އެގްރިމަންޓް ކޮށްފައިވާ ފްލެޓްއަތުލެވޭނީ ކޯޓުން: އަލީ ހުސައިން

އެގްރިމަންޓް ކޮށްފައިވާ ފްލެޓްއަތުލެވޭނީ ކޯޓުން: އަލީ ހުސައިން

ގެދޮރުވެރި ސްކީމްގެ ދަށުން 4000 ފަރާތަކަށް ކުރީ ސަރުކާރުން ވަނީ ފްލެޓްދީ ނިންމާފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ކަނޑައުޅުނު އުސޫލާއެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޑިއު ޕްރޮސެސްއެއް ނިންމާ ގާނޫނީ އެއްބަސްވުން ރައީސް ސޯލިހު ވެރިކަމުގައިވަނީ ނިންމަފައެވެ.

ދެފަރަތެއްގެ ދެމެދުގައި އެގްރިމަންޓްތައް ހަދާ ސޮއިކުރެވޭ އެއްބަސްވުން ކޯޓުން ބާތިލު ނުކުރުވާހާ ހިނދަކު އެގްރިމެންޓް ކޮށްފައިވާ އެއް ފަރާތަކުން ފްލެޓްގެ ހައްގު ނިގުޅައެއް ނުގަނެވޭނެއެވެ. އެގްރިމެންޓްކޮށްފައިވާ ފަރާތަކުން ފްލެޓް އަތުލުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބޭނީ ނިހާއީ ކޯޓް ހުކުމެއް އޮވެގެންނެވެ. 

އޭސީސީގެ ލަފައަކުންވެސް އެގްރީމެންޓްކޮށްފައިވާ އެއްވެސް ފަރާތެއްގެ ފްލެޓް ނުދީ ހިފެހެއްޓޭނެ ހަމައެއް ނެތްކަމަށް އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވިތާ ދަމެއްހާއިރު ނުވަނީސް ސަރުކާރުން ހަތިޔާރު ބަހައްޓާ އަމާން ދޭކަމުގެ ކުލަވަރު ފެނުނީތީ ޝުކުރުވެރިވަމެވެ. އިތުރު ދާއިމީ ލިސްޓެއް ނުނެރި ކުރީގެ ދާއިމީ ލިސްޓުގައި ހިމަނާފައި ހުރި ފަރާތްތަކުގެތެރެއިން "ޝަރުތު ހަމަނުވާ" ކަމަށް މި ސަރުކާރުން ދެކޭ މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދޭން ސަރުކާރުން ނިންމުމަކީވެސް ވަރަށް ބޮޑުވަރެކެވެ. 

އެންމެ ރަނަގޅެވެ. "ޝަރުތު ހަމަނުވާ" ކަމަށް މި ސަރުކާރުން ދެކޭ މީހުން ޝަރުތު ހަމަނުވާކަން ކަނޑައެޅުމަށްޓަކައި އެމީހުން ގޮވައިގެން އަވަހަށް ޝަރީއަތަށް ދާށެވެ. ޝަރީއަތަށް ގޮސްގެން އިންތިހާ ހުކުމެއް ނެރޭށެވެ. ޢޭގެފަހުން ޝަރީއަތަށް ސާބިތުވާ ގޮތަކަށް ކަންކުރާށެވެ. ސަރުކާރުން ބޭނުންވާ ބަޔަކަށް ދިނުމަށްޓަކާ ފްލެޓް ލިބުމުގެ ހައްގުން ބަޔަކު މަރުހޫމު ނުކުރާށެވެ. 

ހައިދަރަށާއި މުއްޕޮލިބާއި މުއިއްޒަށް ކުރިންވެސް ތިޔަގޮތް އޮތެވެ. ޕީއެންސީ މަޖިލިސް މެންބަރުން ލޮއްސުމަށް ފްލެޓްތައް ބަހާލުމުގެ ވިސްނުން ހުރިލެއް ބޮޑުކަމުން އެކަން ނުކޮށް ދިގުދަންމާ އޮޅުވާލީއެވެ. އޭސީސީއޭ ފްލެޓް ކޮމެޓީއޭ ޝަރުޓޭ ކީ އެހެން ކަމެއް ވެގެންނެވެ. ފުރަތަމަވެސް "ޝަރުތު ހަމަނުވާ" ކަމަށް މި ސަރުކާރުން ދެކޭ މީހުން ގޮވައިގެން ޝަރީއަތަށް ގޮސް ހައްލު ހޯދިނަމަ ތިޔަކަން މިހާރު އޮންނާނީ ނިމިފައެވެ.