ފައިސާ ބަލިކޮށް ރައްޔިތުންގެ ބާރު ކަށަވަރުކޮށްފި

ފައިސާ ބަލިކޮށް ރައްޔިތުންގެ ބާރު ކަށަވަރުކޮށްފި

އަހަރެމެންގެ ތެރެއިން އެއްވެސް މީހަކާ ހަމައަށް ތިބާ ވާސިލުވުމަށް ތިބާ ވާންޖެހެނީ އަހަރެމެންގެ ތެރެއިންވާ އަހަރެމެންގެ މީހަކަށެވެ. ނިއުޔޯކް ސިޓީގެ މޭޔަރކަން ތަފާތު ބޮޑު ކާމިޔާބަކުން ކާމިޔާބުކުރުމަށް ފަހު ޒޮހްރާން މަމްދާނީ ރައީސް ޓްރަމްޕަށް ދިން މެސެޖު ސާފުވެފާ ތޫނެވެ. 

ނިއުޔޯކް ސިޓީގެ މޭޔަރކަން ޒޮހްރާން މަމްދާނީ ކާމިޔާބުކޮށްފިނަމަ ގާނޫނު ލާޒިމްކުރާ އެންމެ މަދު މިންވަރު ނޫން ވަރެއް ފެޑަރަލް ފަންޑްތަކުން ނުދެއްވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމަކުން މަމްދާނީގެ މަގުބޫލު ކަމަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ފެޑެރަލް ފަންޑުތައް ހިފެހެއްޓުމު ބިރުދެއްކުމުން މަމްދާނީގެ ސަޕޯޓަރުންނަށް ކަހެރުވަކެކޭވެސް ހީނުވިއެވެ. 

ރައްޔިތުންގެ ބާރުގެ މައްޗަށް ގަދަނުވެވޭނެކަން އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރ އިންތިހާބުގައި އެ ރައްޔިތުން އެވަނީ ސާބިތުކޮށް ދީފައެވެ. މުޅި ދުނިޔޭގައި ނަން ހިނގާ ބޮޑެތި މަހުޖަނުން އެންމެ ގިނަ ސިޓީގައި އެ އެލީޓުންނާ ދެކޮޅަށް ތަފާތު ބޮޑުކޮށް މަމްދާނީ މޭޔަރކަން ކާމިޔާބު ކުރުމަކީ މުއްސަދިންގެ މައްޗަށް ފަގީރުން ގަދަވަމުން އަންނަ ކަމުގެ ދަލީލެކެވެ. 

ރަތްލާޖެހި ރިޕަބްލިކަން ރައީސް ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ އެލީޓް ލީޑަރުންނާއި ފާޅުގައި ބައިއަތު ހިފައިގެން މަމްދާނީ ބަލިކޮށްލުމަށް ނުކުރާ އެއްކަމެއް ނެތެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން ބަލިވި މިހާރުގެ މޭޔަރ ކުއޮމޯއަށް ތާއީދުކޮށް މަމްދާނީއާއި ދެކޮޅަށް ހިންގި ކެންޕޭނަކީ ސިޔާސީ ވާދަވެރިކަމަކަށްވުރެ މުއްސަދިންނާއި ފަގީރުންނާ ދެމެދު ހިގި ވާދައެކެވެ. 

މަމްދާނީއަށް ޑިމޮކްރެޓިކް ޕާޓީ ޕްރައިމަރީގައި ބޮޑު ކާމިޔާބެއް ލިބުމަކީ ސިޔާސީ ދާއިރާގައި ބޮޑު ހިލާފެއް އުފެދުނު މައްސަލައަކެއވެ. ބޯހިޔާވަހިކަން އަތްފޯރާފަށުގައި ހުރުމާއި މުއްސަނދިން މުއްސަދިކުރާ ޓެކްސް އިތުރުނުކުރުމުގެ ސިޔާސަތަށް ޒުވާނުންނާއި ޕްރޮގްރެސިވް ވޯޓަރުން މަމްދާނީ އަތުގައި ހިފިހިފުން ވެގެން ދިޔައީ މަމްދާނީއަކީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރަށް ވުމުގެ ސަބަބަށެވެ.

މަމްދާނީގެ ޕޮޕިއުލިސްޓް ސޯޝަލިސްޓް ވިސްނުންތަކަށް "ކޮމިއުނިސްޓް" ގެ ނަން ދީގެން އެލީޓް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ފަރާތްތަކުން ފާޑުކިޔަމުން ދިޔައެވެ. ރައީސް ޓްރަމްޕް މަމްދާނީއަށް ނިސްބަތްކޮށް "ކޮމިއުނިސްޓް މަޖުނޫނު" ގެ ގޮތުގައި ސިފަކުރިއެވެ. އެހެނެއް ކަމަކު ފައިސާއާއި ބާރާއި ދެކޮޅަށް ދުނިޔޭގެ އެންމެ މުއްސަދި އެއް ސިޓީގެ މޭޔަރ ކަމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިހާބުވުމަކީ ޝައިތާނީ ސިނކުޑިތަކަށް ހަލަލެއް އަންނާނެކަމެކެވެ. "އަހަރެމެން 58 ދުވަހުގެ ތެރޭގައި ސިޓީ ހޯލަށް ވަންނައިރު، އުންމީދުތައް މައްޗެވެ. އަހަރެމެން އެ އުންމީދުތައް ފުއްދާނަމެވެ." ކާމިޔާބީގެ ތަގުރީރުގައި ޒޮހްރާން މަމްދާނީ ބުންޏެވެ.