ހައްގު ހޯދުމުގެނަމުގާ އަޑުއުފުލާ އަންހެނެއްގެ ފަތިފުށް

ހަގީގީ ހާދިސާ

ހައްގު ހޯދުމުގެނަމުގާ އަޑުއުފުލާ އަންހެނެއްގެ ފަތިފުށް

ހައްގުގެ ނަމުގައި އެކެއްގެ އަބުރުކަތިލެވޭއިރު ތިމާގެ ހާލަކީ ކޮބައިކަން ގިނަ މީހުންނަކަށް ނޭނގެއެވެ. ހައްގަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. އަންހެނެކޭ އެއްގޮތަށް ފިރިހެނުންނަށްވެސް ހައްގަކީ އޮތް އެއްޗެކެވެ. އަންހެނަކަށްވީތީ ލިބިދޭ ހާއްސަ ރައްކާތެރިކަމާއި އިނާޔަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެތައްބައެއްގެ އިއްޒަތުންނަފްސްގެ ކަރާމާތް ނަގާލުމަކީ އަންހެނަކަށް ވިޔަތީ އޮތް ހައްގެއްނޫނެވެ. ބައެއް އަންހެނުންގެ އަމަލުތައް ހުންނަގޮތުން އަންހެނުންނަށްވެސް ހުތުރެވެ. މައުސޫމުކަމުގެ ދުއްޔެއްލައިގެން ސޯޝަލް މީޑިއާއާއި މާސްމީޑިއާގައި އެކި ސިފަސިފައިގައި އުޅޭ އިރު މަހެއް ފަހާލާނެ މަހެއް ހުރެދާނެކަމަށް ގަބޫލު ނުކުރެވުމަކީ މޮޔަކަމެވެ.

މިފަހަރު ގެނެސްދޭން މިފަށަނީ އެފަދަ އަންހެނެއްގެ ވާހަކައެވެ. ތިމާގެ މައިންބަފައިންނާއި އަމިއްލަ ދަރިންނަށް ނެތް ހައްގެއް ތިމާގައި އޮވެގެން އުޅޭ ވިޔާނުދާ ބައެއް އަންހެނުންގެ ތެރެއިން އެކަކީ ވ. ކެޔޮދޫ އަނދިރިވާގެ ހުނާ އަހުމަދު (އަސްލު ނަމެއްނޫން)އެވެ.

ހުލާސާ:

ވ. ކެޔޮދޫ އަނދިރިވާގެ ހުނާ އަހުމަދު އަކީ ބ. ތުޅާދުއަށް ނިސްބަތްވާ ފިރިހެނަކާއި ވ. ކެޔޮދޫ އަންހެނަކާއި އިނދެގެން ލިބިފައިވާ ދަރިއެކެވެ. ހުނާ ބައްޕައާއި މަންމައާއެކު ދިރިއުޅެނީ ކެޔޮދޫގައެވެ. ހުނާ ބޮޑުވަމުން އައީ މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބިގެން ނުހަނު އުފަލާއި އަރާމުގައެވެ. ހުނާއަކީ ކެޔޮދޫ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ހުނާގެ ތައުލީމީ ހަޔާތަށް ހިޔަނި އެޅުނީ އުމުރުން 12 އަހަރުން ފެށިގެން ފިރިހެނުންގެ ކުޅިގަނޑު ފަށައިގަނެ ގްރޭޑް 8ގައި އުޅެމުން ލޯބީގެ ގޮތުން ކުއްޖަކާގުޅުނު ހިސާބުންނެވެ. ހުނާއާއި ލޯބީގެ ގޮތުން ގުޅުނު ކުއްޖަކީ ސްކޫލުގައި އުޅެމުން ޑްރަގްނެގުމާއި ނޭއްގާނި އެތައް ކަމެއްކުރުމަށް ރަށުތެރޭގައި މަޝްހޫރުވެފައިވާ ކުއްޖެކެވެ. ހުނާގެ އުޅުމާ ކިޔެވުމަށް އަންނަ ބަދަލުތައް މައިންފައިންނަށް ފާހަގ ކުރެވިގެން ހުނާއަށް ތަކުރާރުކޮށް ނަސޭހަތްދީގެންވެސް ރަނގަޅުވުމުގެ ބަދަލުގައި ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. ހުނާ ގްރޭޑް 9އަށް ބަދަލުވީއިރު ހުނާގެ ކަންކަން ނުހިފެހެއްޓޭ ވަރަށް ވަނީ ގޯސްވެފައެވެ. ހިތާވެގެން އުޅޭ ވިޔާނުދާ ކުއްޖާ ފަތިސް ދަންމަތީގައި ނިދާކޮޓަރިއަށް ވެއްދުން އާއްމުވެ އެތައް ބަޔަކަށް އެކަން އެނގި އެންމެ ފަހުން ހުނާގެ ބައްޕައަށްވެސް ރެޑްހޭންޑްކޮށް އެކަން ހިފުނީއެވެ. އަދި ނަތީޖާއަކަށްވީ މިމައްސަލަ އާއި ގުޅިގެން ހުނާ ސްކޫލުން ކަނޑާލުމެވެ. ފަހަރެއްގައި ވެސް މައްމަ ނުވަތަ ބައްޕަ ސްކޫލަށް ސިޓީލައިގެން ހުނާ ވަކިކުރީކީނޫނެވެ.

