ރެމީ އެނިގްމާ 67 ވަނަ ބުރިން ވެއްޓި މަރުވެއްޖެ

މަޝްހޫރުވެފައި ވަނީ އުސް އިމާރާތް ތަކަށް އަރާމީހެއްގެ ގޮތުގައި

ރެމީ އެނިގްމާ 67 ވަނަ ބުރިން ވެއްޓި މަރުވެއްޖެ
ރެމީ އެނިގްމާ 67 ވަނަ ބުރިން ވެއްޓި މަރުވެއްޖެ

އުސް އިމާރާތްތަކުގެ މަތިން ސްނެޕް ކުރުމަށް މަޝްހޫރު ފްރާންސްގެ ޑޭއާޑެވިލް ރެމީ ލުސިޑީ ހޮންކޮންގުގެ 721 ފޫޓު  އުސް އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ރެމީ އެނިގްމާ ނަމުން މަޝްހޫރު ރެމީ މަރުވެފައިވަނީ ޓްރެގަންޓާ ޓަވަރު ކޮމްޕްލެކްސް އަށް އަރަމުން ދަނިކޮށް 68 ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު ހޮންކޮންގުގެ ޓްރެގަންޓާ މަގުގައި ހުންނަ އުސް ރެސިޑެންޝަލް ބްލޮކްގައި ލޫސިޑީ ސްކޭލް ކުރަމުން ދަނިކޮށެވެ. އޭނާ ވަނީ ވެއްޓި ޖެހުނުގޮތަށް މަރުވެފައެވެ.

ލުސިޑީ މަޝްހޫރުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އުސް އިމާރާތް ތަކަށާއި ދިގު ސްޓްރަކްޗާރ ތަކަށް އަރާމީހެއްގެ ގޮތުގައެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އެކި ކަހަލަ ބިރުވެރި ސްޓަންޓްތައް ކުރާ އެތައް ވީޑިއޯއެއް ފެންނައިރު، އޭގެ ތެރޭގައި އުސް އިމާރާތް ތަކުގެ ކޮޅުގައި ހުންނަ ޗިމްނީގެ މައްޗަށް އަރާ ވީޑިއޯތައް ފާހަގަ ކޮއްލެވެއެވެ.