ބޭރުގެ މަހުޖަނުން ރައްވެހިކުރުވަން ފެންނަ ނުފެންނަ ވޯޓެއް ނަގާ: އަލީ ހުސައިން

ޒަޔަނިސްޓުންގެ އުނގަށް ނުވެއްޓި ތަރައްގީ ވެވޭނެ

ބޭރުގެ މަހުޖަނުން ރައްވެހިކުރުވަން ފެންނަ ނުފެންނަ ވޯޓެއް ނަގާ: އަލީ ހުސައިން

ބޭރުމީހުން ގެނެސް ރާއްޖޭގައި ވަޒަންވެރި ކުރުވާ އާބާދުކުރަން ޖެހޭނީ ދިވެހި ރައްޔިރުންގެ ފެންނަނުފެންނަ ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއެވެ. 

ޒަޔަނިސްޓުންގެ އުނގަށް ނުވެއްޓިވެސް ގައުމު ތަރައްގީ ކުތެވޭނެކަމަށް ވިދާޅުވަމުން އަލީ ހުސަެިން ވިދާޅުވަނީ. ދިވެހިރާއްޖެއަކީ ފޮތިފޮތިކޮށް ކަނޑާވިއްކަން އޮތް ރައީސްމުއިއްޒުގެ ތަރިކަ މުދަލެއްނޫން ކަމަށެވެ. 

ރަސްމާލެއިން 500 ހެކްޓަރ ބިން އީގަލް ހިލްސްއަށް ދީގެން ރާއްޖޭގައި ތަރައްގީކުރަން އުޅެނީ ޒަޔަނިސްޓުންގެ ސޭފް ސިޓީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަޝްރޫއާ ދެކޮޅަށް އިސްވެ އަޑު އުފުއްލަވާ އެއްބޭފުޅަކީ އަޅީ ހުސައިންއެވެ.

ރަސްމާލެއިން ބަނގުރަލާއި އޫރުމަސް ނުލިބޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ  ގައުމުގެ ވެރިކަން ޒަޔަނިސްޓުންގެ އަތަށް ފުރޮޅާލުމަށްޓަކައި ދައްކާ ހޮޅިވަާހަކަ ކަމަށް އަލީ ހުސައިން ވިދާޅުވެއެވެ. 

މިއަދު ފަލަސްތީނުގެ މީހުންނަށް އެ ބިމުގެ މައްޗަށް ބާރެއް ނުފޯރުވޭ ގޮތަށް ރަސްމާލެ-އީގަލް ހިލްސް ޑިލާ ގުޅިގެން އެދުވަހުން ރަސްމާލޭގެ ބިން އަދި މުޅިދިވެހިރާއްޖޭގެ ކޮންޓްރޯލު ޒަޔަނިސްޓުން ނަގާނެ ކަމަށް އަލީ ހުސައިން ވިދާޅުވެއެވެ.

އެހެންކަމުން ނ.އަތޮޅުގައި ހިންގަން ނިންމާފައިވާ ބޭރުމީހުން ވަޒަންވެރިކުރުވާ ޓައުންޝިޕް ޕްރޮޖެކްޓާއި ރަސްމާލޭގައި އަލައްބާރު ހިންގަންއުޅޭ މެގަ ޕްރޮޖެކްޓު ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ރައްޔިތުންގެ ރުހުން އޮތް ނެތް ސާފުކުރުން އަވަސްކުރުމަށް އަލީ ހުސައިން ގޮވާލަައްވައެވެ.