އޭގެފަހު ހުނާގެ އުޅުމަށް ރަނގަޅު ބަދަލު ތަކެއް އައިސް މޫނު ބުރުގާ އެޅުމަށްފަހު ދެން ބޭނުން ވަނީ ރަނގަޅު މީހަކާއި އިނދެގެން ދީންވެރިގޮތުގައި ދިރިއުޅެން ކަމަށް ހުނާ މައިން ބަފައިން ކާއިރީގައި ބުނެ އަދި އިންނާނެ ރަނގަޅު މީހެއް ހޯދާދިނުމަށް ވެސް މައިން ބަފައިން ކާރީގައި އެދިފައި ވެއެވެ. އެންމެ ފަހުން ހުނާކައިވެނި ކުރީ ހުނާ އަމިއްލައަށް ހޯދި މީހަކާއެވެ.

ހުނާއަކީ މުއްސަދި ތަނަވަސް ދިރިއުޅުމަށް ލޯބިކުރާ ކުއްޖެއް ކަމުން އަތްފުނާ އަޅައިގެން އަމިއްލައަށް ހޯދީ މާލޭގައި އަމިއްލަ ގެދޮރުހުރި ޑޮލަރުން މުސާރަ ލިބޭ ރާއްޖޭން ބޭރުގައި މަތީމަގާމެއްފުރަމުން ގެންދާ މަޝްހޫރު ކެޕްޓަނެކެވެ. ހުނާއާއި ކެޕްޓަންގެ ކައިވެންޏަކީ އެއްވެސް މަޖުބޫރުކަމެއް އޮތް ކައިވެންޏެއް ނޫނެވެ. ހުނާ ބޭނުންވީ ފޯރުންތެރި ތަނަވަސް ދިރިއުޅުމެކެވެ. ހުނާގެ ފިރި މީހާގެ ފުށުން އެކަން ކިތަންމެ ރަނގަޅަކަށްވެސް ހުނާއަށް ހާސިލް ވަމުން ދިޔައެވެ. އެހެނަސް ވަފާތެރި ކަމުގެ ކަންފުޅެއްވެސް ހުނާގެ ކިބައިގައި ނެތެވެ. އެހެން ކަމުން އެކިވަރުގެ މައްސަލަތައް ދެމަފިރިންގެ ދެމެދުގައި ޖެހެން ފެށީއެވެ. އެގޮތުން ކައިވެންޏަށް އަހަރު ނުވަނީސް ދެމަފިރިންގެ ކައިވެނި ރޫޅުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ކައިވެނިކޮށްގެން ދެކުދީން ލިބުނު ފަހުން ހަގުދަރިފުޅަށް 10 މަހުގައި ހުނާ ހިލޭ ފިރިހެނަކު ކޮޓަރިއަށް ވައްދައިގެން އުޅެނިކޮށް ފެނިގެން ވަރިކުރިއެވެ.

ފަސްމަންޒަރު:

