ސްޓެލްކޯގެ ހަގީގީ ހިދުމަތްތެރިންނަކީ މުވައްޒަފުން: ޝަރީފް
1300 އަށް ވުރެ ގިނަ އާއިލާއަށް ސްޓެލްކޯއިން ވަޒީފާ
ސްޓެލްކޯ ކާމިޔާބު ހިދުމަތްތެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮތީ ހީވާގި މުއައްޒަފުންގެ ހިއްވަރާ މަސައްކަތުންނެވެ. ކަމަށް ކަމޭ ހިތުމާއި ޒިންމާ ދާރުކަމުންނެވެ. ލަސްކޮށް ފަސްކުރުމެއް ނެތި ގުޅިގެން ގެން އެކުގައި ކުރި ލާމަސީލު ގުރުބާނީންނެވެ.
އެކަށީގެންވާ ރަނގަޅު ހިދުމަތެއް ދިނުމަށް ބޭނުންވާ މިންވަރަށް ޓީމް އެކުލަވާލެވި ހުރިހާ ދާއިރާއެއްގައި ގާބިލު މުއައްޒަފުން ތިބުމަކީ ސްޓެލްކޯގެ ކާމިޔާބީގެ އަސްލެވެ. މުއައްޒަފުންނަށް މަސައްކަތުގެ ފަހި މާހައުލެއް ހޯދާދީ ހިތްހަމަ ޖައްސައިދީގެން ނޫނީ ރައްޔިތުންނަށް ހިތްހަމަ ޖެހޭ ހިދުމަތެއް ފޯރުކޮށް ނުދެވޭނެކަން ސްޓެލްކޯ އަބަދުވެސް ދަނެއެވެ. ރަނގަޅު މުސާރައިގެ އިތުރަށް އިނަޔަތްތަކާ ފަހި ފުރުސަތުތައް ކެނޑިނޭޅި މުއައްޒަފުންނަށް ހޯދާދީ މުއައްޒަފުން އުފަލުގައި ބޭތިއްބުމަކީ ސްޓެލްކޯ ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރަކީ ސްޓެލްކޯގެ ތާރީހުގައި އެގޮތުން ފާހަގަ ކޮށްލެވޭނެ އެންމެ ކާމިޔާބު ހަތަރު އަހަރެވެ. ގިނަ އާއިލާތަކަކަށް ވަޒީފާގެ ފުރުސަތު ސްޓެލްކޯއިން ވަނީ ހޯދާދީފައެވެ. 1300 އަށް ވުރެ ގިނަ އާއިލާއަށް ވަޒީފާ ސްޓެލްކޯއިން ލިބި ދިނުމަކީ އެކަމުގެ ސަބަބުން އެތައް ރައްޔިތަކަށް އެކަމުގެ ހެޔޮ ނަފާ ލިބިގެން ދިޔަ ކަމެކެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ހިތްހަމަޖެހުމަށް ވަޒީފާގެ މާހައުލުގައި ކުދިން ބެލޭނެ އިންތިޒާމު ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމުކޮށްގެން ވަނީ ހަމަޖައްސާފައެވެ. މުވައްޒަފުންނަށް ސްޓެލްކޯއިން ހިންގާފައިވާ އެންމެ ކާމިޔާބު ޕްރޮގްރާމަކީ ހައުސިން ސްކީމެވެ. 360 އާއިލާއަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކުޑަކަމެއް ނޫނެވެ.
25 އަރުން މިލްކުވާ ގޮތަށް ދޫކޮށްފައިވާ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ މިންވަރަކީ ވެސް ފްލެޓް ލިބުނު މުއައްޒަފުންނަށް ބުރައަކަށް ނުވާގޮތަށް ވަނީ ކުޑަ ކޮށްދެވިފައެވެ.
ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާ ހަމަހަމަ ސިޔާސަތާއި އެއްގޮތަށް ތަފާތު ކުރުމެއް ނެތި ސްޓެލްކޯއިން ރައްޔިތުންނަށްދޭ ހިދުމަތް ރަގަޅު ފެންވަރުގައި ދިނުމުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ހުންނެވީ މުއައްޒަފުންގެ ލާބައަށް ކުރެއްވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވުމުގައި މުއައްޒަފުންނާ އަތުގުޅުއްވައިގެނެވެ. މުއައްޒަފުންގެ ފަރާތުން އެމްޑީ އެދިވަޑައިގަންނަވަނީ ފަސްކޮށް ލަސްކުރުމެއް ނެތި ރައްޔިތުން ބަލައިގަނެ އުފާވާ ފެންވަރު ހުރި ހިދުމަތެއް ދިނުމުގައި ދެމިތިބުމަށެވެ.