120 ބިލިއަން ހަރަދުކޮށްފި- ތިޔަ ރަށަށްވީ ކޮން ކަމެއް: ޝާހިދު

120 ބިލިއަން ހަރަދުކޮށްފި- ތިޔަ ރަށަށްވީ ކޮން ކަމެއް: ޝާހިދު

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މުއިއްޒު ސަރުކާރުން މިހާތަނަށް ސަތޭކަ ވިހި ބިލިއަން ހަރަދު ކޮށްފިއެވެ. އެހާ ބޮޑު ހޭދައެއް ބަޖެޓުން ކުރިއިރު ކޮންމެ މީހަކުވެސް އެމީހަކު ނިސްބަތްވާ ރަށަށް އެބަޖެޓުން ވީކޮންކަމެއްތޯ ވިސްނާލައްވާށެވެ. 

އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވަނީ އެވާހަކައެވެ. އެހާ ބޮޑު ހޭދައެއް ބަޖެޓުން ކުރިއިރު ރަށްރަށަށް ވީ ކަމެއްވެސް އޮންނަންވާނެ ތާއެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާގޮތުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގައެވެ. ހުރިހާ ރަށެއްގައި ތަރައްގީވަނީ ހުއްޓިފައެވެ. 

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުގެ ބޮތުގައި 120 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއަހަރުގެ ބަޖެޓަކީ 64 ބިލިއަނެވެ. ބިލިޔަނުން ރާއްޖެއަށް ލިބޭ އާމްދަނީއަކީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. 

އޮނަރަބަލް ޝާހިދު ވިދާޅުވަނީ 120 ބިލިޔަނުގެ ބަޖެޓުން ރަށްރަށުގެ ރައްޔިތުންނަށް ވީކަމެއް ހަރާމުން ހަރާންކަމަށެވެ. އެއް ކަމެއްވެސް ނުވާކަމަށެވެ. 

ޝާހިދު ވިދާޅުވަނީ އަސާސީ ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށެވެ. "ބޭހެއް ލިބެނީކީ ނޫން، އަސާސީ އެއްވެސް ކަމެއް ފުރިހަމައަށް ހިނގަނީކީ ނޫން" ޝާހިދު ވިދާޅުވިއެވެ. އެ ދަރަޖައަށް ގައުމުގެ ކަންކަން ދިޔުމުން ސަރުކާރަކަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނަން ޖެހެއެވެ،