މަތީ ތައުލީމުދޭ މުއައްޒަފުންގެ ހާސްކަން ފިލުވާދީފި!
767 މުވައްޒަފުންގެ މުސާރައަށް އަހަރަކު 62 މިލިއަން ރުފިޔާ ހަރަދު ކުރާނެ
މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރަ މިހިނގާ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެވަނީ ބޮޑުކޮށް ދެއްވާފައެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން އެވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ހެޔޮ ބަދަލެއް ގެނެސްދީފައެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ނަތީޖާއެވެ. ރަނގަޅު ޒިންމާދާރު މީހުން އުފެއްދުމަށްޓަކައި ފުރަތަަމަ އެޅޭ ބިންގަލަކީ މީހުން ބިނާކުރާ މީހުނަށް އެކަމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތް ހަދާދިނުމެވެ. ދެކޮޅު ނުޖެހުމާއި ހާސްކަން ނެތް ބަޔަކަށް އެމީހުން ހެދުމެވެ. ސްކޫލް ދާއިރާ އާއި މަތީ ތައުލިމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައަށް ހެޔޮ ބަދަލު ގެންނަން ނިންމީ އެހެންވެގެންނެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެން މުސާރަ ލިބެނީ ރައީސް ސާލިހު ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި އެކުގައެވެ.
ގެނެވުނު ހެޔޮ ބަދަލު 767 މުވައްޒަފަކަށް އަންނާނެއެވެ. މިކަމަށްޓަކާ އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 62 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މުސާރައިގެ ކުރިއެރުން ހަމަޖެހިގެން ގޮސްފައިމިވަނީ އޯވަރޓައިމް ނުލައެވެ.
| ޔުނިވަރސިޓީ | ލިބެމުން އައި މުސާރަ | މުސާރައަށް އައި ހެޔޮބަދަލު |
| ސީނިއަރ ލެކްޗަރަރ | 20830.00ރ | 34000.00ރ |
| ލެކްޗަރަރ | 18880.00ރ | 29900.00ރ |
| އެސިސްޓެންޓް ޕްރޮފެސަރ | 23500.00ރ | 39000.00ރ |
| އެސޯސިއޭޓް ޕްރޮފެސަރ | 26000.00ރ | 45000.00ރ |
| ޑީން | 30000.00ރ | 38000.00ރ |
| ރަޖިސްޓަރަރ | 32000.00ރ | 42000.00ރ |
| ޑެޕިޔުޓީ ވައިސް ޗާންސެލަރ | 39000.00ރ | 48000.00ރ |
| ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލްސް | ||
| އެސޯސިއޭޓް ލެކްޗަރަރ | 14700.00ރ | 26000.00ރ |
| ލެކްޗަރަރ | 17000.00ރ | 29000.00ރ |
| ސީނިއަރ ލެކްޗަރަރ | 17000.00ރ | 34000.00ރ |

