އެސްޓީއޯއިން މިއަހަރު 3ވަނަ ފަހަރަށް ތެލުގެ އަގު ހެޔޮކޮށްފި

މިހާރު ތެލުގެ އަގުތަކީ: ޕެޓްރޯލް ލީޓަރެއް 15.7ރ. އަދި ޑީސަލް ލީޓަރެއް 14.73ރ.

އެސްޓީއޯއިން  މިއަހަރު 3ވަނަ ފަހަރަށް ތެލުގެ އަގު ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އެސްޓީއޯ އިން ހެޔޮކޮށްފިއެވެ. ހުސްވި މަހުވެސް އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ހެޔޮކޮށްފައެވެ. 

މެއިމަހު ޕެޓްރޯލް ލީޓަރަކުން ހެޔޮ ކުރީ 62 އެވެ. ޑީސަލް ލީޓަރަކުން ހެޔޮކުރީ 83 ލާރިއެވެ. ހުސްވި މަހު ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލަށްފަހު މިމަހުވެސް މިވަނީ ވަރަށް ބޮޑު ހެޔޮބަދަލެއް ތެލުގެ އަގަށް ގެނެސްފައެވެ. 

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 63 ލާރި ހެޔޮކޮށް ޑީސަލް ލީޓަރަކުން 41 ލާރި ވަނީ އަގު ހެޔޮ ކޮށްފައެވެ. 

މީގެ އެއްމަސް ކުރިން ޕެޓްރޯލު ގަންނަން ލިބޭ އަގަކީ ލީޓަރެއް 16.95 ރުފިޔާއަށެވެ. ހިނގާދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޕެޓްރޯލް ލީޓަރަކުން 1.25ރުފިޔާ ވަނީ އަގު ހެޔޮކޮށްފައެވެ. އަނެއްކޮޅުން އެއްމަސް ކުރިން ޑީސަލް ލީޓަރެއްގެ އަގަކީ 15.97އެވެ. މިދިޔަ މަސްދުވަހުގެ ތެރޭގައި ޑީސަލްގެ އަގު ލީޓަރަކުން 1.24 ރުފިޔާ އެވަނީ އަގު ހެޔޮކޮށްދީފައެވެ. 

މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 15.70 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 14.73 ރުފިއެވެ. މީގެ އެއްމަސް ކުރިން 200 ލީޓަރުގެ ޑީސަލް ފީފާއެއް ގަންނަން ލިބެނީ  3140.00 ރުފިޔާއަށެވެ. ނަމަވެސް މިހާރު 200 ލީޓަރުގެ ޑީސަލް ފީފާއެއް 2946.00 ރުފިޔާއަށް ލިބޭނެއެވެ. މި ބަދަލަކީ ޑީސަލް ފީފާއަކުން 194.00 ރުފިޔާގެ އަގު ހެޔޮވުމެކެވެ.  

މި ބަދަލާ އެކު، ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 15.7 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.73 ރުފިޔާއަށެވެ.

ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މި އަހަރު އެސްޓީއޯއިން ހެޔޮކުރި މިއީ ތިންވަނަ ފަހަރެވެ.