އެސްޓީއޯ މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު

އެސްޓީއޯ މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރިއްޖެއެވެ. މަކިޓާ ރާއްޖެއަށް ތަޢާރަފްކޮށް ޕްރަމޯޓްކުރީ އެސްޓީއޯއިންނެވެ. މަކިޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން  މަކިޓާ ޝޯރޫމެއް އެސްޓީއޯ އިން ހިންގާތާ ވެސް އެއް އަހަރު ވެއްޖެއެވެ. 

ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއްހަރު ފުރުން އެސްޓީއޯއން ފާހަގަކުރަނީ މަކިޓާގެ އުފެއްދުންތަކުގެ ޚާއްސަ ޕްރޮމޯޝަނަކުންނެވެ.  

އެސްޓީއޯގެ މަކިޓާ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދެވެ. މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ 21 ން ޖުލައި 31 ވަނަ ދުވަހާއި ހަމައަށެވެ. ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ޖޫން 2022 ން މެއި 2023 އަށް މަކިޓާ ޝޯރޫމުން އެންމެ ގިނައިން ތަކެތި ބައްލަވައިގެންފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި  އެސްޓީއޯއިން ވަނީ ދީފައެވެ. ހަމަ އެފަދައިން  ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރި ކުރެއްވި ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް އެސްޓީއޯއިން ވަނީ ޚާއްސަ ހަދިޔާއެއް ވެސް ދީފައެވެ.