ޔުނީފޯމް ރީއްޗަސް ހަރާބު ނަފްސުތަކެއް
ހުވަޔާއި ހިލާފުވެ މަގާމުގެ ސައްހަކަން ގެއްލިފައިވާ ވެރިންގެ ދައުލަތް
ދިވެއްސަކަށް އެންމެ ފަސޭހައިން ބުނެވޭނީ ގައުމީސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ އަސްލުތަކާއި ސިފަތަކަށް ނަޒަރު ކުރާއިރު ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނަން އޮތް ފުރުސަތު އަދި ހާލަތު އުވި ނިމިއްޖެއެވެ. ވެދާނެ ކަމުގެ ވާހަކައަކީ މިއަދު މާޒީއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެނިހެން ތަހުޒީބު ޑެމޮކްރަސީ ތަކެކޭ އެއްފަދައިން ތިންބާރު ވަކިވެފައިވާ ގައުމެއް ކަމުގައި ދިވެހިރާއްޖޭގެ ދުސްތޫރު ބުނެއެވެ. ތިންބާރު އެއްވި ހިސާބުން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާ ވީއެވެ.
ދިވެހިންނަކީ ވަކި ހަމަތަކެއް ބަލައިގެންފައިވާ ގައުމެކެވެ. ދިވެހި އަސާސްތަކެއް ވެއެވެ. ދިވެހި އުސޫލު ތަކެއް ވެއެވެ. ދިވެހީންނީ އިސްލާމް ދީނުގެ އަހުލުވެރިންނެވެ. ދިވެހީންގެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ވެއެވެ. އަމިއްލައަށް ބަލަހައްޓަމުންދާ އިގުތިސާދަކާއި އަމިއްލައަށް ގޮތް ނިންމާ، ބަސްބުނުމުގެ ހައްގުއޮތް ގައުމެކެވެ. ދިވެހީންނަކީ ތާރީހެއް އޮތް އަމިއްލަ ސަގާފަތަކާއި އާދަކާދަ ތަކެއް ދަމަހައްޓަމުން އައި ބަޔެކެވެ.
ދައުލަތުގެ ތިން ބާރަށް ދިވެހީން ކުރަނީ އުންމީދެކެވެ. ގާނޫނު އަސާސީގައި ވާ ފަދައިން އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ކަމުގެ އުންމީދެވެ. ސަރުކާރެއް އޮތަސް ނެތަސް ދައުލަތް އޮންނަން ޖެހެއެވެ.
މަގާމުތަކުގައި ތިބޭ މީހުން އެއީ މަޖިލިސް ރައީސް ކަމުގައި ވިއަސް، އުއްތަމަށް ފަނޑިޔާރު ކަމުގައި ވިއަސް އަދި ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވިއަސް އެންމެ ފަހުން ޖަވާބުދާރީ ވާން ޖެހޭނެ ފަރާތަކީ ރައްޔިތުންނެވެ. ގައުމުގެ މަސްލަހަތު ދެމެހެެއްޓުން ވަނީ ރައްޔިތުންނަށް ޓަކާ ކަމުގައި ވާތީއެވެ. އެއީ ދިވެހި ދުސްތޫރު ތަރުތީބު ވެފައިވާ ގޮތެވެ.
ރަސްމާލޭގެ ވާހަކަ ދެއްކުމެއް ނެތެވެ. ރަސްމާލެކިޔާ ތަނެއް އެއީ އަލައްބާރުގެ ތަނެއް ނޫނެވެ. މުއިއްޒުގެ ތަނެއްވެސް ނޫނެވެ. ދިވެހީންގެ ތަނެކެވެ.
ރަސްމާލޭ ތަރައްގީކޮށް ދިވެހީންނަށް ފާގަތި ގޮތްތަކެއް ލިބެން ދިވެހީން ބޭނުން ނޫނީކީ ނޫނެވެ. މާޒީގެ ފިލާވަޅު ތަކާއި ގުޅުވާލުމެކެވެ. އެންމެ ފުރަތަމަ ފޯޅަވައްސެވެ. އެއަށްފަހު މަލިކެވެ. އަނެއްކޮޅުން ފޯޅަވަހި ކަނޑުން ބައެކެވެ. އުތުރު ތިލަފަޅަށް ވެސް ދިވެހި ސިފައިންނަށް އެރޭ ކަމަކަށްނުވެއެވެ.
ދާދި މިދާކަށް ދުވަހު ފާޅުވީ ރަސްމާލެއެވެ. އަރަބި ޖުއްބާ ތުރުކުރައްވާ ޔަހޫދީންނާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. އައްޔަސް އަނދިރިއަސް ވަރިހަމައެއް ނޫނެވެ. ޔަހޫދީން އެހެން ގައުމެއްގެ ޕާސްޕޯޓުގައި ވިއަސް ދިވެހީންގެ ވަޒަނަށް ވަންނާކަށް ބޭނުމެއް ނޫނެވެ.
ކަންހިނގަނީ ރަގަޅަށް ނޫންކަން ރައީސުލް ޖުމްހޫރިއްޔާއަށް އެނގެއެވެ. މިނިސްޓަރުންނަށް އެނގެއެވެ. މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މުވައްޒަފުންނަށް އެނގެއެވެ. ސިފައިންނާއި ފުލުހުންނަށް އެނގެއެވެ.
އަލައްޖައްބާރާއި ގުޅޭ ވާހަކައެއް ސޯޝަލް މީޑިއާގައި ލިޔުނު ކުދިބަޔަކު ޔޫއޭއީއަށް އެރުން މަނާކުރި ވާހަކައިން ގައުމީ މަސްލަހަތު ގެއްލުނީއެވެ. ގައުމީ މަސްލަހަތު ނެތްތަނެއްގައި ގައުމީ ސަލާމަތެއް ނެތެވެ.
ދިވެހި އަސްކަރިއްޔާއަށް މިއަދު ބޭނުންވަނީ ހަތިޔާރެއް ނޫނެވެ. ފުލުހުންނަށް ބޭނުންވަނީ ބިޑި އާއި މުގުރެއް ނޫނެވެ. ފައުންޑޭޝަން ކޮޅަކާއި ތުންމެޓާ ކޮޅެކެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަންނާން އޮތް ޖީލުތަކަށް ފޯރު ކޮށްދިނުމުގެ ޒިންމާ ބޮލު އަޅާ ހެއްދެވި ފަރާތް ގަންދީ ހުވާ ކޮށްގެން ތިބި އެންމެން ހުވަޔާއި ހިލާފު ވީއެވެ.
ޔަހޫދީން ވަޒަންވެރި ކުރުމަށް އާނ! ބަސް ބުނީއެވެ. ޔުނީފޯމުތައް ރީއްޗެވެ. ނަމަވެސް ޔުނީފޯމުގެ އެތެރޭގައިވާ ނަފުސުގެ އަގެއް ނެތެވެ. ދިވެހިރާއްޖޭގެ ސަލާމަތަށް މިހާރު ނުރައްކާ ވެއްޖެއެވެ.




