ނޭވާހޮޅީ ވައްކަމޭ ކިޔައިގެން މުއިއްޒު ހެދީ ދޮގުކަން ސާބިތުވެއްޖެ

ނޭވާހޮޅީ ވައްކަމޭ ކިޔައިގެން މުއިއްޒު ހެދީ ދޮގުކަން ސާބިތުވެއްޖެ

ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ދައުލަތަކަށް ނުއޮންނެއެވެ. ފުރާނަ ސަލާމަތްކުރުމާ ޖެހުމުން އުސޫލުތަކާއި ހަމަތަކަށް ބަލައިގެން ވެވަށް ވެއްޓުނު ގެރިއަށް ވާން ދޫކޮށެއް ނުލެވޭނެއެވެ. 

ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. މާތްވެގެންވާ ހައްޖުގެ އަޅުކަމާއި ޖަމާއަތުގެ ނަމާދު ވެސް ކުރުންމެއް އެހާލަތުގައި ނެތެވެ. މިސްކިތްތައްވެސް ހުރީ ބަންދުވެފައެވެ. މުޅި ދުނިޔެ އޮތީ ހުއްޓި އެމީހަކު ހުރިތާކު އެމީހަކު ހުރީ ބަންދު ވެފައެވެ.

ރާއްޖޭގައިވެސް އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އޮތީ މަޖުބޫރުކޮށްފައެވެ. 

ކޮވިޑާއިއެކު އެންމެ ބޮޑަށް މުޅިދުނިޔޭންވެސް ބޭނުންވެ ނުލިބިގެން އުޅުނު އެންމެ މުހިންމު އެކައްޗަކި ވެންޓިލޭޓަރެެވެ. ދުނިޔޭގެ އެންމެ މުއްސަދި ގައުމުތައް ވެސް އޮތީ ވެންޓިލޭޓަރަށް ޖެހިފައެވެ. އެބަޔަކަށް އަތުޖެހުނު ގޮތަކަށް ވެންޓިލެޓަރ ހޯދުންނޫން އެއްވެސް ބަޔަކަށް ނެތެވެ. ވެންޓިލޭޓަރ ފޯރުކޮށްދޭން ބުނާ ބަޔަކު ބުނިގޮތަކަށް ހަދައިގެންވެސް ވެންޓިލޭޓަރ ހޯދަން އޭރު މަޖުބޫރެވެ. 

ހުރިހާ ޕްރޮސީޖަރތައް ފުރިހަމަކޮށްގެން ވެންޓިލޭޓަރ ހޯދަން އުޅެގެން ވެންޓިލޭޓަރ ލިބުމަށްވުރެ ނުލިބުންގަތެވެ. ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުން ދެއްކި ފަރާތަކަށް އިތުބާރުކޮށް އެޑްވާންސްކޮށް ފައިސާ ދިނުން ނޫން އެއްވެސް ގޮތެއް އޭރު ރާއްޖެއަކަށް ނެތެވެ. 

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސްކޭމެއް ހިންގައިގެން ބަޔަކު ޖަރިމާއެއް ހިންގަފާނެކަމަށް ގަބޫލު ކުރެވޭނީވެސް ޑަބްލިޔުއެޗްއޯ އިން ލަފާދިފައި ނެތްނަމަތާއެވެ. 

އާހިރުގައި ވެންޓިލޭޓަރ މައްސަލައަކީ އޭރުގެ ސަރުކާރުންވީ ހިޔާނަތަކަށް ހަދައިގެން އޭރުގެ ވާދަވެރިންނާއި މިހާރުގެ ސަރުކަރުން އުފެއްދި ފިތުނައަކީ ހަގީގަތެއް ނުންކަން ސާބިތު ވެއްޖެއެވެ. ވެންޓިލޭޓަރ މައްސަލައިގައި ކުރީގެ ސަރުކާރުން ވެފައިވާ ހިޔާނާތެއް ނެއްކަން ޔޫއޭއިގެ ކޯޓް ހުކުމުން ކިތަންމެ ރަނގަޅަކަށްވެސް ސާފުވެއްޖެއެވެ.

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރު އެ ކުންފުންޏަށް އެވަނީ އަމުރުކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުވީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އެވެ.