މުއިއްޒު ކެންޑިޑޓާއި ޕީއެންސީ ކެންޑިޑޭޓްގެ މުޑިއެރުން
ޕީއެންސީގައި ގިނައީ ޔާމީނުގެ ކެންޑީޑޭޓުން؟؟
ޕީއެންސީއަކީ ވެރިކަމަށް އައި އިރު 3000 ހަމަނުވާ ކަރުދާސް ޕާޓީއެކެވެ. ރައީސް ޔާމީނު އަތްޕުޅުން ޕީޕީއެމް ދޫވެދާނެ ކަމުގެ ބިރަށް ހެދި ބެކަޕް ޕާޓީއެކެވެ. ޕީޕީއެމް ލީޑަރޝިޕުން މަދު ބަޔަކު ހިމެނޭހެން ނަމެއްގައި އޮތް ޕާޓީއެކެވެ.
ޕީޕީއެމްޕީއެންސީގެ ސެނެޓަކީ އެއް ސެނެޓެކެވެ. ޕީއެންސީއަށް ސިޔާސީ އެއްވެސް ބާރުވެރިކަމެއް ޕީޕީއެމާއި ނުލާ ލިބިގެނެއް ނުވެއެވެ. ރަށްރަށުގައި އެ ފިކުރުގެ ހުސްވެސް ތިބީ ޕީޕީއެމް މީހުންނެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނެވެ. އޮންނަނީ ޕީޕީއެމްގެ ސްޓެއަރިންގ ކޮމެޓީއެވެ. އެ މީހުން ޕީއެންސީއެއް ނުދަނެއެވެ.
ރައީސް ޔާމީނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން މިނިކާ ބާޒުތަކުގެ ވަކިތަކުގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން ސަލާމަތް ކުރެއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ހުންގާނު ދޫކޮށްލެއްވީ އަުރޭގެ އަތް މައްޗަށެވެ. ވެރިކަމެއް ކުރެވޭވަރުގެ ގާބިލު ކަމެއް ނެތް ވަފާތެރި ގަބުޅި ކަތީބަކަށް ވީތީއެވެ. ރައީސް ޔާމީނަށް ދޯކާ ނުދޭނެ ކަމަށް ދެކިވަޑައިގެންނެވެ.
އާހިރުގައި މުއިއްޒާ ބައިވެރިވެގެން ޕްރޮގްރެސިވް ކޯލިޝަން އަދުރޭ ފޭރިގަތީ މިނިކާ ބާޒެއް ފިޔޮއް ކުކުޅެއްގެ ބަނޑުދަށުން ފިޔޮއް ޖަހައިގަންނަހެނެވެ. ކަންވީގޮތް އެންމެނަށް ވެސް ފެންނާނެއެވެ.
ރައީސް ޔާމީނަށް ދޯކާދީ އެ މަނިކުފާނުގެ ނަންފުޅު ބޭނުން ކޮށްގެން މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއެކު ސިޔާސީ މަސްރަހުން އެ ބިޔަ ބޮޑު ޕީޕީއެމްގެ ވާގި ނައްތާލީއެވެ. ރާއްޖޭގެ ރިޔާސަތުގައި ޕީޕީއެމަކަށް ޖާގައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމުން ވާދަ ކުރުން މަނަލެވެ. ޕީޕީއެމަށް އޮތީ މެންބަރުންގެ އަދަދުން ޕާޓީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ޕީއެންސީ ހިންގަން ދިނުމާއި ޕީއެންސީ ބާރުވެރި ކުރަން ވޯޓު ދިނުމެވެ.
ޕީޕީއެމްގައި ގިނައީ ރައީސް ޔާމީނަށް ވަފާތެރި މެންބަރުން ކަމުން ޕީޕީއެމްގެ ތާއީދާއެކު މަޖިލީހަށް ވާދަކުރަން ޓިކެޓް ލިބޭނީ ރާއީސް ޔާމީނުގެ ވަފާތެރިންނަށް ކަމަށް ބަލާ ޕްރައިމަރީން ޕީއެންސީ ޓިކެޓް ލިބޭ ކޮންމެ މީހަކީ މުއިއްޒުގެ މީހަކަށް ނުވާނެ ކަމަށް މުއިއްޒު ދުއްޓެވެ. އެހެން ކަމުން ޕީއެންސީއަށް މީހުން ވައްދާލީ ތިޔަ ހެންނަކުން ނޫނެވެ.
މޫނެއް ކަނދުރާއެއް ނުބަލާ މީހުން ވައްދާ ޕީއެންސީ ޕްރައިމަރީގައި 70 ހާހަށް ވުރެ ގިނަ މީހުން ވޯޓްލެއްވިވެ. ސައްހަ ނޫން ވޯޓަރސް ލިސްޓަކަށް ވޯޓުލައްވައިގެން ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި ބަޔަކު ކާމިޔާބުކޮށްފިއެވެ. ޕްރައިމަރީ ކާމިޔާބު ކުރެވުނަސް ގިނަ މީހުނަށް އެކަމުގައި އުފަލެއް ނެތެވެ.
ޕްރައިމަރީ ކާމިޔާބު ކުރި ގިނަ މީހުންނަކީ ރައީސް ޔާމީނު މީހުން ކަމުގެ ތުހުމަތުތައް ފެށި ގިނަ ދާއިރާތަކަށް މުއިއްޒު މީހުންގެ ނަމުގައި މީހުން ނިކުމެ ކެންޕޭން ފެށިއެވެ. މަޖާ ކަމަކީ ސަރުކާރު ކެންޑިޑޭޓް ކަމަށް އެއް ދާއިރާއަކުން އެތައް ބަޔަކު ދައުވާ ކުރުމެވެ. ޕާޓީ ކެންޑިޑޭޓާއި އަދުރޭ ކެންޑިޑޭޓާއި ސާޖިދާ ކެންޑިޑޭޓާއި މުއިއްޒު ކެންޑިޑޭޓް ތިބެއެވެ.
ދެރަކަމަކީ ކުރިއްސުރެ ޕާޓީ ފިކުރުގައި ގާތުން ހަރަދުކޮށް ބުރަ މަސައްކަތްކޮށް ބޮޑު ސަޕޯޓު ބޭސް ހިފަހައްޓާ ދެމެހެއްޓީ ގިނަ މީހުންނަށް ފަތަފޮޅިދަށުލާ ފަތްގަނޑަށް ވާވަރުވެސް މުއިއްޒު ވިޔަ ނުދިނީމައެވެ. ދާއިރާގެ މީހުން ދުވަހަކު ލޮލުން ނުދެކޭ މީހުން ދާއިރާތަކަށް ފާކޮށްގެން ޓިކެޓް ދީގެންނާއި ޓިކެޓް ނުދީ ސަރުކާރު ކެންޑިޑޭޓްގެ ގޮތުގައިނެރެ ދާއިރާ ތަކުގެ ރައްޔިތުންގެ އެތައް ބަޔަކު ރޮއްވާލާ އެއޮތް ބޮޑު ޕީޕީއެމް ވުޖޫދުން ފުހެލަނީއެވެ.