އިންޑިއާގެ އެންމެ ނާމާން ސައިޓް: ބަންގަރް ކިއްލާ

ބަންގަރް ކިއްލާ ހުންނަނީ ރާޖަސްތާނުގެ އަލްވާރު ޑިސްޓްރިކްޓްގައި

އިންޑިއާގެ އެންމެ ނާމާން ސައިޓް: ބަންގަރް ކިއްލާ

އިންޑިޔާގެ އެންމެ ގިނައިން ޖިންނި އުޅޭ ކިއްލާގެ ނަމުން މަޝްހޫރުވެފައިވާ ބަންގަރް ކިއްލާ ހުންނަނީ ރާޖަސްތާނުގެ އަލްވާރު ޑިސްޓްރިކްޓްގައިއެވެ. މި ކިއްލާ ބިނާ ކުރެއްވީ 17 ވަނަ ގަރުނުގައި އޭރު އެ ހިސާބުގެ ވެރިޔާ ކަމަށްވާ ރާޖާ ބަގްވަންތު ދާސްއެވެ. މި ކިއްލާގަ ނާމާން ހާދިސާތައް ގިނަ ކަމުން އިރު އޮއްސުމަށް ފަހު ޒިޔާރަތް ކުރުން މަނާކުރާ ނިޝާނެއް އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން ޖަހާފައިވެއެވެ.

އާންމުން ގަބޫލުކުރާ ގޮތުގައި ރާޖާ ބަގްވަންތު ދާސް މި ކިއްލާ ބިނާކުރެއްވީ އޭނާގެ ބައްޕަ ނުވަތަ ކާފަގެ ނަމުން ނަން ދެވިފައިވާ ކަމަށް ބުނާ އޭނާގެ ދޮށީ ދަރިކަލުން މަޑޯ ސިންގް އަށެވެ. މި ކިއްލާ ފަޅުވެފައިވާ ގޮތާއި މެދު ދެ ގޮތަކައް ވާހަކަ ދެކެވެމުން އާދެއެވެ.

ފުރަތަމަ ގޮތުގައި ބުނާ ގޮތުން އެ ހިސާބުގަ ދިރިއުޅެމުން ދިޔަ ޕަންޑިތަކު އޭނާގެ ގެޔަށް ކިއްލާގެ ހިޔަނި އަޅައިގެން ނުވާނޭ ބުނެފައޮއްވާ، ބަންގަރު ބިނާކޮށް ނިމުނުއިރު އޭނާގެ ގެޔައް އެ ކިއްލާގެ ހިޔަނި އެޅިފައި ވާތީ އެކަމާ ރުޅިއައިސް ބަދު ދުއާ ކުރީމާ އޭގެ ނަތީޖާއެއްގެ ގޮތުން ފަޅުވެ ނަމާންވީ ކަމަށް ބުނެވެއެވެ.

ލޯކަލް އެހެން ލެޖެންޑެއްގައި ނުނެވެނީ ސިހުރުވެރިއެއް ނުވަތަ ނުބައި ސާހިބާއެއް ކިއްލާގެ  ޕްރިންސެސް ދެކެ ލޯބިވެ، ލޯބި ހޯދުމަށްޓަކައި ތެޔޮފުޅި އަކަށް ސިހުރު ކިޔަވާފަ ދިން ވާހަކައެވެ. ނަމަވެސް ކަންދިމާވިގޮތުން ޕްރިންސެސްއަކީ ސިހުރު ހެދުން ކިޔަވާފައި ވާމީހަކައް ވީތީ އެތެޔޮފުޅި ފެނުމާ އެކު އެޔަށް ހުރީ އެއްޗެއް ކިޔަވާފައި ކަން އެގުނެވެ. ދެން އެ ތެޔޮފުޅި ބިޔަ ގާގަޑެއް (ބޮލްޑަރެއްގެ) މައްޗަށް އުކާލުމުން، އެ ސިހުރުވެރިޔާއާ ދިމާއަށް އެ ގާގަޑު ތިރިއަށް ވެއްޓި، އޭނާ ގެ ކަށިތައް ފުނޑުފުނޑުވިއެވެ. ސިހުރުވެރިޔާ އެންމެ ފަހު ނޭވާއެއް ލުމުގެ ކުރިން އޭނާ ކިއްލާއަށް ލަޢުނަތް ދިނީ ކިއްލާ ނިމޭނީ އެއްވެސް މީހަކަށް ދިރިއުޅެވޭނެ ގޮތެއް ނެތް ނާމާން ފަޅު ތަނެއްގެ ޙާލަތުގައި ވުމަށެވެ. އަދި އަދަށް ދާންދެން އެ ކިއްލާ އެހުރީ ފަޅު ނާމާން ތަނެއްގެ ގޮތުގައި މިއަދު މިއޮތް ގޮތަށް ކަމަށް ބުނެވެއެވެ.

މި ކިއްލާގައި ވަރައް ގިނަ ބިރުވެރި އެކްސިޑެންޓްތަކެއް ހިނގާފައިވއެއެވެ. މީގެން ބައެއް އެކްސިޑެންޓްގައި މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ. މިފާޑުގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން އިރުއޮއްސުމާއި އިރުއަރާ ދެމެދު ކިއްލާއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށް ނިޝާން ޖަހާފައެވެ. ނަމަވެސް ހޯންޓެޑް ފޯޓް ޕްރިމިސަސްގައި ފުރިހަމަ ރޭތަކެއް ހޭދަކުރުމަކީ މިހާރަކަށް އައިސް މާ ގިނައިން މީހުން ޝައުގުވެރިވާ އެޑްވެންޗަރެކެވެ.