  • ހުނާގެ ދެކުދީންގެ ބައްޕަ އާއި މެދު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ކައިވެނީގެ ގޮތުން ގުޅުމަށް ބޭނުންވެގެން އެންމެ ފުރަތަމަ ވެސް މެސެޖެއް ކޮށްފައި ވަނީ ހުނާކަން ކުދީންގެ ބައްޕަގެ ފޯނުގެ ޗެޓްލޮގުން ފެންނަން އެބަހުއްޓެވެ. ފުރަތަމަ މެސެޖް ފޮނުވާފައި ވަނީ 08/02/2013 ގެ 20:59 ގައި "މީ ހުނާ ވާހަކަ ދައްކާލަން ބޭނުން ގުޅާބަ" ޖަވާބުގައި ކުދިންގެ ބައްޕަ ބުނެފައި އޮތީ "މިވަގުތު ބިޒީ 10:30 އެހާކަންހާއިރު ގުޅާލާނަން އިންޝާއައްލާހު". އެހެންކަމުން އެކަމުގައި އެއްވެސް މަޖުބޫރެއް އޮތްކަމަކަށް ނުބެލެވެއެވެ.
  • ހުނާގެ އުމުރުން 16 އަހަރުގައޭ ކައިވެނި ކުރީއޭ ބުނާ އިރު ކާއިވެނީގެ ސެޓްފިކުން ފެންނަން ހުރިގޮތުގައި ފުރަތަމަ ކާއިވެނި ކުދީންގެ ބައްޕައާއި ކޮށްފައި ވަނީ 08 ޖުލައި 2013 ގައެވެ. އެއީ ހުނާގެ އުމުރުން 18 އަހަރަށް އޮއްވާކަން ވެސް ޝަރުޢީ ލިއެކިއުން ތަކުން ފެންނަން އެބަހުރި. އެހެނީ މި ހުނާގެ އުފަން ތާރީޚަކީ 3 މޭ 1996 ކަން އައި ޑީކާޑުން ފެންނަން އޮވޭ. ވީމާ މިކަމުގައި ވެސް ހުނާ ހަދާފައި ވަނީ ބޮޑުވެގެން ވާބުހުތާން ދޮގެއްކަން ހާމަވޭ. މިކަން ސާބިތުވާނެ ރަސްމީ ލިއުންތައް އެބަހުއްޓެވެ.
  • ހުނާ އޭނާގެ ކުދިންގެ ބައްޕަ މުހައްމަދު އަރީފު (އަސްލު ނަމެއްނޫން) އާއި ކާއިވެނި ކުރި އިރު ސުންނަތަށް އުޅޭކަން ދެއްކުމަށްޓަކާ ހުންނަނީ މޫނުބުރުގާވެސް އަޅާއިގެންނެވެ.
  • ހުނާ އަރީފްއާ ކައިވެނި ކުރީ މަޖްބޫރުކޮށްގެން ކަމަށް ހުނާ ބުނާއިރު، 2013 މާރޗް މަހު ޕޮލިސްސާރވީސް އަށް މި ހުނާ ދީފައިވާ ބަޔާނަކަށް ބަލާއިރު އެ ކާއިވެނި ކުރަން އެއްވެސް ފަރާތަކުން މަޖްބޫރު ނުކުރާ ކަމަށައި އަމިއްލަ ނިންމުމެއްކަމަށް އެ ބަޔާނުގައި އޮވެއެ. ހުނާ ޕޮލީސް ސާރވީސް އަށް އެގޮތަށް ބަޔާން ދޭންޖެހުނީ ހުނާ ކުރީން ހިތާވެގެން އުޅުނު މީހަކު ޖެއްސި މައްސަލައަކާ ގުޅިގެންނެވެ. ހުނާ ކުރިން ހިތާވެގެން އުޅުނު މީހާ މައްސަލަޖެއްސީ 18 އަހަރު ނުފުރެނީސް ހުނާ މި އަރީފުއާއި ކާއިވެނި ކުރަން އުޅޭކަން އޭނައަށް އެނގި އެކަން ހުއްޓުވަން ވެގެން ކަންވެސް މިހުނާގެ އެބަޔާނުން އެގެން އޮވެއެވެ. އަދި މިހުނާ ކުރި އެކައިވެންޏަކީ ޝަރުއީ ހަމަތަކުގެ މަތީން ދިވެހިރާއްޖޭގެމާލޭގެ ފެމިލީ ކޯޓަށް ޙާޟިރުވެ ތިބެ އެކޯޓުގައި ކޮށްދީފައިވާ ކައިވެންޏެއް ކަން ފެމެލީކޯޓުގެ ލިއުން ތަކުން އެގެން އޮވެއެވެ. އަދި އެއީ ފަހަރެއްގައި ވެސް ކޯޓުން ބޭރުގައި ކައިވެނި ކޮށް ފަހުން ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ ކާއިވެންޏެއް ނޫން ކަން ވެސް ކޯޓުގެ ލިޔެކިއުން ތަކުން ވަރަށް ސާފުކޮށް ފެންނަން އޮވެއެވެ. އަދި މިހުނާ 18 އަހަރުމުޅީން ފުރިފައި ނުވާތީވެ ކޯޓުން ކާއިވެނި ކުރުން ލަސްކުރަމުން ގެންދާތީވެ މިހުނާގެ އަމިއްލަ އަތުން ލިއެ ސޮއިކޮށް ކޯޓަށް އިންޒާރު ދީފައިވާ ސިޓީ ވެސް ކޯޓުގެ ކޯޓުގެ މިމައްސަލާއިގެ ލިޔެކިއުންތަކުން ފެންނަން ހުރިކަން ވެސް ހާމަކުރަމެވެ.
  • ހުނާގެ އަމަލްތައް ހުރިގޮތުން 11/02/2014 ގައި ފުރަތަމަ ފަހަރަށް ވަރިކޮށްފައި ވާކަން ވަރީގެ ސެޓްފިކެޓުން ފެންނަން އޮވެއެވެ.ހަމަ އެހެން 12/08/2014 ގައި ދެވަނަފަހަރަށް އަރީފް އާއި ހުނާ ކާއިވެނި ކޮށްފާވާކަން ސެޓްފިކޭޓުން އެގެން އޮބައޮތެވެ. އޭރު ހުނާގެ އުމުރަކީ 18 އަހަރާއި 3 މަހާއި 9 ދުވަސްކަން ވެސް ރަސްމީ ލިޔެކިއުންތަކުން ފެންނަން އެބަހުއްޓެވެ. ކުއްޖަކުވެސް ނެތީސް ދެވަނަ ފަހަރަށް ހުނާ އަރީފާ ކައިވެނި ކުރިކުރުމުން ކައިވެނި ކުރުމަށް ހުނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތްކަން ކިތަންމެހާވެސް ރަނގަޅަށް ސާފެވެ.
  • އަދި ހެވިދިލިފާ މިހުނަ ފިރިމީހާ އާއި އެކު ނަގާފައި ހުރި ގިނަ ފޮޓޯތަކަށް ބާލާއިރުގަޔާއި އަދި ރަށުތެރޭ ހާބަރަށް މިހުނާގެ ފިރިމީހާއި ގޮވައިގެން ދާއިރު ފިރިމީހާގެ ގަޔަށް އަތްމަހާލާފަ ހުންނަ ހުރުމަކީ ރަށުގެ ވަރަށް ގިނަބަޔަކަށް ފެންނަމުންދިޔަ މަންޒަރެއް ކަމީ މިދޭމީހުންގެ އޭރުގެ ޙާލަތް ވަރަށް ރަނގަޅަށް ހާމަވާ ދަލީލުތަކެކެވެ. އަދި އެރަށުގެ ފިހާރައެއްގައި  ތަންކޮޅެއް ރީތިހަންހެން ކުއްޖަކު ކައުންޓަރ ގައި އިދެއްޖެއްޔާ މިހުނާގެ ފިރިމީހާ އެފިހާރަކަށް ވަނުން މަނާ އެކުރާ ކުރުމަކީ މިހުނާ އެފިރިމީހާ ހިފަހައްޓަން ކުރާކަމެއްކަން ކޮންމެ ސަލާމަތްބުއްދިއެއް ގަބޫލު ކުރާނެ ހަގީގަތެވެ. މަޖްބޫރުން ކާއިވެނި ކޮށްގެން އުޅެ ދެމަފިރިއެއްގެ ފަރާތުން އެފަދަ މަންޒަރެއް ރަށުގެ ރައްޔަތުންނަށް ފެނިގެން ނުދާނެ ކަމީ ފާޅޫކަން ބޮޑުގޮތެއްގައި ފެންނަން އޮތްޙަގީގަތެކެވެ.
