ބެންޗު ކުޑަކުރާ ބިލް ތަސްދީގު ނުކުރަން ކުރީގެ އޭޖީއަކު ގޮވާލައްވައިފި!

ބެންޗު ކުޑަކުރާ ބިލް ތަސްދީގު ނުކުރަން ކުރީގެ އޭޖީއަކު ގޮވާލައްވައިފި!

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ބިލްތަސްދީގު ނުކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބެއް ކަމުގައިވާ އަލްއުސްތާޒު އަބްދުއްލާ މުއިއްޒު ރައީސުލްޖުމްހޫރިއްޔައަށް ދަންނަވައިފިއެވެ. ރައީސް މުއިއްޒާއި ރައީސް އޮފީސް ޓެގް ކުރައްވާ އަލްއުސްތާޒު އަބްދުއްލާ މުއިއްޒު އެކްސްގައި ޕޯސްޓެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހާއިގުޅޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި ސްޕްރީމް ކޯޓުގެ ބެންޗް 5 ފަނޑިޔާރުންނަށް ކުޑަކުރަން މަޖިލީހުން ފާސްކުރުމުން ކަމަށް ބެލެވެއެވެ.

އުސްތާޒް އަބްދުއްލާ މުއިއްޒު ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވަނީ " ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް މަޖިލީހުގެ މެންބަރަކު އަމިއްލަ ހައިސިއްޔަތުން ހުށަހަޅައި ފާސްކުޅަ ބިލުގަައި ގިނަ ދުސްތޫރީ އަދި ޤާނޫނީ މައްސަލަތަކެއް ހުރީތީ އެބިލު ތަސްދީގު ނުކުރައްވައި މަޖިލީހުން އަލުން ވިސްނުމަށް އަނބުރާ ފޮނުވައިލެއްވުމަށް ދަންނަވަން" ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް މަޖިލީހުން ފާސްކުޅަ ބިލުގަައި ގިނަ ދުސްތޫރީ އަދި ގާނޫނީ މައްސަލަތަކެއް ހުރިކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުއްލާ މުއިއްޒު ފާހަގަ ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް މަޖިލީހުން ފާސްކުޅަ ބިލަކީޖިލީހުގެ މެންބަރަކު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުމުން ފާސްކޮށްފައިވާ ގާނޫނަކަށް ވާތީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ވަރަށް ނުބަލާ ދުސްތޫރީ އަދި ގާނޫނީ ފުށުއެރުންތަކާއެކު އަވަސް އަރުވާލައިގެން ފާސްކޮށްފައިވާ ބިލެއްކަން އުސްތާޒް އަބްދުއްލާ މުއިއްޒު ރައީސް މުއިއްޒަށް ކުރައްވާފައިވާ އެކްސް ޕޯސްޓް އިން ދޭހަވެއެވެ. 

ގާނޫނީ މާހިރުންގެ ކަންބޮޑުވެ ވަޑައިގަތުންތަކަށް ރައީސް މުއިއްޒު އިސްކަންދެއްވާ މިންވަރެއް މިފަހަރު އެނގިދާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.