ރައީސް ސޯލިހަށް ޑރ. ޖަމީލުގެ ތައުރީފް

މާދުރުގައި އޮތް ފަޅެއް ހިއްކުމަކީ ހިލޭ ވާކަމެއް ނޫން - ފުށިދިއްގަރުފަޅު ހިއްކުމަކީ ބޮޑު ކޮރަޕްޝަނެއް: ޖަމީލް

ރައީސް ސޯލިހަށް ޑރ. ޖަމީލުގެ ތައުރީފް

ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ޑރ. ޖަމީލު ތައުރީފް ކުރައްވައިފިއެވެ. ރައީސް މައުމޫނު ފެއްޓެވި މަސައްކަތް ރައީސް ނަޝީދު އިތުރަށް ކުރިއަށް ގެންދެވި ކަމަށް ޖަމީލު ވިދާޅުވިއެވެ. " ރައީސް އިބޫ ވެސް މިވަނީ ބޯހިޔާވަހިކަމަށް ބުރަ މަސައްކަތް ކުރައްވާފަައި" ޖަމީލު ވިދާޅުވިއެވެ.

ރައީސް ސޯލިހު (އިބޫ) ބޯހިޔާވަހިކަމަށް ކުރައްވާފައިވާ ބުރަ މަސައްކަތްކަމަށް ޑރ. ޖަމީލު ސިފަ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަލާއި އުތުރު ތިލަފަޅު ހިއްކާ އެސަރަހައްދުން ގޯއްޗާއި ފްލެޓް ދެއްވުން ރައީސް ސޯލިހު ކުރެއްވި ބުރަމަސައްކަތްޕުޅަށެވެ. ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން ކަމަށް ޖަމީލު ވިދާޅުވިއެވެ. 

މިމޭރުމުން ޑރ. ޖަމީލު ވާހަކަފުޅު ދެއްކެވީ ރައީސް މުއިއްޒުގެ ރަސްމާލެ ޕްރޮޖެކްޓަށް ފާޑުވިދާޅުވެ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލު ވިދާޅުވީ ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތްކޮށްދެއްވި ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ރައީސުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒަށް ފާޑުވިދާޅުވެ އެކްސްގައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލޭ ވީކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީނުގެ ދިފާއީ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވީ މާލޭގެ އަގު ބޮޑު ބިންދިނުމަށް ފަހު އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލު ކުރައްވަމުންނެވެ.

ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން ކަމަށް ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ "ރައީސް މުއިއްޒުގެ ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވޭ" އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ " ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއް" ކަމަށް ޖަމީލު ވިދާޅުވިއެވެ. އެކަމަކީ ހުޅުމާލޭގެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއް ކަމަށް ޖަމީލު ތުހުމަތުކުރެއްވިއެވެ. 

ޑރ. ޖަމީލު ވިދާޅުވަނީ ފުށިދިއްގަރުފަޅު ހިއްކުމުގައި ގޮތް ނޭގޭ އެތަކެއް ކަމެއް ހިމެނޭކަމަށެވެ. ރަސްމާލެ މަޝްރޫއަކީ ދެކޮޅުނުޖެހޭ މަޝްރޫއެއް ކަމަށާއި ރަސްމާލެއަކީ ގުޅާލެވޭނެ ގޮތެއް ނެތް ތަނެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.