  • ދެ ކުދީން ލިބުމަށްފަހުވެސް ހުނާގެ ވިޔާނުދާ ހަޑިމުޑުދާރު ފާހިޝް އަމަލުތަކަށް ކުޑަވެސް ބަދަލެއް ނައުމުން ދެވަނަފަހަރަށް ވެސް ހުނާ ވަރިކުރީކަން ވަރީގެ ގަޒިއްޔާގެ ރިޕޯޓުން ފެންނަން އެބައޮތެވެ. އަދި ވަރިކުރީ ކީއްވެގެން ކަން ކޮންކަމެއް ކުރަން އޮއްވާ ފިރިމީހާ އަށް ފެނިގެން ކަން ވެސް ވަރީގެ ޝަރީއަތްނިމުނު ގޮތުގެ ރިޕޯރޓުގައި ބަޔާން ކޮށްފަނޑިޔާތު އެނުކުތާ ފާހަގަ ކޮށްފައިވެއެވެ.
  • އަރީފްއާއި ހުނާއަށް ފުރަތަމަ ދަރިފުޅު ލިބުނީ 2015 އޭޕްރީލް 15 ގައެވެ. ދެވަނަ ދަރިފުޅު ލިބުނީ 2017 އޮކްޓޯބަރ 05 ގައެވެ. ހުނާއަކީ ކުދީން ދެކެ ލޯބިން ކުދީންނަށް އެއްވެސް ސަމާލްކަމެއް ދިން އަންހެނެއް ނޫންކަން އެނގޭ ވަރަށް ގިނަ ހެކިތައްވެސް ފެންނަން އެބައޮތެވެ. އޭގެ ތެރޭގައި ހުނާ ދެވަނަފަހަރަށް ވަރިކުރުމަށް ފަހު ރަށަށް ގޮސް އުޅުނު ދުވަސް ވަރު ހުނާގެ ފަރާތުން ކުދީން ނަށް ލިބެމުން ދިޔަ އަނިޔާތަކުގެ ސަބަބުން ޖެންޑަރ މީނިސްޓްރީ އާއި ޕޮލީސް ސާރވީސްގެ ޓީމެއް ވ. ކެޔޮދޫއަށް ގޮސް މައްސަލަ ތަހުގީގު ކުރުމަށް ފަހު ޖެންޑަރ މިނިސްޓްރީ އާއި ހުނާ އާއި 6 މަސްދުވަހުގެ ކޮންޓްރެކްޓެއް ހަދާ ހަފްތާއަކު އެއްފަހަރު ޖެންޑަރ މިނިސްޓްރީ އަށް ރިޕޯޓް ކުރާގޮތަށް ކުދީން ބެލުން ހުނާ އާއި ހަވާލު ކުރިކަން ޖެންޑަރ މިނިސްޓްރީގެ ލިޔެކުންތަކުން ފެންނަށް އެބަހުއްޓެވެ.
  • ކުއްލިއަކަށް ހުވަފެނެއް ފެނިގެންހެން ހުނާ މާބޮޑަށް ކުދިންދެކެ ލޯބިވާކަން މީހުނަށް ދެއްކުމަށްޓަކާއި މީހުން މިހުނާ އަށް ކުރާފުރައްސާރަ އާއި މީހުންގެ މަލާމާތުން ރެކެންވެގެން ވަކާލާތު ކުރަމުން ދާއިރު، އެ ދެކުދީން ހުނާ ނުބަލާނެ ކަމަށްބުނެ ކުދިންގެ ބައްޕަ އާއި ކޯޓް މެދުވެރިކޮށް ހަވާލުކޮށްފާއި ވާކަން ފެމެލީކޯޓުގެ ގަޒިއްޔާ އަކުން ވަރަށް ސާފުކޮށް ފެންނަން އޮވެއެވެ. ހަމަ އެއާއިއެކު ފެމެލީކޯޓަށް ހުނާ މައްސަލަ ހުށަހެޅީ 10 ފެބްރުއަރީ 2019ގައެވެ. އެހެން އެކަން އޮތްއިރު އާއިލާއާއި އެއްވެސް ގުޅުމެއްނެތް (ވ.ކެޔޮދޫ އުލްފާ (އަސްލުނަމެއްނޫން) އާއި ހަވާލުކޮށް) ބޮޑުދަރިފުޅު ފޮށިގަނޑެއް ތާކަށް ފޮނުވާލާގޮތަށް މިރަހުކުޑަ ހިތެއްނެތް ނުބައި ނުލަފާ ހުނާ އެ 2 އަހަރުގެ ކުޑަކުޑަ ދަރި (ދޮށީ ދަރިފުޅު) 29 ޑިސެންބަރ 2018ގައި ކަނޑު މަގުން މާލެ ފޮނުވާ ކުދިންގެ ބައްޕައާއި ހަވާލު ކޮށްފައިވުމާއި އަދި 14 ޖެނުއަރީ 2019 ގައި 10 މަހުގެ ކުޑަދަރިފުޅު ވެސް ހުނާ އަމިއްލަ އަށް ގެންގޮސް ކުދިންގެ ބައްޕަ ބޮލަށްޖަހާފައި ވާކަން ފެމެލީކޯޓުގެ ޝަރިޢަތް ނިމުނުގޮތުގެ ރިޕޯޓުން ފެންނަން އެބައޮތެވެ. އެހެން ކަމުން ރަސްމީކޮށް ކުދީން ބައްޕަ އާއި ކުދިން ހަވާލުކުރަން ކޯޓަށް ހުށަހެޅީ ކުދީންގެ ބައްޕަ އާއި ކުދީން ހަވާލުކުރިތާ ކިތަންމެ ދުވަހެއް ފަހުން ކަން ވެސް އެރިޕޯޓުން ފެންނަން އޮވެއެވެ. ހަވާލާ ދެވުނު ގަޒިއްޔާއަކީ ފެމެލީ ކޯޓްގެ ނަމްބަރ)344 Fm-C/2019/ގަޒިއްޔާއެވެ. ވީމާ މިކަމުގައި ވެސް މީހުންގެ މަލާމާތުންބަރީއަވެ، ހަމްދަރުދީ ހޯދުމަށްޓަކާ ބޮޑެތި ބުހުތާން ދޮގު ތަކެއް ހަދަމުން ހުނާ ދާކަން ކަށަވަރުވެއެވެ.
  • ކުދީން ބައްޕަގެ ބޮލަށް ޖެހިއިރު އެންމެ ކުޑަދަރިފުޅުގެ އުމުރަކީ 10 މަހެވެ. ބޮޑު ދަރިފުޅު ގެ އުމުރަކީ ގާތްގަނޑަކަށް 2 އަހަރެވެ. އުރަމަތި ހަޑިވަނީ އޭކިޔާފައި ކުޑަދަރިފުޅަށް ގާތުން ދިނުން ހުއްޓާލީ އެ ދަރިފުޅުގެ އުމުރުން 5 މަހުގައެވެ.
  • ކުދީން ދެކޭން ކުދީން ކައިރިއަށް ކުދިންގެ މަންމަ މިހުނާ އައިސްފާހުރީ 6 މަހުން 9 މަހުން 11 މަހުން އެއްފަހަރު ކަން ކުދީންގެ ބުނުން ތަކުންނާއި ކުދީންގެ ބައްޕަގެ ބުނުމުން އެނގެއެވެ. ކުދީން ބުނަނީ "މަމް އިޒް ކަމިން އާފްޓަރ އަ ވެރީ ލޯނގް ޓައިމް" ކަމަށެވެ.
  • ކުދީންގެ ބައްޕަ އަރީފް(އަސްލު ނަމެއްނޫން)އަކީ އިންޓަރ ނޭޝަނަލް ބޭރު ލައިނެއްގައި މަހަކު 12000.00 ޑޮލަރ ގެ ވަޒީފާއެއް އަދާކުރަމުން ދާމީހަކަށް ވެފައި ކުދީންގެ ބައްޕަގެ ބޮލަށް ޖެހުމުން ކުދީންގެ ބައްޕައަށް ވަޒީފާއަށް ނުދެވި މާލީގޮތުން ވަރަށް ބޮޑެތި ގެއްލުން ތަކެއްވާތީ ކުދީން ބަލާދޭތޯ މަހަކު 10000.00 ރުފިޔާގެ މުސާރަ އަކާއި އެޕާރޓްމަންޓެއް ހުނާގެ ނަންމައްޗަށް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ކުދީންގެ ބައްޕަ ބުނުމުން އެގޮތަށް އެއްބަސްވެ ގެއަށް އައިސް ދެ ދުވަސް ވަންދެން އޭނައަށް ދޭންބުނި އެޕާރޓްމަންޓްގައި ހުއްޓެވެ. ނަމަވެސް އެންމެރެއަކުވެސް ހުނާ ކާއިރީގައި އެއްވެސް ކުއްޖެއް ނުނިންދަވާތީ ގޭގެ ކެމެރާތަކުން ބެލި ބެލުމުން ކޮންމެރެއަކު ފިރިހެނަކު އޭނަ ހުންނަ އެޕާރޓްމަންޓް އަށް ވައްދާތަނާއި އަދި ފަތިހު ނުކުންނަ ތަނުގެ ވީޑިއޯތައް ކުދީންގެ ބައްޕަގެ ފޯނުގައި ސޭވް ކޮށްފައި އެބަހުއްޓެވެ. ދެދުވަހު ހުރުމަށްފަހު އެގޭން ދިޔަކަންވެސް ވީޑިއޯތަކުން އެނގުނެވެ. އަދި މިހުރިހުރުމުގައި ޖެހިގެން އައި ދުވަހު ގާތްގަނޑަކަށް 15:30 ހާކަންހާއިރު މިހުނާ ކުދީންގެ ބައްޕަ މޭޒުކާއިރީގައި އިންދާ އައިސް ތިމަންނަ ވާހަކައެއް ބުނަންހޭ ތިމަންނަ އެއްވެސް ކަމަކާއި ގުޅޭގޮތުން ދޮގެއް ނުހަދަމުނޫންހޭ ބުނެފައި ބުނީ "މިކުދީންދެކެ މައިވަންތަ ލޯތްބެއް އެއްވެސް ވަރަކަށް ނުހުރެއޭ" މިހެން މިހުނާ ބުނިކަމަށް ކުދީންގެ ބައްޕަ މާތް ކަލާނގެ ގަންދީ ހުވާކޮށްފައި މިނޫހަށް ވަރަށް އަސަރާއިއެކު ކިޔާދިނެވެ
