުން ފެނިދާނެކަމަށް ބުނެ ފިލްމީ ދާއިރާގައި އަޑުތައް އެބަފެތުރެއެވެ.

މި ވާހަކަ ބޮޑަށް ދެކެވެން ފެށީ މަޝްހޫރު އެކްޓަރު މޯހަންލާލްގެ ސްޓައިލިސްޓް، ޖިޝާދު ޝަމްސުއްދީން ސޯޝަލް މީޑިއާގައި ހިއްސާކުރި އޭއައި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯއިން ރަޖްނީކާންތު އާއި ޝާހްރުކް ހާން އާއި މޯހަންލާލް އަދި ޝިވަ ރާޖްކުމާރު، އެކުގައި ފެންނަ އިރު، އޭނާ ވަނީ "ކަންޑިއްޕާ އިރުކުމް" (ޔަގީނުން ވެސް އޮންނާނެ) މިހެން ލިޔެފައެވެ.

ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި ރަޖްނީކާންތު ފެންނާނީ ކުރީގެ ފިލްމެކޭ އެއްފަދައިން "ޓައިގަރ މުތުވެލް ޕާންޑިއަން" ގެ ރޯލުންނެވެ. މި ސީކުއަލްގައި މިތުން ޗަކްރަބޯޓީ އާއި ވިދްޔާ ބާލަން ފަދަ ތަރިން ފެންނާނެ ކަމަށް ބެލެވޭ އިރު، އެސް.ޖޭ ސޫރިޔާ ފެންނާނީ ވިލަންގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، ޝާހްރުކް ޚާން މި ފިލްމުން ފެންނާނެކަން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ މި ފިލްމުގެ ޝޫޓިންގްގައި މި އަހަރުގެ މި މަހުގެ ތެރޭގައި ހަފްތާއެއްހާ ދުވަހު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.