ސްޕޭސްއެކްސްގެ ވީމިނީ އުދުއްސާލަނީ
ކުރީގެ ވާޝަންތަކަށް ވުރެ ގިނަ ބްރޯޑްބޭންޑް ކެޕޭސިޓީ ލިބޭ ސެޓެލައިޓްތަކެއް
"ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓެއް ފެލްކަންގެ 9 ރޮކެޓެއްގައި ފްލޮރިޑާ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަންއިން އުދުއްސާލަން ޝެޑިއުލްކޮށްފިއެވެ. ސްޕޭސް އެކްސްގެ ސްޕޭސް ލޯންޗް ކޮމްޕްލެކްސް 40 އިން ރޮކެޓްތައް އުދުއްސާލަނީ ހެނދުނު 10.30ގައެވެ. ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓް ތަކަކީ ސްޕޭސްއެކްސްގެ އައު ސްޓާލިންކްއެކެވެ.
ރޮކެޓް ފޮނުވާލާތާ ގާތްގަނޑަކަށް 8 މިނެޓާއި 26 ސިކުންތު ފަހުން ފުރަތަމަ ޖައްސަން މަސައްކަތް ކުރާނީ އެޓްލާންޓިކް ކަނޑުގައި އޮތް އޮޓޮނޮމިކް ސްޕޭސްއެކްސް ޑްރޯންޝިޕް( އޭ ޝޯޓްފޯލް އޮފް ގްރެވިޓާސް)އަށެވެ.
ސްޕޭސްއެކްސްގެ ވީ2 މިނީ ސްޓާލިންކް ސެޓެލައިޓްތަކަކީ ކުރީގެ އިޓަރޭޝަންތަކަށް ވުރެ ވަރުގަދަކޮށް ފަރުމާކޮށްފައިވާ ސެޓެލައިޓްތަކެވެ. މި ސެޓަލައިޓް ތަކަކީ ކުރީގެ ވާޝަންތަކަށް ވުރެ ގިނަ ބްރޯޑްބޭންޑް ކެޕޭސިޓީއެއް ލިބޭނެ ސެޓެލައިޓްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ހޯލް ތުރަސްޓާސް ވެސް އެކުލެވިގެންވާ، ފުރަތަމަ ވޭޝަންގެ ސްޓާލިންކް ސެޓެލައިޓްތަކެކެވެ. މިއީ ކުރީ ސެޓެލައިޓްތަކާއި އަޅާބަލާއިރު ދެގުނައަށް ވުރެ ގިނަ ތުރަސްޓް ލިބޭ އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމްތަކެއް ކަމަށް ސްޕޭސްއެކްސް އިން ބުނެއެވެ.
ސްޕޭސްއެކްސްގެ 4،000 އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް މިހާރު ދުނިޔޭގެ އޯބިޓްގައި ހުރި ނަމަވެސް އެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރުމުގެ ޕްލޭންތައް ވަނީ ރާވާފައެވެ. ސްޓާލިންކްގެ އިތުރު 12،000 ކްރާފްޓް ލޯންޗު ކުރުމަށް ރެގިއުލޭޓަރީ އެ ޕްރޫވަލް އެ ކުންފުންޏަށް ލިބިފައިވެއެވެ. ނަމަވެސް އިތުރު 30،000 ކްރާފްޓް އިތުރު ކުރުމުގެ ހުއްދަ ހޯދަމުން އެބަދެއެވެ.
މި ސެޓެލައިޓްތަކުގެ އެހީގައި ދުނިޔޭގެ ދުރު ނުވަތަ ޚިދުމަތް ނުލިބޭ ތަންތަނަށް ބްރޯޑްބޭންޑް އިންޓަނެޓް ގެނައުމަށް އެހީތެރިވެދޭނެ އެވެ. ކަންމިހެން އޮތް އިރު މިހާ ގިނަ ސެޓެލައިޓްތަކުގެ ސަބަބުން ޖައްވަށް ލިބޭނެ ގެއްލުންތަކެއް ވެސް ހުންނާނެ އެވެ.