  • މިދިޔަ އަހަރުގެ ބޮޑުޗުއްޓީގައި ކުދީން ގޮވައިގެން ކުދީންގެ ބައްޕަ ވ. ކެޔޮދޫއަށް ގޮސް ހުއްޓާ ހުނާ ރަށަށް ގޮސް އެއްދުވަހަކު ދެކުދީން ގޮވައިގެން މޫދަށް ދިޔަކަން ކުދީންގެ މާމަގެ ބަހުން ކުދީންގެ ބައްޕަ އަށް އެނގުމުން ކުދީން ގެ ބައްޕަ އަތިރިމައްޗަށް ދިޔައިރު ހުނާ އަށް ފޯނެއް އައިސް ގެން ހިނގައި ގަނެގެން އެ ފަތަން ނުދަންނަ ދެކުދީން އެކަނި މޫދަށް ދޫކޮށްލާފައި ދިޔަކަން ޖެންޑަމިނިސްޓްރީގެ ސްޓާފެއް ކާރީގައި ބޮޑު ދަރިފުޅު ބުނެފައި ވާކަމަމާއި އަދި ސީދާ ބޮޑުދަރިފުޅުގެ ބަހުން ވެސް އެނގެއެވެ. ބޮޑު ދަރިފުޅު ބުންޏެވެ. "ވީއާރ ލަކީ ދަޓް ޑޭޑް ކޭމް ދެއަރ، މަމް ވެންޓް އަވޭ ލީވިން އަސް އެލޯން އިންދަސީ" ކުދީންނަކީ އެއްވެސް ވަރަކަށް ފަތަން ދަންނަ ކުދީން ނޫންކަން ކުދީންގެ ބަހުން އެނގެއެވެ.
  • މިދިޔަ ސެޕްޓެމްބަރ މަހުގެ ޗުއްޓީގައި ހުނާ އެތައް ވަރަކަށް އާދޭސްކޮށް ކުދީން ގޮވައިގެން ޗުއްޓީއަށް ރަށަށް ދާން އެދުމުން ކުދީން ގޮވައިގެން ރަށަށް ދިއުމަށް ފަހު އެންމެ ކުޑަ ދަރިފުލު ނިދަން ބާއްވާފައި އެ ދަރިފުޅުގެ ކާއިރިގައި މައްމަ ވަން އަވަރ ތެރޭގައި އެބަ އަންނަމޭ ކިޔާފައި ހުނާ ބޮޑުދާއިތަ އެއްގެ 12 އަހަރުގެ އަންހެން ކުއްޖެއް އެތާ ބައިންދާފާ ދިއުމަށް ފަހު ދެން އެ ކޮޓަރިއަށް ހުނާ އައީ ފަތިހުކަން ކުޑަ ދަރިފުޅުގެ ބަހުން އެނގެއެވެ. އަދި އެތާ ބައިންދާފައި އިން ކުއްޖާވެސް ކުޑަދަރިފުޅު ނިދުމުން މަޑުނުކޮށް އެތަނުން ދިޔަކަން އެނގުނެވެ. އަދި ބޮޑުދަރިފުޅު ނިދުން ހަމަޖައްސާފައި ހުރީ މާމަ ކައިރީގައި ކަމުން ކުޑަދަރިފުޅު އޮންނަން ޖެހުނީ އެކަނި މާއެކަނިކަން ވެސް ކުޑަދަރިފުޅުގެ ބަހުން އެނގުނެވެ. ކުދިން ޗުއްޓީއަށް ގެންގޮސް ކުދިންނާ އަޅާނުލާ ހުނާއުޅުނީ ފިރިހެނެއް ގޮވައިގެންކަން ވެސް ކުދީން ގެބަހުން ނާއި ރަށުގެ މީހުންގެ ފަރާތުންއެގޭ ހެކި އެބަހުއްޓެވެ.
  • ވަރިކުރީ ފިރިމީހާގެ ގޭގެ 10ވަނަ ފްލޯގައި ފިރިހެނަކާއި އެކީ ކީއްކުރަން އޮއްވާ ފިރިމީހާއަށް ފެނިގެން ކަން ހުނާގެ އަމިއްލަ އަތުން ލިއެފައި ސޮއިކޮއްފާވާ ލިއުމެއް ވަރިކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން ފެންނަން އޮންނަކަން އެނގެއެވެ.
  • ހުނާ ވަރިކުރި އިރު އުޅެނީ މޫނުބުރުގައި އަޅައިގެން ނަމަވެސް ގިނަ ދުވަހެއްނުވެ މޫނުބުރުގާ ނަގާ ވަހުޝީ ކަންކަމުގައި އަވަދިނެތި އުޅެމުން ދާކަން ރަށުގެ ބައެއްމީހުންގެ ފަރާތުން އެނގުނެވެ. އަދި ކުދީން ދެކޭން ކަމަށްބުނެ މާލެ އައިސް މިހުނާ ދަނީ ރިސޯޓް ތަކަށް ގޮސް ހަފްތާއެއް ހާދުވަހު ހޭދަ ކުރުމަށްފަހު ރަށަށް ދާކަން މިހުނާގެ ބައްޕަ ފަރާތު ތިމާގެ މީހުންގެ ފަރާތުން އެގިގެން ދަނީ މިހުނާގެ ހެދުންތައް ބައްޕަފަރާތުގެ ބޮޑުބޭބެ އެއްގެގޭގައި ބަހައްޓާފައި ދާތީއެވެ.
  • ކުދީންގެ ބައްޕަ ހުނާ ވަރިކުރީއްސުރެ އެއްވެސް މީހަކާ ކާވެނި ނުކޮށް ކުދިންނަށް ހުސްވެގެން ހުރިކަން ސާފުކޮށް ފެންނަން އެބައޮތެވެ. އަނެއްކޮޅުން ދެކުދީންވެސް ބުނަނީ "މަމް އޯލްވޭސް ލައިސް އަސް" ކަމަށެވެ.
  • ކުޑަ ކުޑަ އެ ދެކުދީން ނަކީ ވަރަށް ތޫނުފިލި ކިޔެވުމަށް ވަރަށް މޮޅު ދެކުދީންކަމުން ކޮންމެ ކުއްޖެއްވެސް އުޅެނުންދަނީ އުމުރަށްވުރެ އެއްއަހަރު މަތީ ގްރޭޑެއްގައި ކަންވެސް މަޖީދިއްޔާސްކޫލްގެ ރެކޯޑްތަނުން ފެންނަށް އެބަހުއްޓެވެ. އެއީ ބައްޕައަކު ކުދީންނަށް ބަމުންދާ ގުރުބާނެއްގެ ސާބިތުދަލީލެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނާއި އަރަބި ބަހުން ފަރިތަކަމާއެކު ދެކުދީންމެ ވާހަކަ ދައްކާއުޅުމަކީ ބައްޕަގެ ލޯތްބާއި އަޅާލުން ލިބިގެން ކުދިން ތިބިކަމުގެ ހެއްކެކެވެ.
  • އަރީފަކީ 24 ގަޑިއިރު ކަހަލަ ގޮތަކަށް ހަމައެކަނި ކުދީން ބެލުމަށްޓަކާ ހުސްވެގެން ހުރި ބައްޕައެއްކަން އެނގެއެވެ. އަނެއްކޮޅުން އަރީފްގެ 10 ބުރީގެ ބޮޑުގޭގެ އެންމެ އެޕާޓްމެންޓެއް ނޫން ހުރިހާތަނެއް ދެކުދީންގެ ނަމުގައި ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

