ޖިމިން އާއި ޝޫގާ ކޭޕޮޕް ގްރޫޕްގެ ރީޔޫނިއަން 2025 ގައި

2025 ގައި ގްރޫޕްގެ ހުރިހާ މެމްބަރުން އެކުގައި ތިބޭނެ

ޖިމިން އާއި ޝޫގާ ކޭޕޮޕް ގްރޫޕްގެ ރީޔޫނިއަން 2025 ގައި

ޝުގާގެ ޑްރިންކިން ޗެޓް ޝޯ ‘ސުޗްވިޓާ’ ގައި އެންމެ ފަހުން ފެނިގެން ދިޔައީ ބީޓީއެސްގެ ޖިމިން އެވެ. ޖިމިން އަކީ ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު އަދި ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ގުޅުނު އެ ގްރޫޕްގެ ފުރަތަމަ މެމްބަރެވެ.

މިޝޯގަ ވާހަކަދެކުވުނީ 2025 ވަނަ އަހަރު ޝުގާ އާއި ޖިމިން، މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސް އެނބުރި އައުމުގެ ފުރުސަތު އޮތް ވާހަކައެވެ. ޝުގާ ވަނީ ޖިމިންއަށް މަރުހަބާ ކިޔައި، އަދި ޖިނިމް އޭނާގެ ޑްރިންކިން ޗެޓް ޝޯ ގަވާއިދުން ބަލާ ކަމަށް ފާހަގަކޮށް މީގެ ކުރިން އޭނާގެ ވީވަރސް ލައިވް ސެޝަންގައި އޭނާއަށް ތައުރީފު ކުރި ކަމަށްވެސް ފާހަގަކުރިއެވެ.  ޔޫޓިއުބް އަދި ވީވަރސް އިން ލިބެން ހުރި 36 މިނެޓުގެ ދިގު ވީޑިއޯގައި ޖިމީން އާއި ޝުގާ ކެރިއަރުގެ ވާހަކަ ދައްކާތަން ފެނިފައިވާއިރު، 2025 ވަނަ އަހަރު އެ ގްރޫޕް އެނބުރި އައުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހައިރާން ކުރުވަނިވި ގޮތަކަށް ހާމަކޮށްފައިވެ އެވެ.

ރީޔޫނިއަންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖިމިން ބުނީ 2025 ވަނަ އަހަރަށް އިންތިޒާރު ކުރަމުން އަންނަ ކަމަށާއި އެ އަހަރަށް ގްރޫޕްގެ ހުރިހާ މެމްބަރުން އެކުގައި ތިބޭނެ ކަމަށެވެ. ޝުގާ ވެސް ހަމަ އެކަން ކަށަވަރުކޮށްދީ، އެމިހުންގެ ސިންގަލްތަކާއި އަލްބަމްތައް ނެރުމަށް ފަހު އެކުގައި އުޅޭނެ ކަންޔަގިން ކޮއްދީފައިވޭއެވެ.

ޝޯ ނިމުނުއިރު ސުގާ ޖިމިން ގާތު ބީޓީއެސްގެ މާނައަކީ ކޮބައިތޯ އަހާލުމުން 'އާއިލާ' ކަމަށް ބުންޏެވެ.