ވާދަވެރިން ނައްތާލުމުގެ ސިލްސިލާ | ޝާހިދު ފްރޭމްކުރުން

މުއިއްޒުގެ ޖިންސީގޯނާ މައްސަލަ ތޮޅިއަށް

ވާދަވެރިން ނައްތާލުމުގެ ސިލްސިލާ | ޝާހިދު ފްރޭމްކުރުން

ސިޔާސީ ބޭނުމަށް މީހަކު ފްރޭމްކޮށް ހައްޔަރުކުރުމަކީ އިންސާފެއް ނޫނެވެ. ގައުމީ  ހިދުމަތުގައި ޒިންމާދާރު އެތައް މަގާމެއް މުޅި އުމުރުގައި އަދާކުރައްވާފައި ބޭފުޅަކު މީހަކުކޮށްލާ  ރިޕޯޓަކަށް ހިފާ ހައްޔަރުކުރުމަކީ ސިޔާސީ ފްރޭމް ކުރުމެއް ނޫންކަމެއް ނޫނެވެ. 

އެއްބަހެވެ. އެއްވެސް މީހަކީ ކުށުން ބަރީއަވެފައިވާ ހުސްތޯހިރު މީހެއްނޫނެވެ. އެކަމަކު މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވަނީސް އެ މީހަކީ ކުއްވެރިއަކަށް ނުވާ މައުސޫމު މީހެއްކަމަށް ގާނޫނު އަސާސީ ބުނެެއެވެ. 

ހުތުރު ތުހުމަތެއްގައި މީހަކު ހިފާ ހައްޔަރުކޮށް ކުށް ސާބިތު ނުވެގެން މީހުން ދޫކޮށްލަންޖެހިފައި ހުރީވެސް މަދެއް ސުމަރެއްކޮށް ނޫނެވެ. ކުށް ސާބިތު ނުވެގެން ދޫކޮށްލާއިރު އެ މީހެއްގެ އިއްޒަތުއްނަފްސް އޮންނަނީ އިޔާދަ ނކުރެވޭ ވަރަށް ހަރާބުވެ ވެއްޔާ މޮޑެވިފައެވެ.

ހާއްސަކޮށް ގައުމީ އަގުހުރި ހިދުމަތްތެރިންނާއި ސިޔާސީ މީހުންނާއި އެހެނިހެން ޕަބްލިކް ފިގަރސްއަށް އަނބުރާ މުޖުތަމައަށް ނިކުމެ ނޫޅެވޭ ވަރަށް އަބުރު އޮންނަނީ ކަތިވެފައެވެ. ބައެއްގެ މަކަރާ ހީލަތުން ދިރިހުއްޓަސް ކިތަންމެ ބަޔަކު މިހާރުވެސް މަރާލާފައި އެބަތިއްބެވެ.

ރާއްޖޭގައި 18 އަހަރު ނުފުރޭ އެތައް ކުދިންނެއް ކުށުގެ ވެށީގައި ފުޅާ ދާއިރާއެއްގަެއި ހަރަކާތްތެރި ވާކަމީ ވެސް ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. މީހަކު ފުރޭމް ކުރުމަށްޓަކާ މުޖުރިމުން ފައިސާ ދީގެން ކުޑަކުދިން ބޭނުން ކުރުންވެސް ވަނީ އާއްމުވެފައެވެ.

މީހެއްގެ ހަޔާތުގައި އުޅުމާއި ގުޅުންތައް ބަހައްޓާ ގޮތަކީ މީހަކު ކުށަކަށް އަރައިގަތުމުގެ ނިޔަތް އޮތްކަން ދެނެގަތުމަށް ބެލޭކަމެކެވެ. އެގޮތުން އޮނަރަބަލް ޝާހިދުގެ ހަޔާތްޕުޅުގައި ޖިންސީ ގޯނައެއް ފުރައްސާރައެއް ކުރެއްވިކަން ރެކޯޑްކުރެވިފައެއް ނުވެއެވެ. 

އޮނަރަބަލް ޝާހިދަކީ އާރާއި ބާރާއި ފައިސާގެ ގޮތުން ބޭނުންފުޅުކަމެއް ކުރެއްވޭވަރުގެ މަދު ދިވެހިންކުރެ އެކެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރާވަރަށް ބުއްދިފިލާ ވަރުގެ ބޭފުޅަކަށް ވެދާނެ ބޭފިޅެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. 

އޮނަރަބަލް ޝާހިދަކީ އެތައް ޒަމާނެއް ވަންދެން ވަޒިރުކަމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމާއި މަޖިލީހުގެ ރައީސްކަން ކުރައްވާ އދގެ ޖެނެރަލް އެސެމްބްލިގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަނެއްކޮޅުން ގައުމުންދެވޭ އެންމެ މަތީ  އިއްޒަތުގެ ދަރަޖައެއް ލިބި ވަޑައިގެންފައިވާ ބޭފުޅެކެ. 

ގައުމީ ހިދުމަތުގެ ދިގު ތާރިހުގައި ދަށްފެންވަރުގެ އަމަލެއް ހިންގެވިކަން ޔޯލަކޮށްލާފައިވެސް ބުނާތީ އަޑު އިވުނު ބޭފުޅެއް ނޫނެވެ.  އަނެއްކޮޅުން ޝާހިދު އެ ގެންދަވަނީ އެމްޑީޕީީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކެންޕޭނު ކުރައްވަމުންނެވެ.

ޝާހިދަށް ކޮށްގެން އުޅޭ ތުހުމަތާއި ތުހުމަތު ކުރެވުނު ދަނޑިވަޅާއި ހައްޔަރު ކުފުމުގައި އަވަސް އަރުވާލި ވަރުން ޝާހިދުގެ މައްޗަށް ކުރެވިގެން އުޅެނީ ސިޔާސިގޮތުން ފްރޭމެއްކަމަށް ބެލެވެއެވެ. ރިޔާސީ ރޭހަށް ނުނިކުންނެވޭ ވަރަށް އަބުރު ކަތިލާލީއެވެ.

ގާނޫނު ތަންފީޒުކުރާ ބާރުތަކުން ފަހަކަށް އައިސް އަމަލުކުރާގޮތުން ޝާހިދު ކުރެވިގެން އުޅެނީ ސިޔާސީ ފުރޭމެއްކަމަށް މާބޮޑަށް ވެސް ގަބޫލު ކުރެވެނީއެވެ.

ރައީސް މުއިއްޒުގެ މައްޗަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ދިޔަގޮތުން އެކަނިވެސް ޝާހިދު ހައްޔަރުކުރި ކުރުމަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ހިންގާ ފުރޭމްކޮށް އަބުރުކަތިލުމުގެ ބައެއްކަމަށް ވުންގާތެވެ.