ނިންމުން:

ބައްޕައަކު ފައިސާއަށް ދަރިއަކު ވިއްކާލީކަމަށް ބުނެ ސޯޝަލް މީޑިއާއައި މާސް މީޑިއާގައި ވަކާލާތުކުރާ އަންހެނާގެ ހާލަކީމިއެވެ. މުޖުތަމައުގެ އިހުތިރާމާ ލޯބި ލިބިގެން ހުރި އަމިއްލަ ދެކުދީންގެ ބައްޕަ ފަލީހަތް ކުރަމުން ދުވާ ހުނާގެ ފަތިފުށަކީ އެއޮތީއެވެ. ހިތުހުރި ވަރަކަށް ކުދިންގެ ބައްޕަގެ އަތުން ފައިސާ ނުލިބޭން ފެށުމުން ދިމާކޮށްފާ އެހުރީ ބަދުނާމުކޮށްގެން ފައިސާ ހޯދުމަށެވެ. އަދި މި ހުނާ ވަރިކުރިތާ 6 އަހަރަށްފަހު ކުއްލިއަކަށް ކުދީންދެކެ މާބޮޑަށް ލޯއްބެއްވެގެން ހުނާ ބުމަރެއްހެން ސޯޝަލްމީޑިއާގައި އެނބުރިގަތީ  ކީއްވެގެންތޯ ބަލާލާއިރު އެދެކުދީންނަށް 10ބުރީގެ އިމާރާތެއް ކުދީންގެ ބައްޕަ ހިބަކުރި ހިސާބުން ކަން ހާމަވެގެން ދެއެވެ. ވީހިނދު މިހުނާ ކުރަން މިއުޅެނީ ކޮންކަމެއްކަން ސަލާމަތް ބުއްދިހުރި ކޮންމެ މީހަކަށް ހާމަވެއެވެ.

