އެސްޓީއޯ ރޯދަ މާރޓް

އެސްޓީއޯ ރޯދަ މާޓް ހުޅުމާލެ ފޭސް 2 ގައި ހުުޅުވޭނީ މާރޗް މަހު ފަހުކޮޅު

އެސްޓީއޯ ރޯދަ މާރޓް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް ނިންމައިފިއެވެ. ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުވާ ފިހާރަ ހުންނާނީ ދެވަނަ ފިޔަވަހީ ވިނަރެސް ފްލެޓުގައެވެ. 

ރޯދަ މަސް ފެށުމުގެ ކުރިން އެސްޓީއޯ ރޯދަ މާޓް ހުޅުމާލެ ފޭސް 2 ގައި ހުުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އެބަދެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހެޔޮ އަގުގައި ތަކެތި ނުލިބުމުގެ ޝަކުވާތަކަށް އެފިހާރަ ހުޅުވުމުން ނިމުން އަންނާނެއެވެ. އެސްޓީއޯ އިން ދެވަނަ ފިޔަވަހީގެ ހުޅުވާ މި ފިހާރައަކީ ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށާއި ހުޅުމާލޭގައި މި ވަގުތު ހުރި އެސްޓީއޯ ފިހާރަ ބަނދުވުމާއި ގުޅިގެން ހުޅުވާ ފިހާރައެކެވެ. 

އަންނަ މާރޗް މަހުގެ ނިމުމަކާ ހަމާގައި އެ ފިހާރަ ހުޅުވިގެން ދާނޭ ކަމަށް އުންމީދު ކުރެވެއެވެ. ހުޅުމާލެ ފޭސް 2 ގައި ހުުޅުވާ އެސްޓީއޯ ރޯދަ މާޓްއިން ރީޓެއިލް ހިދުމަތާއި ހޯލްސޭލް ހިދުމަތް ވެސް ލިބެން ހުންނާނެއެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ހާއްސަކޮށްގެން އެތެރެ ކުރެވޭ ފިޔާ، އަލުވި، ބިސް ފަދަ އައިޓަމްތައް ލިބޭނެ އިންތިޒާމް އެސްޓީއޯ ރޯދަ މާޓްގައި ހަމަޖެހިފާ ހުންނާނެއެވެ.