އެސްޓީއޯ: ވައިކަރަދޫ ކަޅުކަރާ

އެގްރިސެންޓަރުން ކަރާކިލޯއެއް 18 ރުފިޔާ

އެސްޓީއޯ: ވައިކަރަދޫ ކަޅުކަރާ

ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތަކަށް ބާޒާރު ހޯދާދިނުމަށް އެސްޓީއޯއިން ގާއިމްކުރި އެގްރިސެންޓަރއަކީ ވަރަށް ކާމިޔާބު މަރުކަޒެކެވެ. ރާއްޖޭގެ ތަފާތު އެތައްރަށެއްގައި އިންދާ ހައްދާ ކާބޯތަކެތީގެ ބާވަތްތައް އެގްރިސެންޓަރަށް ގަނެ އެތަކެއްޗަށް ބާޒާރު ހޯދާދިނުމުގައި ކުރިއެރުންތަކެއް ދަނީ ހޯދަމުންނެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ތަކެތި ތާޒާކަމާއެކު އެގްރިސެންޓަރުން ގަންނަން ލިބެން ހުރެއެވެ. 

މިއަދު އެގްރިސެންޓަރގައި އެހުރީ ހދ. ވައިކަރަދޫން ލިބިފައިހުރި ކަޅުކަރަލެވެ. ފިސާރި އަގު ހެޔޮކޮށެވެ. ފަސްކިލޯއަށް ވުރެ ގިނައިން ކަރާ ގަންނަ ފަރާތްތަކަށް ހޯލުސޭލްކޮށް ވައިކަރަދޫ ކަޅުކަރާ އެގްރިސެންޓަރުން މިއަދު އެބަހުއްޓެވެ. 

އަނެއް ކޮޅުން ވައިކަރަދޫގެ ތާޒާ ލެޓިއުސް ފަތް ހޯލްސޭލްކޮށް މިއަދު އެގްރިސެންޓަރުން ލިބެން އެބަހުއްޓެވެ. ފަސްކިލޯއަށް ވުރެ ގިނައިން ނަގާ ފަރާތް ތަކަށް -/42 އަށް ވައިކަރަދޫ ލެޓިއުސް ކިލޯއެއް ލިބެއެވެ. 

ބޭނުންފުޅު ނަމަ 3012640 އަށް ގުޅުއްވާލައްވައި ގެންނާއި 7291130 ވައިބާރ ކޮށްލައްވައިގެން އޯޑަރކޮށް ލެއްވޭނެއެވެ.