ބައްޕައަށްވުރެ ދޮށީ (ވކެޔޮދޫއަށް ނިސްބަތްވާ) މީހެއްލައްވާ ވ ކެޔޮދޫ އަނދިރިވާގޭގައި  ތިންލައްކަ ރުފިޔާ ހަރަދު ކޮށްގެން އެޅުވި އިމާރާތް އެހެރީ ދިމަލަށް ފެންނާށެވެ. އެތަން އެޅުވީ މިހުނަށް ބަޖިޔާވިއްކާއިގެންތޯ ނުވަތަ ކޮން އެއްޗެއް ވިއްކައިގެންތޯ އުފެދޭ ބޮޑުސުވާލުގެ ޖަވާބު ދޫކޮށްލާނީ ކިއުންތެރީން ނަށެވެ.

އުމުރުން 30 އަހަރުވާންދާއިރު ކުދީންގެ ބައްޕަ ވަރި ކުރިފަހުން އަދި މިހާތަނަށް އާއިރުވެސް އެއްވެސް މީހަކާއި ކާއިވެނި ކޮށްފާއި ނުވާކަން ފެމިލީކޯޓުގެ ލިޔެކިއުން ތަކުން ފެންނަން އޮންނައިރު ދުވަސް ދުވަސް ކޮޅުން މީހަކާއި އިނދެގެން ކަމަށް ބުނެ ތަފާތު ފިރިހެނުން ރަށަށް ގެންގޮސްފައި ވާކަން ހާމަވާން އެބަހުއްޓެވެ. ހަމައެހެންމެ މިހާރުވެސް ހުނާ އުޅެމުންދަނީ ކާވެނި ކޮށްގެން ކަމަށް ހަދާއިގެން މީހުނަށް އޮޅުވާލައިގެން ކާއިވެނި ނުކޮށް ފިރިހެނެއްގޮވައިގެން ކަން އެނގޭ ޝަފަވީހެކިވެސް އެބަހުއްޓެވެ.

ހުނާ ބޭންކުން ނަގައިފާއިވާ 30000 ތިރީސްހާސް ރުފިޔާގެ ލޯނާއި އަދި ހުނާ ހުންނަތަނުގެ ކަރަންޓް ބިލް ނުދައްކާއިގެން ކަރަންޓް ކަޑާލުމާއި ފެންބިލު ސާޅީހަކަށް ހާހަށް އެރުމާ ކުދީންގެ ބައްޕަގެ އަބުރު ކަތިލާ ފަލީހަތްކޮށް ބްލެކްމޭލް ކުރަންކުރާ މަސައްކަތާ ގުޅުމެއް އޮވެދާނެ ކަމާމެދު ސުވާލުއުފެދެއެވެ.

އަދި ހުނާއަކީ މަސްވެރި ކެއޮޅުކަމަށް ވަރަށް މޮޅުއާއިލާ އެއްގެ އަންހެނަކަށްވީއިރު އަދި މަސްބޭނުމަކީ މިހުނާ ވަރަށް ކުރާހިތްވާ ކަމަކަށްވެފައި މަހަށްގޮސް އާއިނަށް އަރާއުޅޭއިރު އުމުރުން ދުވަސްވުމުގެ ސަބަބުން ޓަޔަރުތައް ތަންތަނުން ފެންނަށްހުރެ މާސްކު އަޅާއިގެންވެސް ފީނައިގެން ވެސް އެންކޮޅެއް ނެގޭހިސާބަށް ވާޞިލް ނުވެވޭތީ މިމަސްވެކަމުގެ ޑިމާންޑް ކުޑަވުމުން އަނެއްކާވެސް ޑިމާންޑް އިތުރު ކުރެވޭތޯ މާބޮޑަށް މައުސޫމު މީހަކަށް ހެދެން ވެގެން ކުދީންގެ ބައްޕަ އަށް ބިރުދައްކާއިގެން ހުނާގެ މަގްސަދު ހާސިލް ވޭތޯ ފަށައިގެން ގެންދާ ކަންތައްގަނޑެއްކަން ވަރަށް ސާފުކޮ ހާމަވެއެވެ.